ބީއެމްއެލްގެ ޑޮލަރު ސަޕޯޓު ކުއްލިއަކަށް ހުއްޓާލައިފި ކަމަށް ބައެއް ވިޔަފާރިތަކުން ބުނެފި

Apr 20, 2026, 7:27 AM
ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފު

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފު

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓު ކުއްލިއަކަށް މެދުކަނޑާލާފައިވާ ކަމަށް ބައެއް ކުންފުނިތަކުން ބުނަން ފަށައިފި އެވެ.

"އަދަދު" ނޫހަށް މައުލޫމާތު ދިން ރާއްޖޭގެ މަޝްހޫރު ބައެއް ވިޔަފާރި ކުންފުނިތަކުން ބުނީ، މި މަހުގެ ނިޔަލަށް ޑޮލަރު ސަޕޯޓު މެދުކަނޑާލާފައިވާ ކަން ބޭންކުން އަންގާފައިވާ ކަމަށެވެ. މީގެ ސަބަބުން މުދާ އެތެރެކުރާ ކުންފުނިތަކަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ އެވެ.

"މިއީ ވަރަށް ބޮޑު ގެއްލުމެއް. އަޅުގަނޑުމެން ދެން ޖެހެނީ މުދާ އެތެރެކުރަން އަގުގެ 100 ޕަސެންޓަށްވާ ޑޮލަރު އަމިއްލައަށް (ކަޅު ބާޒާރުން) ހޯދަން،" ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކުރާ އެއް ކުންފުނީގެ ޑިރެކްޓަރަކު ވިދާޅުވި އެވެ. 

އެހެން ކުންފުންޏެއްގެ އިސްވެރިޔަކު ވިދާޅުވީ ޓީޓީ ހެދުމަށް ދެމުންދިޔަ ޑޮލަރު ސަޕޯޓު ދެވެން ނެތް ކަމަށް ބީއެމްއެލްއިން އެ ކުންފުންޏަށް އެންގި ނަމަވެސް އޭގެ ސަބަބެއް އަންގާފައި ނެތް ކަމަށެވެ.  

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ރަސްމީ ބަހެއް ނުލިބުނެވެ. 

ޑޮލަރު ސަޕޯޓު މެދުކަނޑާލި ކަމަށް ބައެއް ވިޔަފާރިތަކުން ބުނަން ފެށިއިރު، މި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ސްކޫކު އަނބުރާ ހަލާސްކުރުމަށް 524 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އަދި ބީއެމްއެލްއިން ވަނީ ސަރުކާރުގެ 4 ބިލިއަން ރުފިޔާގެ މަޝްރޫއުއަށް ފަންޑުކުރަން ނިންމައި، އޭގެ ތެރޭގައި ބައެއް ޕޭމެންޓު ޑޮލަރުން ދޫކުރި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

ބޭންކުން ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ކަޅު ބާޒާރުން 20ރ. އިން މަތިން ޑޮލަރު ގަންނަން ވިޔަފާރިވެރިންނަށް ވަނީ މަޖުބޫރުވެފަ އެވެ. މިކަމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.


ބޭންކަށް ގެއްލުން ލިބޭ ގޮތަށް ބަޔަކު ދޮގު ފަތުރާ ކަމަށް ބުނެ ކޯޓަށް ދާނެކަމުގެ އިންޒާރު ބީއެމްއެލް އިން ދީފި

ބޭންކުން މިހެން ބުނީ އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިންނާއި ރާއްޖެއިން ބޭރުން މުދާ ގެންނަ މީހުންނަށް ބޭރުގެ ބައެއް ތަންތަނަށް ޓީޓީ ހެދުމުގައި ދަތިތަކެއް އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މީގެ ތިން ހަފުތާ ކުރިން ބައެއް ވިޔަފާރިވެރިންނާއި ރާއްޖެއިން ބޭރުން މުދާ ގެންނަ މީހުންނަށް ބޭރުގެ ބައެއް ތަންތަނަށް ޓީޓީ ހެދުމުގައި ދަތިތަކެއް އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބީއެމްއެލްއާ ސުވާލުކުރުމުން އެކަން ދޮގުކޮށް، އެފަދަ ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޮތީ ދީފަ އެވެ.

ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު އޭރު ވިދާޅުވީ  ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަަކާ ދެކޮޅަށް ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ދައުވާ ކުރާނެ ކަމަށެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox