އައްޑޫގައި ވިޔަފާރިތަކަށް ދޫކޮށްފަ ހުރި ބައެއް ބިންތަކުން ކުލި ނުލިބޭތާ ދިހަ އަހަރު ވެއްޖެ

އައްޑޫ ސިޓީ ހިތަދޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުންނަ ސަރަހައްދު ފެންނަ ސެޓެލައިޓް ފޮޓޮއެއް: މި ހޮސްޕިޓަލުގެ ހުޅަނގަށް އަތިރިމައްޗާ ދިމާލުގައި އޮންނަ ޓޫރިޒަމް ޒޯނުގެ ބިންތަކަށް ވެސް ކުލި ނުލިބޭ --- ފޮޓޯ: ގޫގުލް އާތު

އައްޑޫ ސިޓީ ހިތަދޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުންނަ ސަރަހައްދު ފެންނަ ސެޓެލައިޓް ފޮޓޮއެއް: މި ހޮސްޕިޓަލުގެ ހުޅަނގަށް އަތިރިމައްޗާ ދިމާލުގައި އޮންނަ ޓޫރިޒަމް ޒޯނުގެ ބިންތަކަށް ވެސް ކުލި ނުލިބޭ --- ފޮޓޯ: ގޫގުލް އާތު

އައްޑޫ ސިޓީ ކައުންސިލުން ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފަ ހުރި ބައެއް ބިންތަކަށް ކުލި ނުދައްކާ ތަންތަނުގެ ލިސްޓު ހާމަކުރިއިރު، ކުލި ނުލިބޭތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަންތަން ވެސް ހިމެނޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ. 

އޮޑިޓު އޮފީހުން އާންމުކޮށްފައިވާ އައްޑޫ ކައުންސިލުގެ ތިން އަހަރެއްގެ އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކައުންސިލުން ކުއްޔަށް ދޫކޮށްފަ ހުރި ބައެއް ބިންތަކަށް އެއްވެސް ކުއްޔެއް ނުލިބެ އެވެ. އަދި، ބައެއް ތަންތަނުގެ ރެކޯޑުތައް ބަލަހައްޓާފައި ނެތުމުގެ ސަބަބުން ލިބެން ޖެހޭ ކުލީގެ އަދަދު ކަށަވަރު ވެސް ނުކުރެވޭ ކަމަށް ވެސް އޮޑިޓުގައި ބުންޏެވެ. 

އައްޑޫ ކައުންސިލުން ތައްޔާރުކޮށްފައިވާ ލިބެން ޖެހޭ ފައިސާގެ ރެކޯޑުގައިވާ ގޮތުގައި ޑިސެމްބަރު 31، 2024 ގެ ނިޔަލަށް ކުލީ ބިންތަކުން ލިބެން ޖެހޭ ފައިސާގެ އަދަދަކީ 13.9 މިލިއަން ރުފިޔާ އެވެ. އެކަމަކު މިއީ ސައްހަ އަދަދެއް ނޫން ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.

ކައުންސިލުގެ ރެކޯޑުތައް ސައްހަ ނޫން ކަމަށް އޮޑިޓުގައި ކަނޑައެޅީ، ކުއްޔަށް ދޫކޮށްފައިވާ 14 ބިމަކަށް ފައިސާ ދައްކަމުން އަންނަ ގޮތުގެ ރެކޯޑުތައް ނުބަލަހައްޓާތީ އެ ތަންތަނުން ލިބެން ޖެހޭ އަދަދެއް ކަށަވަރު ނުކުރެވޭތީ އާއި ލިބެން ޖެހޭ ބައެއް ފައިސާ ކައުންސިލުގެ ރެކޯޑުތަކުގެ ހިމަނާފަ ނެތުމުންނެވެ. 

ލިބެން ޖެހޭ ނަމަވެސް ކައުންސިލުގެ ރެކޯޑުތަކުގައި ހިމަނާފައި ނުވާ ފައިސާތަކަކީ:

  • ހިތަދޫގައި އައިސް ޕްލާންޓެއް އަޅަން މިފްކޯއަށް ދޫކޮށްފައިވާ ބިމުން ލިބެން ޖެހޭ 3.9 މިލިއަން ރުފިޔާ
  • އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީއަށް ދޫކޮށްފައިވާ ލޯނުން ލިބެން ޖެހޭ ދެ މިލިއަން ރުފިޔާ
  • ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ އަށް ބިމަކުން ލިބެން ޖެހޭ 439,297ރ.

އޮޑިޓުގައި ހުރި އަދަދުތައް އެއްކޮށްލުމުން، އައްޑޫ ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ރެކޯޑު ނުކުރާ އަދަދުގެ ޖުމްލަ 6.4 މިލިއަން ރުފިޔާއަށް އަރަ އެވެ. 

ރެކޯޑުގައި ހިމަނާފައި ހުރި ތަންތަނުގެ ތެރެއިން ކުލި ނުލިބޭތީ ގިނަ ދުވަސްތަކެއް ވެފައިވާ ބިންތަކުގެ އަދަދު 54 އަށް އަރަ އެވެ. ކުލި ނުލިބޭތާ ދުވަސްވެފައިވާ ބިންތަކުގެ ތެރޭގައި ކުލި ނުދައްކާތާ ތިން މަސްވެފައިވާ ބިންތަކުން ފެށިގެން ގޮސް ކުލި ނުލިބޭތާ 11 އަހަރާއި 10 މަސް ވެފައިވާ ބިމެއް ވެސް ހިމެނެ އެވެ.

މި ގޮތަށް ހުރި ތަންތަނުގެ ތެރެއިން ހިތަދޫން ކުއްޔަށް ދޫކޮށްފަ ހުރި އެއް ބިމަށް ލިބެން ޖެހޭ އަދަދު އެއް މިލިއަން ރުފިޔާއަށް އަރާއިރު، ހަމަ އެ ރަށުގައި ހުރި އެހެން ބިމަކަށް ދައްކަން ޖެހޭ އަދަދު ފަސް ލައްކައާ ގާތްކުރެ އެވެ. މި ބިންތަކުން ލިބެން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 7.6 މިލިއަން ރުފިޔާއަށް އަރަ އެވެ. 

ނަމަވެސް، މީގެ 13 ބިމަކަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 986،365ރ. މިދިޔަ އަހަރުގެ ތެރޭގައި ދައްކާފައިވާތީ، އޮޑިޓު ކުރި ތާރީހާ ހަމައަށް (މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް) މިހެން ހުރި ތަންތަނުން ލިބެން ޖެހޭ ޖުމްލަ އަދަދު ވަނީ 6.6 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

ކުލި ނުލިބޭތާ ގިނަ ދުވަސްވެފައިވާ ތަންތަނުން ލިބެން ޖެހޭ ފައިސާ ހޯދަން ކައުންސިލުން ކުރި ކަންތައްތަކުގެ ތެރޭގައި ޖޫރިމަނާ މާފުކޮށްދީގެން ކުލި ހޯދަން މަސައްކަތް ކުރުމާއި ބައެއް މައްސަލަތައް ކޯޓަށް ހުށަހެޅުން ހިމެނެ އެވެ. މިހެން ނަމަވެސް، ދައުލަތުގެ މާލިއްޔަތު ބަޔާންކޮށްފައިވާ އިތުރު ފިޔަވަޅުތައް އެ ފިޔަވަޅުތައް އަޅަން ޖެހޭ މަރުހަލާތަކުގައި އަޅާފައި ނުވާ ކަމަށް އޮޑިޓުން ދައްކަ އެވެ.

ކައުންސިލުގެ ރެކޯޑުތަކާއި އޮޑިިޓަށް ފާހަގަކުރެވުނު އެހެން ފައިސާތައް ހިމަނައިގެން، އައްޑޫ ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ އަދަދު 20 މިލިއަން ރުފިޔާއާ ގާތްކުރެ އެވެ. 

މި ފައިސާތަކުގެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ވަނީ، މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައި އޮންނަ ގޮތަށް އެ މުއްދަތަކުގެ ތެރޭގައި ފިޔަވަޅުތައް އެޅުމަށް ލަފާ ދީފަ އެވެ.

އޭގެ އިތުރުން، މި ފައިސާތައް ގަވާއިދުން ހޯދަން ގަވާއިދާ އެއް ގޮތަށް މަސައްކަތް ނުކުރުމަކީ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ހުއްދަ ނޫން އަމަލެއް ކަމަށް ބެލެވޭތީ، އެ ކަމުގައި ޝާމިލުވާ މީހުންގެ މައްސަލަ ބަލައި، ޒިންމާވާން ޖެހޭ ބަޔަކު ކަނޑައެޅިއްޖެ ނަމަ، އެ މީހުންނަށް ފިޔަވަޅު އަޅަން ވެސް އޮޑިޓުގައި ލަފާ ދީފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox