ވޯލްޑް ކަޕްގައި ތިއްބަސް ހަނގުރާމައިގެ ވިސްނުންތައް ކޮންގޯގެ ޓީމު ސިކުނޑިން ބޭރެއް ނުވޭ

Jun 29, 2026, 7:30 AM
ކޮންގޯގެ ކުޅުންތެރިން އުޒްބެކިސްތާން މެޗަށް ފަހު އުފާފާޅުކުރަނީ.

ކޮންގޯގެ ކުޅުންތެރިން އުޒްބެކިސްތާން މެޗަށް ފަހު އުފާފާޅުކުރަނީ.

އެޓްލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 29) - ފީފާ ވޯލްޑް ކަޕްގައި ކުޅެން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން އައިސް ތިބި ކަމުގައި ވިޔަސް އެ ޓީމުގެ ކުޅުންތެރިން ސިކުނޑިން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހިނގާ ހަނގުރާމައިގެ ވިސްނުންތައް ބޭރުނުވާ ކަމަށް ކޮންގޯ ޓީމުގެ ތަރި، ޔޮއާން ވިއްސާ ބުނެފި އެވެ. 

ކޮންގޯ 1974 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި (އޭރު ވާދަކުރީ ޒައޭރްގެ ނަމުގައި) ކުޅުނުއިރު، ކޮންގޯ އަކީ ވޯލްޑް ކަޕް މުބާރާތުން ޖާގަ ހޯދި އެފްރިކާގެ ތިން ވަނަ ގައުމެވެ. އެހެން ނަމަވެސް، ދާހިލީ ހަމަނުޖެހުންތަކާއި ކޮރަޕްޝަންގެ މައްސަލަތަކާ ހެދި، ކޮންގޯގެ ފުޓްބޯޅަ އޮތީ މަޑު ޖެހިފަ އެވެ.

ޖަރުމަންގައި 1974 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވޯލްޑް ކަޕްގައި ކޮންގޯ މިހާތަނަށް ކުރި ހަމައެކަނި ތަޖުރިބާ އެވެ. އޭރު ޒައޭރްގެ ނަމުގައި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކުރީ ވަރުގަދަ ބްރެޒިލް އާއި ޔޫގޮސްލާވިއާ އެއް ގުރޫޕެއްގަ އެވެ. ކުުޅުނު ތިން މެޗުންވެސް ބަލިވެ، އެ ޓީމުން މުބާރާތް ނިންމާލީ ސުން ޕޮއިންޓާއެކު އެވެ.  ވޯލްޑް ކަޕް 1998ގެ ކޮލިފައިން އިން ފެށިގެން، ކޮންގޯ އިން ކޮލިފައިންގައި ގަވައިދުން ވާދަކުރެ އެވެ. އެކަމަކު، އެ މަސައްކަތް ކާމިޔާބުކުރެވުނީ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރިތާ ބައި ގަރުނު ފާއިތުވި ފަހުންނެވެ. 

Advertisement

ވޯލްޑް ކަޕަށް އެނބުރި އައި މެޗުން ކޮންގޯ ތަފާތު ދެއްކި އެވެ. ފުރަތަަމަ މެޗުގައި ވަރުގަދަ ޕޯޗުގަލްއާ 1-1 އިން އެއްވަރުކުރި އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ހަނި ތަފާތަކުން 1-0 އިން ކޮލަމްބިއާ އަތްދަށުވި އެވެ. އެހެން ނަމަވެސް، މާޔޫސްނުވެ، ފަހު މެޗުގައި ފަހަތުން އަރައި 3-1 އިން އުޒްބެކިސްތާން ބަލިކުރި އެވެ. އެ މެޗުގައި ވިއްސާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. 

އެ މެޗަށް ފަހު ވިއްސާ ބުނީ، ފުޓްބޯޅަ އަށް އެކަނި ވިސްނައިގެން ކޮންގޯ އަށް ވޯލްޑް ކަޕްގެ މެޗުތަކުގައި ކުޅެވެން ނެތް ކަމަށެވެ. 

"ފަސޭހައެއް ނޫން އަހަރެމެން ގައުމުގައި. އީސްޓް ކޮންގޯގައި ކޮންމެ ދުވަހަކު ހަނގުރާމަ އެބަކުރޭ. ކޮންމެ ފަހަރަކު އަހަރެމެން ޖޯޒީ ލާއިރު އެ މީހުންގެ ހަނދާންތައް އެބަ އާދޭ. އެހެންވީމަ، މިރޭ ވެސް އަހަރެެމެން އެ މީހުންގެ ވެސް ހަންގުގައި މި ބުނެދޭން މި ބޭނުންވަނީ، ކޮންމެ ކަމެއް ވިޔަސް އަހަރެމެން މި ތަމްސީލް ކުރަނީ ތި މީހުން ވެސް ހިމެނޭ ގޮތަށޭ،" އުޒްބެކިސްތާން މެޗަށް ފަހު، ކޮންގޯ ވިއްސާ ބުންޏެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ވިއްސާ ވަނީ ޓީމުގެ މެދުގައި އޮތް އެއްބައިވަންތަކަމަކީ ކާމިޔާބު ހޯދުމުގެ ސިއްރު ކަމަށް ބުނެފަ އެވެ. ކޮންގޯ ޓީމުގައި ގިނައީ ޔޫރަޕްގައި ކުޅޭ ކުޅުންތެރިންނެވެ. 

ކޮންގޯ އިން ވޯލްޑް ކަޕް ތާރީހުގައި ކުޅޭ ނޮކައުޓް ފުރަތަމަ މެޗުގައި މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި ވާދަކުރާނީ އިންގްލެންޑާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox