ޖަރުމަނު ކެޓިޔަސް ކޯޗު ނާގަލްސްމަން މަގާމުން އިސްތިއުފާނުދޭނެ ކަމަށް ބުނެފި

Jun 30, 2026, 3:19 PM
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން: މަގާމުން އަމިއްލަ އަށް އިސްތިއުފާނުދޭނެ ކަމަށް ވަނީ ބުނެފައި.

ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން: މަގާމުން އަމިއްލަ އަށް އިސްތިއުފާނުދޭނެ ކަމަށް ވަނީ ބުނެފައި.

ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 30) - ފީފާ ވޯލްްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ކުޅޭ ބުރުން ޖަރުމަނު ކެޓި ކަމުގައި ވިޔަސް، އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ހޫލިއަން ނާގަލްސްމަން ބުނެފި އެވެ. 

ޕެރަގުއޭއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ 90 މިނިޓް ހަމަވިއިރު، 1-1 އިން އެއްވަރުވެފައި އޮތް މެޗު އިތުރު ވަގުތުގެ ދެ ހާފަށް ގޮސް ނިމުނުއިރު ވެސް އެ ނަތީޖާ އަށް ބަދަލެއް ނާދެ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ޑިފެންޑަރު، ޖޮނަތަން ޓާ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިނުގަންނަން ނިންމި އެވެ. އަދި، މެޗުގެ ނަތީޖާ ޕެނަލްޓީ ޖަހައިގެން ނެރެން ޖެހުނުއިރު، ޓާ އަތުން ޕެނަލްޓީ ނާކާމިޔާބުވި އެވެ. ޕެނަލްޓީގައި ޖަރުމަނު ބަލިވީ 4-3 އިންނެވެ. 

އެންމެ ފަހުން ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނު މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ މެޗުން ބަލިވެ، މުބާރާތުން ކަޓައި، އަނެއްކާ ވެސް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ދަށް މުބާރާތަކާ ކުރިމަތިލާން ޖެހުނީ އެވެ. 

"އަހަރެން މި ހުރީ މި ޓީމުގައި. ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަން ބޭނުމިއްޔާ އަހަރެން 2028 ނިމެންދެން ހުންނާނެ. އެކަމަކު، އެ މީހުން އަހަރެން ދާން އެދެންޏާ، އެ ގޮތަށް ވެސް މިހުރީ ތައްޔާރަށް،" ރޭގެ މެޗަށް ފަހު ނާގަލްސްމަން ބުންޏެވެ. 

"އަހަންނަކީ ޒިންމާތަކުން ރެކިގެން ދުވެ ފިލާނެ މީހެއް ނޫން. އަދިވެސް މި ބުނަނީ، ފެޑެރޭޝަނުން ބޭނުމިއްޔާ އަހަރެން ހުންނާނަން. އެ މީހުން އަހަރެން ހުންނަން ބޭނުމެއް ނެތިއްޔާ، އެ ވާހަކަ އަހަރެން ގާތުގައި ބުނަންޖެހޭ. އަހަރެން މި ހުރީ މަގާމުގައި ކުރިއަށްދާ ގޮތަށް،" 

އޭނާ ބުނީ، ފުޓްބޯޅައިގައި ހުރިހާ ކަމަކީ އަމިއްލަ އަތުގައި ކޮންޓްރޯލް އޮންނާނެ ކަންކަމެއް ނޫން ކަމަށެެވެ. އެ ގޮތުން، ޖަރުމަނު ފުޓްބޯޅަ ފެޑެރޭަޝަނުން އަަވަހަށް ކަންކަން އޮތްގޮތް އޭނާ ގާތުގައި ބުނެދޭން ޖެހޭ ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ. 

"އަހަރެން ބަހައްޓަންޏާ، މިހާރުން ފެށިގެން މަސައްކަތް ފަށާނަން. ނޭޝަންސް ލީގާއި 2028 ގެ ޔޫރޯ އަށް،" ނާގަލްސްމަން ބުންޏެވެ. 

ނާގަލްސްމަން އަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުން އަންނަ އެއް ސަބަބަކީ، ރޭގެ މެޗަށް ފަހު، ޖަރުމަނުގެ ކެޕްޓަން، ޔޯސުއާ ކިމިކް ދިން އިންޓަވިއުއެއްގައި މުބާެރާތުަގައި ޖަރުމަނު ކުޅުނު އެއްވެސް މެޗެއްގައި އެ ޓީމުގެ އަސްލު ފެންވަރުގައި ކުޅެން ޖެހޭ ގޮތަށް ނުކުޅެވޭ ކަމަށް ބުނެފައިވުމުންނެވެ. 

ޖަރުމަނުން މި ފަހަރުގެ ވޯލްޑް ކަޕް ފެށި މެޗުން އަލަށް ވޯލްޑް ކަޕްގައި ކުޅުނު ކިއުުރުސާއޯ އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ފަހަތުން އަރައި 2-1 އިން އައިވަރީ ކޯސްޓް އަތުން މޮޅުވި އެވެ. އެކަމަކު، ގްރޫޕްގެ ފަހު މެޗުން 2-1 އިން އެކުއެޑޯ އަތްދަށުވެ، ނޮކައުޓް ބުރު ފަށަން ޖެހުނީ އެންމެ ބޭނުންވި ފޯމުގައެއް ނޫނެވެ. އެންމެ ފަހުން، ދެ ވޯލްޑް ކަޕްގައި، 2018 އާއި 2022 ގައި ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނުން މި ފަަހަރުގެ މުބާރާތުގައި މި ކެޓީ ނޮކައުޓް ފުރަތަމަ ބުރުގަ އެވެ. އެއީ، އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ޕެނަލްޓީ ޝޫޓައުޓެއްގައި ބަލިވެގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox