އޮސްޓްރިއާ ބަލިކޮށް ސްޕެއިނަށް 16 އަހަރުތެރޭ ވޯލްޑް ކަޕްގެ ފުރަތަމަ ނޮކައުޓް މޮޅު

Jul 3, 2026, 2:01 AM
އޮސްޓްރިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު، އޮޔާޒަބާލް އުފާފާޅުކުރަނީ.

އޮސްޓްރިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު، އޮޔާޒަބާލް އުފާފާޅުކުރަނީ.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 3) - އޮސްޓްރިއާގެ މައްޗަށް 3-0 އިން ކުރިހޯދައި، ސްޕެއިނުން 16 އަަހަރު ތެރޭ ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ހޯދި ފުރަތަަމަ މޮޅާ އެކު، މި ފަހަރުގެ މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ. 

ސްޕެއިނުން 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަަޕްގެ ޗެމްޕިއަންކަން ހޯދި ފަހުން، މުބާރާތުގެ ނޮކައުޓް މެޗަކުން މޮޅެއް ނުވެ، ތިން ވޯލްޑް ކަޕް ނިންމާލަން ޖެހުނެވެ.

އެ ގޮތުން، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 2018 ވަނަ އަހަރުގެ ނޮކައުޓް ފުރަތަމަ މެޗުން ވަނީ ޕެނަލްޓީ ޖަހައިގެން ރަޝިއާ އަތުން ބަލިވެފަ އެވެ. އަދި، މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓްގެ ފުރަތަމަ މެޗުން ސްޕެއިން ވަނީ މޮރޮކޯ އަތުން ޕެނަލްޓީ ޖަހައިގެން ކަޓައިފަ އެވެ. 

ލޮސް އެންޖެލްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސްޕެއިނުން ވަނީ ފުރަތަަމަ ހާފުގައި ކޮންްޓްރޯލް ނަަގައިފަ އެވެ. ސްޕެއިނަށް މެޗުގައި ލީޑުނަގައިދޭން މާކް ކުކުރޭއާ ޖެހި ގޯލެއް ވަނީ ޕައު ކުބަރްސީ ކުރި ފައުލަކާ ގުޅިގެން ބަލައިނުގަންނަން ނިންމައިފަ އެވެ.

މެޗުގެ 36 ވަަނަ މިނިޓްގައި، ސްޕެއިނުން ލީޑުނެގީ މިކޭލް އޮޔާޒަބާލް ޖެހި ގޯލުންނެވެ. މިއީ، ކުކުރޭއާ ދިން ބޯޅައަކުން އޮޔާޒަބާލް ޖެހި ގޯލެކެވެ. މިއީ، ސްޕެއިނުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު 16 މެޗުން އޭނާ ޖެހި 16 ގޯލެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނުން ދެ ވަނަ ގޯލު ޖެހުމާ ފިޔަވަޅަކަށް ގާތަށް ޖެހިލި އެވެ. އެ ގޮތުން، އަލެކްސް ބައޭނާ ޖެހި ހިލޭ ޖެހުމެއް އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ރީބައުންސުން ލަމީން ޔަމާލަށް ޖެހި ޝޮޓް އޮސްޓްރިއާގެ ކީޕަރު، އަލެންސަންޑަ ޝާލްގާ މަތަކޮށްފަ އެވެ. 

ސްޕެއިނުން ދެ ވަނަ ހާފުގައި ވެސް ކުޅެން އަރައި އެޓޭކަށް ގިނަ ވަގުތު ބޯޅަ ގެންދިއުމުގެ ނަތީޖާ އަކަށްވީ 66 ވަނަ މިނިޓްގައި ބައޭނާ ނެގި ހުރަހަކުން ޕެޑްރޯ ޕޯރޯ، އޭރިއާތެރެއިން އަރައި ބޮލުން ގޯލަށް ފޮނުވާލުމެވެ. 

އޭގެ ފަހުން، ޔަމާލް ގޯލަށް ފޮނުވާލަން ޖެހި ބޯޅަ އެއް ރޮނގުމަތިން ސަލާމަތްކުރީ އޮސްޓްރިއާގެ ކެޕްޓަން، ޑޭވިޑް އަލަބާ އެވެ.  އޭގެ ފަހުން އޮޔާޒަބާލް ވަނީ އިތުރު ލަނޑެއް ޖަހައިފަ އެެވެ. 

މިއީ، 72 އަހަރުގެ ތެރޭ އޮސްޓްރިއާ އިން ވޯލްޑް ކަޕް ނޮކައުޓް ބުރުގައި ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން، ސްޕެއިނުން އޮސްޓްރިއާ ބަލިކޮށް، ގަދަ 16 ގައި ނުކުންނަން ޖެހޭނީ ޕޯޗުަގަލް އާއި ކްރޮއޭޝިއާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox