އަލްޖީރިއާ ކަޓުވާލައި ސްވިޒަލެންޑް ވޯލްޑް ކަޕްގެ ގަދަ 16 އަށް

Jul 3, 2026, 9:58 AM
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އަލްޖީރިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑް ކުޅުންތެރިން އުފާފާޅުކުރަނީ.

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އަލްޖީރިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑް ކުޅުންތެރިން އުފާފާޅުކުރަނީ.

ވެންކޫވާ، ކެނަޑާ (ޖުލައި 3) - އަލްޖީރިއާ އަތުން 2-0 އިން މޮޅުވެ، ސްވިޒަލެންޑުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމު ކުޅޭ ބުރުން ޖާގަ ހޯދައިފި އެވެ. 

މިއީ، ފާއިތުވި 90 ވަރަކަށް އަހަރު ތެރޭ ސްވިޒަލެންޑުން ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން މޮޅުވި ފުރަތަަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން މޮޅުވީ، 1938 ވަނަ އަހަރުގެ މުބާރާތުގަ އެވެ. މީގެ ކުރިން، އެންމެ ފަހުން، ވޯލްޑް ކަޕްގައި ކުޅުނު ތިން ފަހަރު ވެސް ނޮކައުޓް ފުރަަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. 

ސްވިޒަލެންޑުން ގަދަ 16 ބުރުގައި ކުޅެން ޖެހޭނީ، ގަދަ 32 ޓީމު ކުޅޭ ނޮކައުޓް ފުރަތަމަ މެޗުގައި ކޮލަމްބިއާ އާއި ގާނާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ. 

ބީސީ ޕްލޭސް ވެންކޫވާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން އަލްޖީރިއާ އިން ވަނީ ސްވިޒަލެންޑްގެ ފަހަތަށް ޕްރެޝަރުކޮށްފަ އެވެ. އެކަމަކު، އެ ޓީމަށް ރަނގަޅަށް ހަމަލާތަކެއް ނުއުފެއްދިގެން އުޅެނިކޮށް ސްވިޒަލެންޑުން ވަނީ ލިބުނު ފުރުސަަތެއްގެ ބޭނުންހިފައި ލަނޑު ޖަހައި، ލީޑުނަގައިފަ އެވެ. 

މެޗުގެ 10 ވަނަ މިނިޓްގައި، ސްވިޒަލެންޑްގެ ޖޯހަން މަންޒަމްބީ ދިން ބޯޅައަކުން މި ލަނޑު ޖެހީ ބްރީލް އެމްބޯލޯ އެވެ. އުމުރުން 20 އަހަރުގެ މަންޒަމްބީ އަރިމަތިން ބޯޅަ ހިފައިގެން އަރައި، ގޯލު ކުރިމަައްޗަށް ހުރަސްކޮށްލުމާ އެކު، ރަނގަޅު ތަނަށް އަރައި ހުރި އެމްބޯލޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. 

ފުރަތަމަ ހާފުގެ ބާކީބައިގައި، ސްވިޒަލެންޑުން ދެ ވަނަ ލަނޑެއް ޖެހޭތޯ ބެލިއިރު، މަދުން ނަމަވެސް އަލްޖީރިއާ އިން ނަތީޖާ ހަމަަހަމަ ކުރެވޭތޯ އެޓޭކްތަކެއް ވަނީ ކޮށްފަ އެވެ. އެކަމަކަު، އޭގެއިން މަސައްކަތެއް ކާމިޔާބުނުވެދިޔައިރު، ދެ ވަނަ ހާފު ފެށުނުތަނާހެން ސްވިޒަލެންޑުން ދެ ވަނަ ލަނޑު ޖެހި އެވެ. 

އެ ގޮތުން، ސްވިޒަލެންޑުގެ ދެ ވަނަ ލަނޑު، މެޗުގެ 46 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޑޭން އެންޑޯއީ އެވެ. މިއީ، އަލްޖީރިއާގެ ޑިފެންސްތެރެއިން ދޫވި ބޯޅައެއް ހޯދައި، އެންޑޯއި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox