އިގުތިސޯދުގެ ކުރިއެރުން އެއް ޕަސެންޓަށް ވެއްޓޭނެ ކަމަށް އައިއެމްއެފްއިން ލަފާކޮށްފި

ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައ ތިބި ޓޫރިސްޓުންތަކެއް: އިގުތިސޯދުގެ ކުރިއެރުން ހިފެހެއްޓުނީ ޓޫރިޒަމް ހީނަރުވެފައި ވާތީ --- ފޮޓޯ: އަދަދު

ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައ ތިބި ޓޫރިސްޓުންތަކެއް: އިގުތިސޯދުގެ ކުރިއެރުން ހިފެހެއްޓުނީ ޓޫރިޒަމް ހީނަރުވެފައި ވާތީ --- ފޮޓޯ: އަދަދު

އިގުތިސޯދު ހަަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެކުވެސް، ރާއްޖޭގެ އިގުތިސޯދުގެ ކުރިއެރުން އެއް ޕަސެންޓަށް ދަށަށް ދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފި އެވެ. 

އައިއެމްއެފްއިން މިކަން ހާމަކޮށްފައި ވަނީ އެ އިދާރާއިން އަހަރަކު އެއް ފަހަރު ކުރިއަށްގެންދާ "އާޓިކަލް IV ކޮންސަލްޓޭޝަން" ގެ ދަށުން، އައިއެމްއެފްގެ ވަފުދުން މި އަހަރު ކުރި ޒިޔާރަތަށް ފަހު ޝާއިއުކުރި ރިޕޯޓުގަ އެވެ. 

އިގުތިސޯދުގެ ކުރިއެރުން ދަށް ވާނެ ކަމަށް އައިއެމްއެފްއިން ލަފާކުރި މައިގަނޑު ސަބަބަކީ، ބައިނަލްއަގުވާމީ ހަމަނުޖެހުންތަކާއި ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުންނެވެ. އެ ގޮތުން ރާއްޖެއަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި މެދުއިރުމަތީގާއި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ރާއްޖެއަށް ކޮށްފައިވާ އަސަރާއި، ޓޫރިޒަމަށް އައިސްފައިވާ ހީނަރުކަމާއި، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމާ ގުޅިގެން އިމްޕޯޓު ބިލާއި ސަބްސިޑީ ހަރަދު އިތުރުވުމެވެ. 

Advertisement

އައިއެމްއެފްއިން ބުނި ގޮތުގައި ރާއްޖޭގެ އިގުތިސޯދުގެ ވިލުންވެރިކަން ގަދަ ނަމަވެސް ނަމަވެސް، ދައުލަތުގެ ހަރަދުތަކާއި ދަރަނި އަދިވެސް ހުރީ ވަރަށް މަތީގަ އެވެ. މީގެ ސަބަބުން ބޭރުގެ ދަރަނި ނުދެއްކުމުގެ ނުރައްކާ (ޑެޓް ޑިސްޓްރެސް) އަދިވެސް އޮތީ މަތީގަ އެވެ.

މި ގޮންޖެހުންތައް ހުރި ނަމަވެސް، ނިމުނު އަހަރުގެ ތެރޭގައި ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން ލުޔެއް ލިބުނު  ކަމަށް އައިއެމްއެފްއިން ބުންޏެވެ. އޭގެ އިތުރުން، އެކުވެރި ގައުމުތަކުން ލިބުނު އެހީތެރިކަމާއި، ހަނގުރާމައިގެ ލޮޅުމުގެ ކުރިން ޓޫރިޒަމަށް އައި ކުރިއެރުންތަކުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވު އިތުރުވީ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެންމެ ބޮޑު އެއް ކާމިޔާބުގެ ގޮތުގައި އައިއެމްއެފްއިން ފާހަގަކުރީ، ރާއްޖެއިން ދައްކަން ޖެހޭ ދަރަނިތައް ވަގުތަށް ދައްކަމުން ދިޔުމެވެ. 

"ނާޒުކު ހާލަތެއްގައި އޮތް ނަމަވެސް، އިދާރާތަކުން ދަނީ ދަރަނިތައް ދައްކަމުން، މީގެ ތެރޭގައި ސުކޫކާއި ބޮންޑުތަކާއި، ބޭރުގެ ރަސްމީ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް ވަގުތަށް ފައިސާ ދެއްކުން ހިމެނޭ،" އައިއެމެއެފްގައި ވަފުދުގައި އިސްކޮށް ހުންނެވި ޕިޔަޕޯން ސޮޑްސްރިވިބޫން ވިދާޅުވި އެވެ. 

އައިއެމްއެފްއިން ވަނީ، މި އަހަރުގެ ގޮންޖެހުންތަކަށް ފަހު ކުރިއަށް އޮތް އަހަރުތަކުގައި އިގުތިސޯދު ރަނގަޅު ވާނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ. އަދި، އަންނަ އަހަރުގެ ތެރޭގައި އިގުތިސޯދު އަލުން ކުރިއަރަން ފަށާނެ ކަމަށް އައިއެމްއެފްއިން ބުންޏެވެ.

އެ އިދާރާގެ ލަފާކުރުންތަކުން ދައްކާ ގޮތުގައި މެދު ރާސްތާގައި އިގުތިސޯދީ ކުރިއެރުން ހުންނާނީ އެވްރެޖުކޮށް ހަތަރު ޕަސެންޓުގަ އެވެ. 

ކުރު މުއްދަތެއްގެ ތެރޭގައި އިގުތިސޯދުގެ ދުވެލި އަލުން ބާރު ވާނެ ކަމަށް ބުނި ނަމަވެސް އައިއެމްއެފްއިން ވަނީ، އިފުތިސޯދީ ހަމަޖެހުން ހިފެހެއްޓުމަށް ޓަކައި، ފިޔަވަޅުތަކެއް އަޅަން އިލްތިމާސްކޮށްފަ އެވެ.

އޭގެ ތެރޭގައި ސަބްސިޑީ ސިޔާސަތު މުރާޖައާކޮށް، ސަބްސިިޑީ ބޭނުންވާ މީހުންނަށް އެކަނި ލިބޭ ގޮތް ހެދުމާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށްގެން ހަކަތައަށް ކުރާ ހަރަދު ކުޑަކުރުން ހިމެނެ އެވެ. އަދި، ސަރުކާރު ކުންފުނިތަކުން މާލިއްޔަތަށް އޮތް ބުރަ ކުޑަކުރަން ކުންފުނިތަކުގެ އޯވަސައިޓް ރަނގަޅުކޮށް، ހިންގުން ހަރަދުނާކުރަން ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް ޓަކައި އޯޕަން މާކެޓް އޮޕަރޭޝަންތައް ކުރިއަށް ގެންދަން ވެސް ވަނީ ލަފާދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox