ގަޕޯގެ ހިޔާލަކީ ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްލުން

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ޣަފޫރު ވާހަކަދައްކަވަނީ: އޭނާ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ހުށަހެޅުއްވީ އޭނާ ނުހިމަނާ ކޮމިޓީއެއް ހަދައިގެން ޕާޓީ މިވަގުތު ހިންގަން -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ޣަފޫރު ވާހަކަދައްކަވަނީ: އޭނާ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ހުށަހެޅުއްވީ އޭނާ ނުހިމަނާ ކޮމިޓީއެއް ހަދައިގެން ޕާޓީ މިވަގުތު ހިންގަން -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިހާބާއި ދާއިރާގެ އިންތިހާބު މިވަގުތަށް ފަސްކޮށްލަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެ އެކަމާމެދަށް ވިސްނެވުމަށްއެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގައުމީ މަޖިލީހުގެ މެންބަރުން ކިބައިން އެދިވަޑައިގަންނަވައިފި އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ގަޕޯ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗެއާޕާސަން އިންތިހާބު ލަސްކޮށް، ޕާޓީ ހިންގުމަށް ލީޑާޝިޕްގައި މަޝްވަރާކޮށްގެން އޭނާ ނުހިމަނައި ކޮމިޓީއެއް އެކުލަވާލުމަށެވެ. 

"އަޅުގަނޑު މި ހުށައަޅަނީ ޕާޓީގެ ހިންގުމަށްޓަކައި އިސްފަރާތްތައް ވާހަކަދައްކާ އިންޓަރީމް އެރޭންޖްމަންޓެއް (އަޅުގަނޑު ނުހިމަނާ) ދިއުމަށް. އަދި އެކަން ގައުމީ މަޖްލިސް އަށް ހުށައަޅާ ފާސްކުރުމަށް،" އޭނާ ވިދާޅުވި އެވެ. 

ގަޕޯގެ ހިޔާލަކީ ޗެއާޕާސަން އިންތިހާބު ރިޔާސީ ޕްރައިމަރީއަށްފަހު ބޭއްވުމެވެ. އޭނާ ވިދާޅުވީ ޗެއާޕާސަން އިންތިހާބާއި ދާއިރާތަކުގެ އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީ ތެރޭގައި މަސްލަހަތު ގެއްލި އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

"ސީފީ އިންތިހާބާ ދާއިރާގެ އިންތިހާބް އާބެހޭ ގޮތުން އަޅުގަނޑަށް ފެންނަ ގޮތަކީ ރިޔާސީ ޕްރައިމަރީ އަށްފަހު ބޭއްވުމަށެވެ . މި ދެ އިންތިހާބް މިވަގުތު ބާއްވައި ފިނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި އޭގެ ސަބަބުން ސަރުކާރު ޖަވާބު ދާރީކުރުގެ މަސައްކަތައް ހުރަސް ތަކެއް ކުރިމަތި ވާނެ،" އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން ގަޕޯ ވިދާޅުވީ ސަރުކާރުން މި އަހަރު ޕާޓީއަށް ލިބެންޖެހޭ އެއްވެސް ފައިސާ ލިބިފައިނުވާތީ، ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް މިވަގުތު ނެތް ކަމަށެވެ. 

ޣަފޫރުގެ ހުށަހެޅުއްވުމާ ގުޅިގެން ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

އެމްޑީޕީން ޗެއާޕާސަން އިންތިހާބު ބާއްވަން ނިންމާފައިވަނީ ޖޫން 12، ގަ އެވެ. އެ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާންކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox