ޔުނިވާސަލް ފައުންޑޭޝަންގެ "ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގްރާމް ކުރިއަށްގެންދަން އެއްބަސްވުން އާކުރުން

"ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގްރާމް ކުރިއަށްގެންދަން އެއްބަސްވުން އާކުރުން

ދަރިވަރުންނަށް ބޭނުންވާ އެންމެ ފަހުގެ މައުލޫމާތާއި ހުނަރުތައް ފޯރުކޮށްދީ، ވަޒީފާގެ މައިދާނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ހުނަރުވެރި ޖީލެއް ބިނާކުރުމަށް ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށްގެންދާ "ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގްރާމް މި އަހަރުވެސް ކުރިއަށް ގެންދަން އެއްބަސްވުން އާކޮށްފި އެވެ.

މި އެއްބަސްވުމުގައި ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު އެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު އެވެ.

އެއްބަސްވުމުގެ ދަށުން މެއި 10، ގެ ނިޔަލަށް ކުރިމަތިލާން ހުޅުވާލީ އޮޕަރޭޝަންސް ދާއިރާއިން ސެޓްފިކެޓް 3 ކޯސް އަދި ކައްކަން ދަސްކޮށްދޭ ކަލިނަރީ ދާއިރާއިން ސެޓްފިކެޓް 3 ކޯހަށް ކަމަށްވާއިރު، ކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 1، ގަ އެވެ. 

Advertisement

މިއީ ތިއަރީ ބައިތަކާއި އަމަލީ ތަމްރީނުތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ތިއަރީ ބައިތައް ވިލާ ކޮލެޖުގައި ކުރިއަށްދާއިރު، ތިން މަސް ދުވަހުގެ އަމަލީ ތަމްރީނުތައް ކުރިއަށްދާނީ ވާސާ ހޮސްޕިޓާލިޓީގެ ދަށުން ހިންގާ ރިސޯޓުތަކުގަ އެވެ. އެއީ ކުރިން ޔުނިވާސަލް ރިސޯޓްސްގެ ނަމުގައި ހިންގި ކުންފުންޏެވެ.

މި ޕްރޮގްރާމްގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ. އަދި އަމަލީ ތަމްރީނު ހޯދާ މުއްދަތުގައި ވާސާ ހޮސްޕިޓާލިޓީގެ ފަރާތުން ކޮންމެ ދަރިވަރަކަށްވެސް އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 200 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފަ އެވެ. އެއީ އޮޕަރޭޝަންސް ދާއިރާއިން ހަތް ބެޗެއް އަދި ކަލިނަރީ ދާއިރާއިން ދެ ބެޗެވެ. 

2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމަށް ޔުނިވާސަލް ފައުންޑޭޝަނުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox