މުއިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކަށް 14 މިލިއަން ރުފިޔާ!

މުއިއްޒު ހދ. ކުޅުދުއްފުށްޓަށް ކުރެއްވި ދަތަރުގެ ތެރެއިން

މުއިއްޒު ހދ. ކުޅުދުއްފުށްޓަށް ކުރެއްވި ދަތަރުގެ ތެރެއިން

ރައީސް މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރެއްވި ރަސްމީ ދަތުރުތަކަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި  ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ފޮނުވި ސުވާލުތަކަށް ޖަވާބު ދިނުމަށް ގާނޫނުގައި ބަޔާންކުރާ މުއްދަތު ފަހަނަ އަޅައި ދިޔަތާ އެތައް މަހެއް ފަހުން، ދިން ޖަވާބުގައި ރައީސް އޮފީހުން ބުނެފައި ވަނީ  2024 އިން ފެށިގެން 2026 ގެ ޖެނުއަރީގެ ނިޔަލަށް ކުރެއްވި ދަތުރުތަކަށް ޖުމުލަ 13.93 މިލިއަން ރުފިޔާހަރަދުވެފައިވާ ކަމަށެވެ.  

އަހަރުތަކަށް ބަހާލުމުން ހަރަދުތައް ހުރިގޮތް:

  • 2024 ވަނަ އަހަރު (9 ދަތުރު): ޖުމުލަ 4.06 މިލިއަން ރުފިޔާ
  • 2025 ވަނަ އަހަރު (23 ދަތުރު): ޖުމުލަ 9.87 މިލިއަން ރުފިޔާ
  • 2026 ވަނަ އަހަރު (1 ދަތުރު): ޖުމުލަ 773.24 ރ.

ރިޔާސީ އިންތިހާބަށްފަހު މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަތީ އެމަނިކުފާނަށް އިންތިހާބުގައި އެންމެ ބޮޑު އަޣުލަބިއްޔަތެއް ލިބިވަޑައިގަތް ތ. ގުރައިދޫ ހިމެނޭހެން އެ އަތޮޅުގެ ބައެއް ރަށްތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވައި، 2024 ވަނަ އަހަރުގެ ފެބްރުއަރީ 6 އިން 8 އަށް ކުރެއްވި އެ ދަތުރަށް އެކަނިވެސް 422,090.44 ހަރަދުވި އެވެ.

އޭގެ ފަހުން ހަމަ އެ މަހުގެ 18 އިން 21 އަށް ދެކުނުގެ ތިން އަތޮޅަށް ކުރެއްވި ދަތުރަށް 1.31 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. 2024 ވަނަ އަހަރު ކުރެއްވި 9 ދަތުރުގެ ޖުމުލަ ހަރަދަކީ 4.06 މިލިއަން ރުފިޔާ އެވެ. 

ރައީސް އޮފީހުން ބުނި ގޮތުގައި 2025 ވަނަ އަހަރަކީ ރައީސް އެންމެ ގިނައިން އަތޮޅުތެރެއަށް ދަތުރުކުރެއްވި އަހަރެވެ. އެ އަހަރު ކުރެއްވި 23 ދަތުރަށް 9.87 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި އެވެ.

މިއަހަރު ނ. އަތޮޅަށް ކުރެއްވި ދަތުރުގެ ހަރަދުގެ ގޮތުން ކޮށްފައިވަނީ އެންމެ 773.24ރ. އެވެ.  2025 ވަނަ އަހަރު ކުރެއްވި ބައެއް ދަތުރުތަކަށްވެސް ހިނގާފައިވަނީ ހައިރާންވާފަދަ ކުދި އަދަދުތަކެކެވެ. މިދިޔަ އަހަރު ޖެނުއަރީގައި ކ. ގުޅިއަށް ކުރެއްވި ދަތުރުގެ ހަރަދަށް 2،500ރ. ހަރަދު ވެފައިވާ ކަމަށް ބުނެފައި ވާއިރު، ނޮވެމްބަރު މަހު ރ. ދުވާފަހަރަށް ކުރެއްވި ދަތުރަށް 1282.93ރ. ހަރަދުވެފައިވެ އެވެ. އަދިި ހަމަ އެމަހު ހަނިމާދޫ އަށް ކުރެއްވި ދަތުރަށް ހަރަދުވީ ކަމަށް ރައީސް އޮފީހުން ބުނެފައި ވަނީ އެންމެ 1600ރ. އެވެ. 

ރައީސް މުއިއްޒުގެ ދަތުރުތަކުގައި މިނިސްޓްރީތަކުގެ ވަފުދުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ބައިވެރިވެފައިވާއިރު، ފުލުހުންގެ ވެރިން ވެސް ބައެއް ދަތުރުތަކުގައި ބައިވެރިވެފައިވެއެވެ.

މި ހަރަދުތަކުގެ އިތުރުން ރައީސްގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްއެންޑީއެފުން ކުރި ހަރަދު ހިމަނައިގެން ހިސާބުކޮށްފި ނަމަ، ރައީސްގެ ދަތުރުތަކާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރި ހަރަދު 14 މިލިއަން ރުފިޔާއަށް ވުރެ ވެސް ގިނަ ވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox