ޖަރުމަނު ކަޓުވާލައި ޕެރަގުއޭ ވޯލްޑް ކަޕްގެ ގަދަ 16 އަށް

Jun 30, 2026, 4:29 AM
ޕެރަގުއޭގެ ކީޕަރު ގިލް، ޕެނަލްޓީ އެއް މަތަކުރުމަށް ފަހު އުފާފާޅުކުރަނީ.

ޕެރަގުއޭގެ ކީޕަރު ގިލް، ޕެނަލްޓީ އެއް މަތަކުރުމަށް ފަހު އުފާފާޅުކުރަނީ.

ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 30) - ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ޕެރަގުއޭ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ. 

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ވަނީ، 1-1 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ޕެރަގުއޭ މޮޅުވީ 4-3 އިންނެވެ. މިއީ، ޕެރަގުއޭ އިން 2010 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ މުބާރާތަށް އައި ފުރަތަަމަ ފަހަރެެވެ. އެ ފަހަރު އެ ޓީމު ކުއާޓާ ފައިނަލުގައި ކުޅުނެވެ.

ޖަރުމަނުން މި ފަހަރުގެ ވޯލްޑް ކަޕް ފެށި މެޗުން އަލަށް ވޯލްޑް ކަޕްގައި ކުޅުނު ކިއުުރުސާއޯ އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ފަހަތުން އަރައި 2-1 އިން އައިވަރީ ކޯސްޓް އަތުން މޮޅުވި އެވެ. އެކަމަކު، ގްރޫޕްގެ ފަހު މެޗުން 2-1 އިން އެކުއެޑޯ އަތްދަށުވެ، ނޮކައުޓް ބުރު ފަށަން ޖެހުނީ އެންމެ ބޭނުންވި ފޯމުގައެއް ނޫނެވެ. އެންމެ ފަހުން، ދެ ވޯލްޑް ކަޕްގައި، 2018 އާއި 2022 ގައި ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނުން މި ފަަހަރުގެ މުބާރާތުގައި މި ކެޓީ ނޮކައުޓް ފުރަތަމަ ބުރުގަ އެވެ.

ޕެރަގުއޭ އިން މެޗު ފަށައިގެން، ފުރަތަމަ މިނިޓްގައި ކޯނަރަކުން ޖޫނިއާ އަލޮންސޯ އަށް ލިބުނު ފުރުސަތުގައި އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވި، ފޮނުވާލި ޝޮޓް ޖަރުމަނުގެ ކީޕަރު، މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. 

ޖަރުމަނުގެ އެޓޭކް ލީޑުކުރަމުންދިޔަ ޑެނިސް އުންޑާވް އާއި ކައި ހަވާޓްޒް އަށް ފުރަތަަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނީ، ޕެރަގުއޭގެ ކީޕަރު، އޯލާންޑޯ ގިލް އާއި އެ ޓީމުގެ ޑިފެންޑަރުންގެ ހުށިޔާރުކަމުންނެވެ.

ފުރަތަމަ ހާފުގައި ރަނގަޅަށް ޑިފެންސް ކުރި ޕެރަގުއޭ އިން ފުރަތަމަ ހާފުގައި ލީޑުނެގި އެވެ. މިއީ، މެޗުގެ 42 ވަނަ މިނިޓްގައި، ޕެރަގުއޭ އިން ކޯނަރެއްގައި ދެ ވަނަ ފަހަރަށް އެޓޭކް ކުރަން ލިބުނު ފުރުސަތުގައި، މަޓިއަސް ގަލާޒާ ނެގި ހުރަހަކުން ހޫލިއޯ އެންސީސޯ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، ޖަރުމަނު ކޮޅަށް ވޯލްޑް ކަޕްގައި ޖެހިޖެހިގެން ލަނޑު ވަން 10 ވަަނަ މެެޗެވެ. އެ ޓީމު ކޮޅަށް އެންމެ ފަހުން ލަނޑެއް ނުވަދެ ނިމުނު ވޯލްޑް ކަޕް މެޗަކީ 2014 ވަނަ އަހަރުގެ ފައިނަލެވެ. 

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާއި ޕެރަގުއޭ ކުޅުނު މެޗުގެ ތެރެއިން.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާއި ޕެރަގުއޭ ކުޅުނު މެޗުގެ ތެރެއިން.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ޖަރުމަނު ފަހަތުން ފަރުވާ ކުޑަކޮށް ޖައްސާލި ބޯޅައަކަށް އަރައި، އެންސީސޯ އަށް ލަނޑު ޖަހަން ފުރުސަތުގައި ރަނގަޅަށް ފޮނުވާލެވޭގޮތެއްނުވި އެވެ. 

ޖަރުމަނުން ވަނީ ދެ ވަނަ ހާފުގައި އެޓޭކަށް ދިއުމަށް ލިބުނު ފުރަތަމަ ފުރުސަތުގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، 54 ވަނަ މިނިޓްގައި ފްލޯރިއަން ވާޓްޒް ނެގި ހުރަހަކުން ހަވާޓްޒް ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން، ހަވާޓްޒް އަށް ލިބުނު އިތުރު ފުރުސަތެއްގައި، ހަވާޓްޒް ބޮލުން ޖެހި ބޯޅަ ކީޕަރު ގިލް ވަނީ މަތަކޮށްފަ އެވެ. 

ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނުއިރު، ފުރަތަމަ ހާފުގައިި ޖަރުމަނުން ލަނޑު ޖެހި އެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއްގައި އެ ޓީމުގެ ޖޮނަތަން ޓާ ވަނީ ލަނޑު ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާެރް) އިން ބަލާފައި އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. އެއީ، ޖަރުމަނުގެ ޑިފެންޑަރު، ވޮލްޑަމާ އަންޓޮން، ކޯނަރު ކުޅުމުގެ ތެރެއަށް އައިއިރު، ކީޕަރު ގިލް އަށް ފައުލުކުރި ކަމަށް ބަަލައިފަ އެވެ. މިއީ، ވީއޭއާރް އިން އަންގައިގެން، ދަނޑުކައިރީގައި ހުރި މޮނީޓަރުން ބަލައިފައި ނިންމި ނިންމުމެކެވެ. 

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާއި ޕެރަގުއޭ ކުޅުނު މެޗުގެ ތެރެއިން: ޖަރުމަނުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާއި ޕެރަގުއޭ ކުޅުނު މެޗުގެ ތެރެއިން: ޖަރުމަނުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، ނަތީޖާ އެެއް ނުނެރެވުމުން، މޮޅުވާނެ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. 

ޕެނަލްޓީގައި ފުރަތަަމަ ޖަރުމަނުން ހަވާޓްޒް ޖެހި ޕެނަލްޓީ ކީޕަރު، ގިލް ވަނީ މަތަކޮށްފަ އެވެ.  މައުރީސިއޯ ވަނީ ޕެރަގުއޭގެ ފުރަތަމަ ޕެނަލްޓީ ވައްދާލައިފަ އެވެ. ޖަރުމަނުގެ ދެ ވަނަ ޕެނަލްޓީ ޔޯސުއާ ކިމިކް ވަނީ ކާމިޔާބުކޮށްފަ އެވެ. ޕެރަގުއޭގެ ދެ ވަނަ ޕެނަލްޓީ ކެޕްޓަން، ގުސްތާވޯ ގޯމޭޒް ވަނީ ގޯލަށް ވައްދާލައިފަ އެވެ. ޖަރުމަނުގެ ތިން ވަނަ ޕެނަލްޓީ ޖަމާލް މުސިއާލާ ވަނީ ކާމިޔާބުކޮށްފަ އެވެ. ޕެރަގުއޭގެ ތިން ވަނަ ޕެނަލްޓީ ގަލާޒާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ޖަރުމަނުގެ ހަތަރު ވަަނަ ޕެނަލްޓީ ނިކް ވޮލްޓަމާޑާ ފޮނުވާލިއިރު، ކީޕަރު ގިލް ވަނީ ހުއްޓުވައިފަ އެވެ.

މެޗުންޕެރަގުއޭ މޮޅުކޮށްދޭން ހަތަރު ވަނަ ޕެނަލްޓީ ޖަަހަންދިޔަ އެންޓޯނިއޯ ސަނާބްރިއާ ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. ނަދިމް އަމީރީ، ޖަރުމަނުގެ ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކުރި އެވެ. ޕެރަގުއޭގެ ފަސް ވަަނަ ޕެނަލްޓީ ފަބިއަން ބަލްބުއޭނާ ފޮނުވާލިއިރު، ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، ޖަރުމަނުގެ ހަ ވަނަ ޕެނަލްޓީ ޓާ ފޮނުވާލިއިރު، ދިޔައީ ހުރަސް ދަނޑިމަތިންނެވެ. ޕެރަގުއޭ އަށް މެޗުން މޮޅުވާން ޕެނަލްޓީގައި ލިބުުނު ތިން ވަނަ ފުރުސަތުގައި، ޖޯސޭ ކަނާލޭ ކާމިޔާބުކޮށް، މެޗުން އެ ޓީމު މޮޅުކޮށްދިނީ އެވެ. 

ޕެރަގުއޭ އިން ގަދަ 16 ބުރުގައި ކުޅޭނީ، ފްރާންސް އާއި ސްވިޑެން ތެރެއިން ޓީމަކާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox