ޑޮލަރުގެ އަގު ތިރި ނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމެއް ނެތުމުން ކަމަށް ނަޝީދު ވިދާޅުވެއްޖެ

Jun 30, 2026, 8:46 PM
މުހައްމަދު ނަޝީދު

މުހައްމަދު ނަޝީދު

ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމެއް ނެތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. 

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމެއް ނެތުމާއެކު ޑޮލަރު ހަރަދު ކުރާ މިންވަރު ދަށްނުވުމަކީ ވެސް ޑޮލަރުގެ އަގު ތިރިނުވާ ސަބަބެއް ކަމަށެވެ. 

"ޑޮލަރުގެ އަގު ދަށް ނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ ރަނގަޅު ޕްރޮގްރާމެއް ނެރުމާއި އެކަން މައްޗަށް ޑޮލަރު ހަރަދު ކުރާ މިންވަރު ދަށްނުވާތީ،" ނަޝީދު ވިދާޅުވެފައިވެ އެވެ. 

ޑޮލަރުގެ އަގު މިވަގުތު ހުރީ 20.50 ރުފިޔާގަ އެވެ. މިއަހަރުގެ ނިމުމުގެ ކުރިން ޑޮލަރުގެ އަގު 21 ރުފިޔާއަށް އެރުން ގާތް ކަމަށް ވެސް މާލީ ތަޖުރިބާކާރުން ބުނެ އެވެ. 

ރާއްޖެއިން ވަނީ މި އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކަކަށް އަނބުރާ ފައިސާ ދައްކައިފަ އެވެ. އޭގެ އިތުރުން ވެސް މި އަހަރު 500 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ބޭރު ދަރަނި ދައްކަންޖެހެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ ދަރަނިތައް ދައްކާނޭ ގޮތުގެ ޕްލޭނެއް ގެންގުޅުއްވާ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު އެއްގޮތެއްގައި ނުހިފެހެއްޓޭތީ ބޭރުގެ އެހީ އާއި ލޯނު ހީކުރި މިންވަރާ ގާތަށް ވެސް ނުލިބެ އެވެ. 

މި އަހަރުގެ ތެރޭގައި ރިކޯޑު މިންވަރެއްގެ ދަރަނި ދައްކަން ޖެހޭނެކަން އެނގުނު ނަމަވެސް ރަނގަޅު ޕްލޭނެއް ނެތުމުން ކުރިމަތިވި ދަތިތަކުގެ އިތުރުން އެހެން ބޮޑު ގޮންޖެހުމަކަށްވީ އެމެރިކާ-އިރާނު ހަނގުރާމަ އެވެ. 

ހަނގުރާމައިގައި އިރާނުން ހޮރުމޫޒު ކަނޑުއޮޅި ބަންދު ކުރުމުން އަދި ޔޫއޭއީ އާއި ގަތަރުގެ އެއާޕޯޓުތަކަށް ހަމަލާ ދިނުމުން ރާއްޖެއަށް އަންނަ މުދަލާއި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ. 

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑަށް ދަތިވި ނަމަވެސް ބޯމަތީގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮތުމުން ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އެޅުން ސަރުކާރުން މަޑުޖައްސާލި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox