މެޗު ފިކްސިންގެ ތުހުމަތު އަމާޒުވިޔަސް އަލްޖީރިއާ އާއި އޮސްޓްރިއާ މެޗު ފީފާ އިން ތަހުގީގު ނުކުރާނެ

Jun 30, 2026, 3:05 PM
އަލްޖީރިއާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އަލްޖީރިއާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 30) - މި ފަހަރުގެ ފީފާ ވޯލްޑް ކަަޕްގެ ގްރޫޕް ޖޭގައީ އަލްޖީރިއާ އާއި އޮސްޓްރިއާ އިން ބައްދަލުކުރި މެޗުގައި، ގަސްދުގައި ފަސޭހަ ނޮކައުޓް ބްރެކެޓަކަށް ދިއުމަށްޓަކައި، ދެ ޓީމުން ރާވައިގެން މެޗު ފިކްސް ކުރިކަމަށް ކުރެވޭ ތުހުމަތައް ބޮޑުވި ނަމަވެސް އެ މެޗުގެ މައްސަލަ ތަހުގީގު ކުރެވޭނެ ޖާގައެއް ނެތް ކަމަށް ފީފާ އިން ކަނޑައަޅައިފި އެވެ. 

އަލްޖީރިއާ އިން އިތުރު ވަގުތުގެ ތެރޭގައި ލީޑުނެގި މެޗުގައި، އޮސްޓްރިއާ އިން ފަހު ވަގުތު ލަނޑު ޖަހައި 3-3 އިން އެއްވަަރުކުރި އެވެ. މި ނަތީޖާއާ އެކު މި ދެ ޓީމަށް ވެސް ނޮކައުޓް ބުރުން ޖާގަ ލިބި ފަސޭހަ ބްރެކެޓަކަށް ވަނީ ގޮސްފަ އެވެ. މި ނަތީޖާ އަކީ، އިރާނަށް މުބާރާތުގައި ކުރިއަށްދިއުމަށް އޮތް ފުރުސަތު އެއްކޮށް ބަންދުވާ ސްކޯއެއް ކަމަށްވާއިރު، މިއީ، ގަސްދުގައި ރާވަައިގެން، އިރާން ކަޓުވާލަށް ކުރި ކަމެއްގެ ތުހުމަތު ވެސް ވަނީ އަމާޒުވެފަ އެެވެ. 

އަލްޖީރިއާ އާއި އޮސްޓްރިއާ ކުޅުނު މެޗުގެ އިތުރު ވަގުުތު ފެށުނުތަނާ އަލްޖީިރިއާ އިން ލަނޑު ޖެހުމުން، އޮސްޓްރިއާ ކުޅުންތެރިން، އަލްޖީރިއާ ބެންޗަށް ބަލައި، ހިތްހަމަނުޖެހުން ފާޅުކުރިތަން ފެނުނެވެ. އަދި، އޭގެ ފަހުން، އޮސްޓްރިއާ އިން ކުރި އެޓޭކުގައި ގޮސް އެ ޓީމުން އެއްވަރުކުރި ލަނޑު ޖެހީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގަ އެވެ. 

Advertisement

އެ މެޗަށް ފަހު، ދެ ޓީމުގެ ކޯޗުންނާ ވެސް ވަނީ މެޗުގެ ނަތީޖާ އަކީ ރޭވިގެން އައި ކަމެއްތޯ ސުވާލުކޮށްފަ އެވެ. އޮސްޓްރިއާގެ ކޯޗު، ރަލްފް ރަންގްނިކް ބުނެފައިވަނީ، ރޭވިގެން ކުރާ ކަމެއްގައި ފަހު ވަގުތު އެ ފެނުނު ޖަޒުބާތީ ކަންތައްތަކެއް ނުފެންނާނެ ކަމަށެވެ. އަދި، ދެ ޓީމަށް ރަނގަޅުވާ ގޮތަކަށް މެޗެއްގެ ނަތީޖާ ނުކުތުމުން، ތަފާތު އެކި ކަހަލަ ވާހަކަތައް ދެކެވޭނެ ކަމަށާއި، އެއީ ހިނގާނެ ކަންކަން ކަމުގައި ރަންގްނިކް ވަނީ ބުނެފަ އެވެ. 

ނޮކައުޓް ބުރުގައި އޮސްޓްރިއާ އިން ސްޕެއިނާ ކުޅެން ޖެހޭއިރު، އަލްޖީރިއާ އިން ކުޅޭނީ ސްވިޒަލެންޑާ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox