ރަސްމާލޭގެ މާސްޓާޕްލޭން ހަދަނީ ކުރިއަށް އޮތް 20 އަހަރު ތެރޭ ދެ ލައްކަ މީހުން އާބާދުކުރާ ގޮތަށް

ޑިސެމްބަރު 18، 2025: ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. މިއީ ރާއްޖޭގައި ހިއްކާ އެންމެ ބޮޑު ފަޅު ---

ޑިސެމްބަރު 18، 2025: ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. މިއީ ރާއްޖޭގައި ހިއްކާ އެންމެ ބޮޑު ފަޅު ---

ކުރިއަށް އޮތް 20 އަހަރުގެ ތެރޭ ރަސްމާލޭގައި ދެ ލައްކަ މީހުން އާބާދުކުރުމުގެ އަމާޒުގައި އެ ރަށުގެ މާސްޓާޕްލޭން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ. 

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށީ ޑިސެމްބަރު 18، 2023، ގަ އެވެ. ސަރުކާރުން ބުނީ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.  ނަމަވެސް ކޮންސަލްޓަންޓުން ހޯދުމަށް ކުރި އިއުލާނުގައި ހިމަނާފައިވާ ޓީއޯއާރުގައި ވާ ގޮތުން އެ ރަށަކީ 1،010 ހެކްޓަރުގެ ރަށެކެވެ. 

އެ ޕްރޮޖެކްޓުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ދެ ލައްކަ މީހުންނަށް ރަސްމާލޭގައި ދިރިއުޅެވޭނެ ގޮތް ހެދުން ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން، ރަސްމާލޭގެ ކަރަންޓު ގްރިޑަކީ މައިގަނޑު ގޮތެއްގައި އިއާދަކުރަނިވި ހަކަތައިން އޮޕަރޭޓުކުރާ ގްރިޑަކަށް ވާން ޖެހެ އެވެ. 

ހަމައެހެންމެ، ރަސްމާލޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަކީ ކާބަން-ނިއުޓްރަލް ނިޒާމަކަށް ހެދުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ. މޫސުމީ ބަދަލުތަކުންނާއި ކާރިސާތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކޮށް، ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ރައްކާތެރި ރަށެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކުރަން މާސްޓަޕްލޭންގައި ހިމަނަން ޖެހެ އެވެ. 

އެ މިނިސްޓްރީން ބީލަމަށް ކުރިމަތިލުމަށް ދީފައިވާ ސުންގަޑިއަކީ ޖުލައި 13، ގެ ހެނދުނު 10:00 އެވެ. އެ މަސައްކަތް ކުރަން ހޮވަން ހަމަޖެހިފައިވަނީ ދިވެހި ކުންފުންޏެކެވެ. 

އެ މަސައްކަތުގެ ދަށުން ރަސްމާލޭގެ ލޭންޑް ޔޫސް ޕްލޭން ވެސް ތައްޔާރުކުރަން ޖެހެ އެވެ. އެ ޕްލޭންގައި ރެޒިޑެންޝަލް، ކޮމާޝަލް، ސިވިކް، އިންޑަސްޓްރިއަލް، ކަލްޗަރަލް އަދި ރެކްރިއޭޝަނަލް ޒޯނުތައް ހިމަނަން ޖެހެ އެވެ. އަދި ޒޯނިން ގަވާއިދުތައް ހެދުމާއި، އިމާރާތްތަކުގެ އުސްމިނާއި ސަބްޑިވިޝަން ސްޓޭންޑާޑްތައް ކަނޑައެޅުމަކީ ވެސް ކޮންސަލްޓަންސީ ދޭ ބަޔަކު ކުރަން ޖެހޭ މަސައްކަތެކެވެ. 

މަސައްކަތުގެ ޓައިމްލައިންގައި ވާ ގޮތުން ދެ ހަފްތާ އާއި ތިން ހަފްތާގެ މުއްދަތުގެ ތެރޭ ލޭންޑް ޔޫސް ޕްލޭނާއި ޑްރާފްޓް މާސްޓާޕްލޭން ހުށަހަޅަން ޖެހެ އެވެ. އަދި މަސައްކަތް ހަވާލުކުރާތާ ހަ ހަފްތާ އާއި އަށް ހަފްތާގެ ތެރޭގައި ފައިނަލް މާސްޓަޕްލޭން ހުށަހަޅަން ޖެހެ އެވެ. 

އަށް މަސްދުވަހުގެ ތެރޭގައި ހިއްކައި ނިންމާނެ ކަމަށް ވައުދުވެގެން މީގެ ދެ އަހަރާއި ހަ މަސްދުވަސް ކުރިން ފެށި މަޝްރޫއު ނިންމަން ރައީސް މުހައްމަދު މުއިއްޒު އިއްޔެ ފަސްވަނަ ތާރީހެއް ދެއްވި އެވެ. އެއީ މި އަހަރުގެ ނިޔަލަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox