ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ހުށަހެޅީ އީ-ވޯޓިންއަށް މަގުފަހިކުރަން: ޣަފޫރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ދައުލަތުގެ ޑޭޓާ އާއި ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމަށް ބޮޑެތި ގާނޫނީ ބާރުތަކެއް ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އަށް ދިނުމަށް ހުށަހަޅާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު" ގެ ބޭނުމަކީ ރާއްޖޭގެ ވޯޓިން ނިޒާމު އިލެކްޓްރޯނިކް ވޯޓިން (އީ-ވޯޓިން) ނިޒާމަކަށް ބަދަލުކުރުން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ. 

ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ހުށަހެޅުއްވި އެ ބިލާއެކު ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެ ބާރުގަދަ އެއް މުއައްސަސާއަށެވެ. އެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ގަޕޯ ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އީ-ވޯޓިންއަށް ދިޔުމަށް ހުށަހެޅިފައި އޮތް ބިލެއް ނޫން އެހެން ގޮތެއް މީގެއިން ފެނިގެން ނުދާނެ، އެކަން ކުރުމަށްޓަކައި މި ތައްޔާރުވަނީ،" ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފައްދަމުން މަޖިލީހުގެ އެންމެ ތަޖުރިބާކާރު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރުގެ އެ ތުހުމަތުތައް ޕީއެންސީގެ ފަރާތުން ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ދޮގު ކުރެއްވި އެވެ. އަދި އީ-ވޯޓިންއަށް ރާއްޖޭގެ ވޯޓުލުމުގެ ނިޒާމު ބަދަލުކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވި އެވެ. ޣަފޫރު ވިދާޅުވި ގޮތުގައި ސައްހަ ވޯޓަަކުން ސަރުކާރު މޮޅެއް ނުވާނެ އެވެ. 

"ސައްހަ ވޯޓެއް ނަގައިގެން އިނގޭ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން. އެހެންވީމާ އީ-ވޯޓު އެޅުމަށްޓަކައި މި ބިލު ތައްޔާރުކޮށްފައި މިވަނީ، މި އޮތީ ގާނޫނީ ފްރޭމްވޯކެއް އީ-ވޯޓިންއަށް ދާން ތައްޔާރުކުރެވިފައި،" ޣަފޫރު ވިދާޅުވި އެވެ. 

ބިލުގައި ބަޔާންކުރާ ވަރަށް ގިނަ ކަންކަމުގެ އިޖުރާއަތްތައް ބަޔާންކުރާނި އެ ބިލުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަމަށް ބިލުގެ މާއްދާތަކުގައި ބުނެފައިވެ އެވެ. އީ-ވޯޓިންއަށް ބަދަލުކުރާނީ އެފަދަ ގަވާއިދެއްގެ ދަށުން ކަމަށް ޣަފޫރު ވިދާޅުވި އެވެ. 

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ފަރުމާކޮށްފައި އޮތްގޮތުން އެ މުއައްސަސާއަށް ފާރަވެރިވެ ޖަވާބުދާރީކުރުވުމުގައި މަޖިލީހުގެ މާ ބޮޑު ދައުރެއް ނެތެވެ. އެ ބިލުގައި ބުނެފައިވާ ގޮތުގައި އެއީ ހޯމް މިނިސްޓްރީގެ ދަށުން ހިނގާ މުއައްސަސާއެކެވެ. އަދި އެ މުއައްސަސާގެ އެންމެހާ ކަންކަމަކާ ބެހޭގޮތުން މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox