އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ސަރުކާރަށް 867 މިލިއަން ޑޮލަރު ލިބިއްޖެ

ހުޅުމާލޭ ލަކުޑި ޖެޓީ މަތީގައި ޓޫރިސްޓަކު އޮށޯވެލައިގެން: ޑޮލަރު އާމްދަނީ ބަރޯސާވަނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރި ކަމަށް --- ފޮޓޯ: އަދަދު

ހުޅުމާލޭ ލަކުޑި ޖެޓީ މަތީގައި ޓޫރިސްޓަކު އޮށޯވެލައިގެން: ޑޮލަރު އާމްދަނީ ބަރޯސާވަނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރި ކަމަށް --- ފޮޓޯ: އަދަދު

އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު، ޓެކުހާއި ޓެކްސް ނޫން އާމްދަނީތަކުގެ ތެރެއިން ޑޮލަރުން ދައްކަން ޖެހޭ ދާއިރާތަކުން 867 މިލިއަން ޑޮލަރު ސަރުކާރަށް ލިބިފައިވާ ކަމަށް މީރާއިން ހާމަކޮށްފި އެވެ. 

މީރާއިން އެންމެ ފަހުން އާންމުކޮށްފައިވާ މަންތުލީ ކަލެކްޝަން ރިޕޯޓުގައިވާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީއަށް ވުރެ 76.5 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ ޓޫރިޒަމް ޓެކްސްތަކެވެ. ޓެކްސްތަކުން 667 މިލިއަން ޑޮލަރު ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނީ 200 މިލިއަން ޑޮލަރެވެ.

ޖުމްލަކޮށް ބަލާއިރު، އަދިވެސް ޑޮލަރުން ލިބޭ އާމްދަނީގެ ބޮޑު ބަޔެއް ވަންނަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ތެރޭގައި އެ އިދާރާއިން ބަލައިގަތް ޑޮލަރުގެ 50 ޕަސެންޓު ވަނީ ޓީޖީއެސްޓީންނެވެ.

2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑޮލަރުން ލިބުނު އާމްދަނީ

  • ޓީޖީއެސްޓީ - 431 މިލިއަން ޑޮލަރު
  • އިންކަމް ޓެކްސް - 88.1 މިލިއަން ޑޮލަރު
  • ގްރީން ޓެކްސް - 79 މިލިއަން ޑޮލަރު
  • ޓޫރިޒަމް ލޭންޑް ރެންޓް - 74 މިލިއަން ޑޮލަރު
  • އެއާޕޯޓު ޑިޕާޗާ ޓެކްސް - 69.1 މިލިއަން ޑޮަލަރު
  • އެއާޕޯޓު ޑިވެލޮޕްމަންޓް ފީ - 69.8 މިލިއަން ޑޮލަރު
  • ލޭންޑް އެކުއިޒިޝަން އަދި ކޮންވާޝަން ފީ - 39.8 މިލިއަން ޑޮލަރު
  • ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ - 10.8 މިލިއަން ޑޮލަރު
  • ޖޫރިމަނާތަކުން - 1.9 މިލިއަން ޑޮލަރު

 ޓީޖީއެސްޓީގެ ގޮތުގައި މީރާއިން ވަނީ 431 މިިލިއަން ޑޮލަރު ބަލައިގެންފަ އެވެ. އަދި، އިރާނު ހަނގުރާމައާ ގުޅިގެން މާޗު މަހުން ފެށިގެން ޓޫރިސްޓުން އަންނަ އަދަދު މަދުވިޔަސް، ޓީޖީއެސްޓީ އާމްދަނީއަށް ހީނަރުކަމެއް ނާދެ އެވެ.

ޓީޖީއެސްޓީ ނަގާފައި ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީން ނަގާ (އިންކަމް) ޓެކްސް އާއި ގްރީން ޓެކްސްއިންނެވެ. ޓެކްސް ނޫން ދާއިރާތަކުގެ ތެރެއިން އެންމެ ގިނައިން ޑޮލަރު ލިބެނީ ރިސޯޓު ކުލިންނެވެ.

އަހަރުންއަހަރަށް ބަލާއިރު ޑޮލަރު އާމްދަނީ އިތުރުވެފައިވާއިރު، އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިޒަމަށް އައި ލޮޅުމާއެކީ އާމްދަނީއަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް އޭޕްރިލް މަހާއި މެއި މަހުގެ ތެރޭގައި ޑޮލަރު އާމްދަނީއަށް ކުޑަ ހީނަރުކަމެއް އައުމުގެ އިތުރަށް، މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީއަށް މާ ބޮޑު އަސަރެއް ކުރި ކަމަކަށް ނުދައްކަ އެވެ. 

އާމްދަނީ ލިބޭ ވަކިވަކި ދާއިރާތަކަށް ބެއްޔަސް ދައްކަނީ، ހުރިހާ ދާއިރާތަކުން ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox