ދެކުނު އެފްރިކާ ބަލިކޮށް ގަދަ 16 ގެ ފުރަތަމަ ޖާގަ ކެނަޑާ އަށް

Jun 29, 2026, 1:58 AM
ދެކުނު. އެފްރިކާ އާއި ކެނަޑާ ބައްދަލުކުރި މެޗުގެ ތެރެއިން ކެނަޑާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދެކުނު. އެފްރިކާ އާއި ކެނަޑާ ބައްދަލުކުރި މެޗުގެ ތެރެއިން ކެނަޑާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 29) - އިތުރު ވަގުތުގެ ތެރޭގައި ސްޓެފަން އިސްޓަކިއޯ ޖެހި ގޯލުން 1-0 އިން ދެކުނު އެފްރިކާ ބަލިކޮށް، ކެނަޑާ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތުގެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފި އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، ދެ ވޯލްޑް ކަޕްގައި ކުޅެ، ވޯލްޑް ކަޕެއްގައި ޕޮއިންޓެއް ވެސް ލިބިފައިނެތް، ކެނަޑާ އިން ނޮކައުޓް ބުރަށް ދަތުރުކުރީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެހެންވެ، އެ ގައުމު ވެސް ގުޅިގެން، ތިން ގައުމުގެ މެދުގައި، ހޯސްޓްކުރާ މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުން ގަދަ 32 ޓީމުގެ ބުރުގައި ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗު ކުޅެން ޖެހުނީ، އެމެރިކާގަ އެވެ. މިއީ، ވޯލްޑް ކަޕްގެ ހޯސްޓެއް ގައުމުން ބޭރުގައި ކުޅެން ޖެހުނު ފުރަތަމަ މެޗެެވެ. 

ކެނަޑާ އިން މި ފަހަރުގެ ވޯލްޑް ކަޕް ފެށި މެޗުގައި ބޮސްނިއާއާ 1-1 އިން އެއްވަރުކުރިިއިރު މިއީ، ވޯލްޑް ކަޕްގައި ލިބުނު ފުރަތަމަ ޕޮއިންޓެވެ. ދެ ވަނަ މެޗުގައި 6-0 އިން ގަތަރު ބަލިކޮށް، ކެނަޑާގެ ތާރީހުގައި ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދި އެެވެ. އެކަަމަކު، ގްރޫޕްގެ ފަހު މެޗުން ސްވިޒަލެންޑް އަތުން 2-1 އިން ބަލިވެ، ކެނަޑާ އަށް އަމިއްލަ ގައުމުގައި ނޮކައުޓް މެޗު ކުޅުމުގެ ފުުރުސަތު ގެއްލުނީ ގްރޫޕްގެ ދެ ވަނަ އަށް ދިއުމުންނެެވެ.

Advertisement

ދެކުނު އެފްެރިކާއާ ދެކޮޅަށް މިރޭ ކެނަޑާ އިން ކުޅުނު މެޗުގެ 90 މިނިޓާ ހަމައަށް ގޯލެއް ނުފެނި އޮތްއިރު، ކެނަޑާގެ ހަމައެކަނި ލަނޑު ޖެހީ އިސްޓަކިއޯ އެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ފުރުސަތެއްގައި އިސްޓަކިއޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަަނަށެވެ.

މި މެޗު ފެށިއިރު، ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔައީ އިސްޓަކިއޯ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި އަލްފަންސޯ ޑޭވިސް ކުޅެން އެރުމާ އެކު، އޭނާއާ ކެޕްޓަން ބޭންޑް ހަވާލުކުރީ އެވެ. މިއީ، ކެނަޑާގެ ކެޕްޓަން، ޑޭވިސް އަނިޔާ އިން ރިކަވާވެ، މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ. 

ދެކުނު އެފްރިކާ އާއި ކެނަޑާ ބައްދަލުކުރި މެޗުގެ ތެރެއިން: ދެކުނު އެފްެރިކާގެ އެމްބޮކާޒީ އަތުން ބޯޅަ ހޯދަން ކެނަޑާގެ ޖޮނަތަން ޑޭވިޑް މަސައްކަތްކުރަނީ.
ދެކުނު އެފްރިކާ އާއި ކެނަޑާ ބައްދަލުކުރި މެޗުގެ ތެރެއިން: ދެކުނު އެފްެރިކާގެ އެމްބޮކާޒީ އަތުން ބޯޅަ ހޯދަން ކެނަޑާގެ ޖޮނަތަން ޑޭވިޑް މަސައްކަތްކުރަނީ.

އަނެއްކޮޅުން، މިއީ، ކެނަޑާ އެކޭ އެއްގޮތަށް ދެކުނު އެފްރިކާ އިން ވެސް ވޯލްޑް ކަޕްގެ ނޮކައުޓް ބުރެއްގައި ކުޅުނު ފުރަތަމަ މެޗެވެ. އެ ޓީމުން މެޗުގެ ބޮޑުބައިގައި ކެނަޑާ ހުއްޓުވައި، ރަނގަޅު އެޓޭކްތަކެއް ކުރުމަށް ކުރިއަށް ޖެހިގެން ވެސް މަސައްކަތްކުރި އެވެ. އެކަމަކު، މެޗުގެ ފަހު ވަގުތު ކޮޅުގައި ފަހަތުން ހެދުނު ގޯހަކާ އެކު މެޗު ގެއްލި، މުބާރާތުން ވަކިވާން ޖެހުނީ އެވެ. 

ކެނަޑާ އަށް މެޗުގައި ކުރިން ލަނޑު ޖަހަން ލިބުނު ފުރުސަތުތަކަށް ބަލާއިރު، އެ ޓީމުގެ ފޯވާޑް، ޓަނީ އޮލުވަސޭއި ޖެހި ޝޮޓެއް ދެކުނު އެފްރިކާގެ ކީޕަރު، ރޮންވެން ވިލިއަމްސް މަތަކުރި އެވެ. އަދި، ކެނަޑާގެ ޕްރޮމިސް ޑޭވިޑް ޖެހި ޝޮޓެއް ވަނީ ދަނޑިކައިރިން ގޮސްފަ އެވެ.

ދެކުނު އެފްރިކާ ކޮޅަށް ކެނަޑާ އިން ލަނޑު ޖެހީ، އިތުރު ވަގުތުގެ ފަސް މިނިޓް ތެރޭ ފަހަތަށް ޖެހިގެން، އެއްވަރުކޮށް އިތުރު ވަގުތުގެ ދެ ހާފަށް މެޗު ގެންދަން ބޭނުންވާ ގޮތަށް ކުޅެމުން ދަނިކޮށެވެ. އިތުރު ވަގުތުގެ ދެ ހާފަށް ނުގޮސް ކެނަޑާ އަށް މި މެޗުން މޮޅެއް ހޯދައިދިން ގޯލު އިސްޓަކިއޯ ޖެހިއިރު، މިއީ، ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ. 

ދެކުނު އެފްރިކާ މި ފަހަރުގެ ވޯލްޑް ކަޕްގައި ބަލިވީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން ދެ ގައުމު އަތަުންނެވެ. އެއީ، މުބާރާތް ފެށި މެޗުގައި މެކްސިކޯ އަތުން 2-0 އިންނާއި ގަދަ 32 ޓީމުގެ ބުރުގައި ކެނަޑާ އަތުންނެވެ. 

ކެނަޑާ އިން ގަދަ 16 ބުރުގައި ވާދަކުރާނީ، މޮޮރޮކޯ އާއި ނެދަލެންޑްސް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox