ރައީސް މުއިއްޒުގެ ދަތުރުތައް

2 ލިޔުން

މުއިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކަށް  14 މިލިއަން ރުފިޔާ!ހަބަރު

މުއިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކަށް 14 މިލިއަން ރުފިޔާ!

ރައީސް މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށް 13.93 މިލިއަން ރުފިޔާ ހޭދަވެފައިވާކަން ރައީސް އޮފީހުން ހާމަކޮށްފި. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ދޫކުރި މި ތަފާސްހިސާބުތަކުގައި ބައެއް ދަތުރުތަކަށް އާދަޔާ ހިލާފަށް ކުޑަ އަދަދުތަކެއް ހަރަދުވެފައިވާކަން ފާހަގަކުރެވޭ.

މުއިއްޒުގެ ދަތުރުތަކުގެ ތަފްސީލް ހާމަނުކުރާތާ އަހަރެއް ވެއްޖެހަބަރު

މުއިއްޒުގެ ދަތުރުތަކުގެ ތަފްސީލް ހާމަނުކުރާތާ އަހަރެއް ވެއްޖެ

ރައީސް މުއިއްޒު ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ހަރަދު 15 ދުވަސް ތެރޭގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެ މައުލޫމާތު އާންމުނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ދަތުރުތަކުގެ ތަފްސީލް ހާމަކުރުން ހުއްޓާލާފައިވާއިރު، ބަޖެޓުގައި ކަނޑައެޅި މިންވަރަށް ވުރެ އިތުރަށް ދަތުރުތަކަށް ހަރަދުކޮށްފައިވާކަން ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.