ވޯލްޑް ކަޕް ސްކޮޑުން ޖާގަ ނުލިބުނު މެގުއާ ނެޓްފްލިކްސް ޝޯ އަކަށް

Jun 5, 2026, 7:27 AM
ހެރީ މެގުއާ

ހެރީ މެގުއާ

ލަންޑަން (ޖޫން 5) - އަންނަ ހަފްތާގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ނުލިބުނު މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު، ހެރީ މެގުއާ، ވޯލްޑް ކަޕް ދުވަސްވަރުގައި، ނެޓްފްލިކްސް ޝޯ އަކަށް އެރުމަށް އެއްބަަސްވެއްޖެ އެވެ. 

އެ ގޮތުން، އުމުރުން 33 އަހަރުގެ މެގުއާ އެއްބަސްވެފައިވަނީ، ކުރީގެ ތަރި ގެރީ ލިނަކާ، މި ފަހަރުގެ ވޯލްޑް ކަޕަށް ހާއްސަކޮށް ނެޓްފްލިކްސްއާ އެކު އެއްބަަސްވުމެއް ހަދައިގެން ސްޓްރީމްކުރުމަށް ނިންމާފައިވާ "ދި ރެސްޓް އިސް ފުޓްބޯލް" ޝޯގައި ބައިވެރިވުމަށެވެ. އެކަމަކު، މި ޝޯގައި މެގުއާ ބައިވެރިވަނީ، ސްޓޫޑިއޯ އަށް ގޮސްތޯ ނޫނީ ވީޑިއޯގެ ޒަރިއްޔާއިން ކަމެއް އަދި ޔަގީންވެފައިނުވެ އެވެ. 

"ދި ރެސްޓް އިސް ފުޓްބޯލް" ޝޯގައި، ލިނެކާގެ އިތުރުން ބައިވެރިވަނީ، ސީބީއެސްގެ ފުޓްބޯޅަ ކަވަރޭޖްގައި ހަރަކާތްތެރިވާ، މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރު، މައިކާ ރިޗަޑްސް އާއި އިނގިރޭސި ގައުމީ ޓީމާއި ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، އެލަން ޝިއަރާ އެވެ. 

Advertisement

ވޯލްޑް ކަޕް ސްކޮޑުން ޖާގަ ގެއްލުމުން މެގުއާ އަށް ލިބުނީ ޝޮކެއް!

އަންނަ މަހު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން ނެގި ސްކޮޑުގައި އޭނާ ނުހިމެނޭކަން އެނގުމުން ލިބުނީ ޝޮކެއް ކަމަށް މެންޗެސްޓާ ޔުނައިޓެެޑްގެ ޑިފެންޑަރު، ހެރީ މެގުއާ ވަނީ ބުނެފައި.

މެގުއާ އަކީ އިންގްލެންޑުން އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ގިނަ މެޗުތަކެއްގައި ފުރަތަމަ އެގާރައިގައި ކުޅެފައިވާ ކުޅުންތެރިއެކެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވެ އެ ޓީމުން ސީޒަނުގެ ފަހު ބައިގައި ދެއްކި ތަފާތު ރަނގަޅު ކުޅުމުގެ ތެރޭގައި މެގުއާ ވެސް އިސް ރޯލެއް އަދާކޮށްފައިވެ އެވެ. 

އެހެން ނަމަވެސް، އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވެހުރި ޖަރުމަނުގެ ކޯޗު، ތޯމަސް ޓުޗެލް، 26 ކުޅުންތެރިން ހިމެނޭ އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑު އިއުލާނުކުރުމުގެ ކުރިން،  މެގުއާ ނުހިމެނޭކަން، އޭނާ ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ޔަގީންކޮށްދީފަ އެވެ.

އެ ގޮތުން، މެގުއާ ބުނެފައިވަނީ، މި ސީޒަނުގައި  ދެއްކުނު ކުޅުމާ އެކު އޭނާ ހުރީ މި ފަހަރުގެ ވޯލްޑް ކަޕްގައި މުހިންމު ދައުރެއް އަދާކޮށް، އިންގްލެންޑަށް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށެވެ. 

"އެކަމަކު، ލިބުނީ ޝޮކެއް. ވަރަށް ދެރަވެފައި މި ހުރީ މި ނިންމުން އައި ގޮތުން. އަހަރެން ހުރިހާ ކުޅުންތެރިންނަށް ވެސް ކާމިޔާބަށް އެދެން،" އިންގްލެންޑަށް 67 މެޗުުން ހަތް ގޯލު ޖަހާފައިވާ މެގުއާ، އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ވެސް މެގުއާ ވަނީ ވޯލްޑް ކަޕްގައި ކުޅެން ކެތްމަދުވެފައި ހުރި ކަމަށް ބުނެފަ އެވެ. އެކަމަކު، ސްކޮޑުން ފުރުސަތު ލިބޭގޮތް ނުވީ އެވެ. 

އިންގްލެންޑް ސްކޮޑުން މެގުއާ އަށް ޖާގަ ނުލިބޭތީ އޭނާ ޝުއޫރުފާޅުކުރި ގޮތުން ހަައިރާންކަން ލިބުނު ކަމަށް ޓުޗެލް ވަނީ އިންޓަވިއުއެއްގައި ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox