ޓޫރިސްޓުން މަދުވުމުން ޑޮލަރު އާމްދަނީ 100 މިލިއަނުން ދަށަށް ސޮއްސާލައިފި

ހުޅުމާލޭ ލަކުޑި ޖެޓީ މަތީގައި ތިބި ޓޫރިސްޓުންތަކެއް: ޓޫރިސްޓުން އަންނަ އަދަދު މަދުވުމުގެ އަސަރު މުޅި އިގުތިސޯދަށް ދަނީ ކުރަމުން --- ފޮޓޯ: އަދަދު

ހުޅުމާލޭ ލަކުޑި ޖެޓީ މަތީގައި ތިބި ޓޫރިސްޓުންތަކެއް: ޓޫރިސްޓުން އަންނަ އަދަދު މަދުވުމުގެ އަސަރު މުޅި އިގުތިސޯދަށް ދަނީ ކުރަމުން --- ފޮޓޯ: އަދަދު

އިރާނު ހަނގުރާމައާ ގުޅިގެން މެދުއިރުމަތިން ރާއްޖެ އަންނަ ފްލައިޓުތައް ހުއްޓާލުމާއި ހަނގުރާމައާ ގުޅިގެން ރިސޯޓުތަކަށް އޮންނަ ޑިމާންޑު ދަށްވުމާ އެކީ ޓޫރިސްޓުން މަދުވެ، ޑޮލަރުން ލިބުނު އާމްދަނީ މި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް 100 މިލިއަނުން ދަށަށް ގޮސްފި އެވެ. 

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ޓެކްސް ކަލެކްޝަން ރިޕޯޓުގައިވާ ގޮތުގައި އެ މަހު ޔޫއެސް ޑޮލަރުން ލިބުނީ 88.5 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހު ޓެކުހާއި ޓެކްސް ނޫން އާމްދަނީތަކުން ލިބުނު އަދަދަށް ވުރެ 16.1 މިލިއަން ޑޮލަރު މަދު އަދަދެކެވެ. 

މިދިޔަ މަހާއި އޭގެ ކުރީ މަހު ޑޮލަރުން ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ މަދުވިޔަސް، މި އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ލިބުނު ޑޮލަރުގެ އަދަދު ކުރީ އަހަރަށް ވުރެ 47 މިލިއަން ޑޮލަރު އިތުރެވެ. ސަބަބަކީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ދައުލަތަށް ލިބުނު ރެކޯޑު އާމްދަނީ އެވެ. 

މާޗު މަހު 205.1 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ރެކޯޑު އަދަދެކެވެ. އަދި، އެއް މަސް ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ލިބުނު ހަމައެކަނި މަހެވެ.

ޔޫއެސް ޑޮލަރުން މީރާއިން ބަލައިގަތް އާމްދަނީ 2026

  • ޖެނުއަރީ - 180.4 މިލިއަން ޑޮލަރު
  • ފެބްރުއަރީ - 126.8 މިލިއަން ޑޮލަރު
  • މާޗު - 205.1 މިލިއަން ޑޮލަރު
  • އޭޕްރިލް - 120.7 މިލިއަން ޑޮލަރު
  • މެއި - 88.5 މިލިއަން ޑޮލަރު

ދައުލަތަށް ލިބޭ އާމްދަނީ އާއި ޓޫރިޒަމާ ގުޅިލާމެހިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ޓޫރިސްޓުން އަންނަ އަދަދު އިތުރު ނުވާ ނަމަ  އާމްދަނީއަށް އަސަރު ކުރާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް 981،976 ޓޫރިސްޓުން އައިސްފި އެވެ. މިދިޔަ އަހަރު އެ ދުވަސް އައިއިރު އެއް މިލިއަން ޓޫރިސްޓުން ހަމަވެއްޖެ އެވެ.

ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ހީނަރުވެގެން އުޅޭއިރު، ޓޫރިޒަމަށް އައި ލޮޅުމާ ގުޅިގެން އިގުތިސޯދުގެ ތެރޭގައި ދައުރުވާ ޑޮލަރުގެ އަދަދު ވެސް މަދުވެއްޖެ އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްއިން) ރުފިޔާ ކާޑުތަކަށް ހަރުކަށި ލިމިޓުތަކެއް ކަނޑައެޅީ ވެސް ޑޮލަރު ތާށިިކަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox