ޓީޓީއަށް ޑޮލަރު ނުދޭ ވާހަކަ ލިޔުމުން ބޭންކުން މީޑިއާ ކޮމިޝަނަށް
ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓު މެދުކަނޑާލި ކަމަށް ބުނެ "އަދަދު" ނޫހުން ޝާއިއުކުރި ޚަބަރަކާ ގުޅިގެން، ބީއެމްއެލް އިން އެ ނޫހުގެ މައްސަލަ މީޑިއާ ކޮމިޝަނަށް ހުށަހަޅައިފިއެވެ. މި މައްސަލައިގައި ޖަވާބުދާރީވުމަށް ނޫހަށް ހަތް ދުވަހުގެ މުހުލަތެއް ދީފައިވާއިރު، ބޭންކުން ބުނަނީ ޑޮލަރު ސަޕޯޓު މެދުކަނޑާލާފައި ނުވާނެ ކަމަށެވެ.