އިންތިހާބު ފަސްކުރަން މީކާއީލްގެ ތާއީދު ނެތްކަން ހާމަކުރައްވައިފި

ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ --- ފޮޓޯ: އިތުބާރު ކެމްޕޭން ޓީމް

ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ --- ފޮޓޯ: އިތުބާރު ކެމްޕޭން ޓީމް

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސް ކުރަން ތާއީދު ނުކުރައްވާ ކަމަށް އެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ މީކާއީލް އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ. 

ޕާޓީގެ އެތެރޭގެ މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެ ޗެއާޕާސަންގެ އިންތިހާބު ފަސްކޮށް، ކޮމިޓީއަކުން ޕާޓީ ހިންގަން ހުށަހެޅުއްވީ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އެވެ. އެގޮތަށް އޭނާ ހުށަހެޅުއްވީ ޕާޓީގެ އެތެރޭގެ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. 

ޗެއާޕާސަންގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ ޖޫން 12، ގަ އެވެ. މީކާއީލްގެ އިތުރުން އެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަ ކުރައްވައެވެ. 

Advertisement

އެކަމާ ބެހޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއީލް ވިދާޅުވީ ޗެއާޕާސަން އިންތިހާބު ލަސްކުރުން ބަލައިނުގަންނަވާ ކަމަށެވެ. އަދި "ވަކި ބަޔަކަށް ފައިދާވާ ގޮތަށް" ޕާޓީގެ އިންތިހާބާ ނުކުޅުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ. 

"ޕާޓީގެ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އަޅުގަނޑު ވެސް އަދި މިޕާޓީގެ އެއްވެސް މެންބަރެއް ވެސް ބަލައިގަންނާނެ ކަމެއް ނޫން. ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ. ވަކި ބަޔަކަށް ފައިދާވާ ގޮތަށް އިންތިހާބާ ނުކުޅުއްވާ، ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ. 

ޣަފޫރު މިރޭ ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީއަށްފަހު ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށެވެ. އެއީ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިމާޔަތްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މެދުނުކަނޑާލައި ކުރިއަށްގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ސީފީ އިންތިހާބާއި ދާއިރާގެ އިންތިހާބާ ބެހޭ ގޮތުން އަޅުގަނޑަށް ފެންނަ ގޮތަކީ ރިޔާސީ ޕްރައިމަރީ އަށްފަހު ބޭއްވުމަށް. މި ދެ އިންތިހާބު މިވަގުތު ބާއްވައި ފިނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތައް ހުރަސްތަކެއް ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު މި ހުށައަޅަނީ ޕާޓީގެ ހިންގުމަށްޓަކައި އިސްފަރާތްތައް ވާހަކަދައްކާ އިންޓަރީމް އެރޭންޖްމަންޓެއް (އަޅުގަނޑު ނުހިމަނާ) ދިއުމަށް. އަދި އެކަން ގައުމީ މަޖްލިސް އަށް ހުށައަޅާ ފާސްކުރުމަށް."

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox