ދަގަނޑޭ، ގައުމީ ޓީމަށް 100 މެޗު ހަމަކޮށް ފީފާ ސެންޗަރީ ކްލަބަށް، މަރުހަބާ!

Jun 2, 2026, 12:27 AM
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި މިރޭ އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗާ އެކު ގައުމީ ޓީމަށް 100 މެޗު ވަނީ ހަމަވެފައި.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި މިރޭ އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗާ އެކު ގައުމީ ޓީމަށް 100 މެޗު ވަނީ ހަމަވެފައި.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ. އަލީ އަޝްފާގު (ދަގަނޑޭ)، ގައުމީ ފުޓްބޯޅަ ޓީމަށް 100 މެޗު ހަމަކޮށް، ފީފާ ސެންޗަރީ ކްލަބުން ޖާގަ ހޯދައިފި އެވެ. 

އުމުރުން 40 އަަހަރުގެ ދަގަނޑޭ، އަކީ މި ޝަރަފް ހޯދި ރާއްޖޭގެ ދެ ވަނަ ކުޅުންެތެރިޔާ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު، އިމްރާން މުހައްމަދު (އިންމަ) ވަނީ 109 މެޗު ގައުމީ ޖޯޒީގައި ހަމަކޮށް، ފީފާ ސެންޗަރީ ކްލަބްގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. 

ފީފާ ސެންޗަރީ ކްލަބަކީ، ގައުމީ ޓީމުތަކަށް 100 އަށް ވުރެން ގިނަ މެޗު ކުޅެދީގެން ހިމެނޭ ވަރުގަދަ ލިސްޓެކެވެ. އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވެސް ފީފާ ސެންޗަރީ ކްލަބްގެ މެމްބަރުންނެވެ. 

Advertisement

ގައުމީ ޓީމަށް 2003 ވަނަ އަހަރު ކުޅެން ފެށި ދަގަނޑޭ، ގައުމީ ޖޯޒީގައި ކުޅުނު 100 ވަނަ މެޗަކީ މިރޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖޭން އަފްގާނިސްތާނާ ކުޅުނު މެޗެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި އަފްގާނިސްތާން އަތުން 1-0 އިން ރާއްޖެ ބަލިވި މެޗުގައި، ދަގަނޑޭ ކުޅެން އެރީ މެޗުގެ ފަހު ކޮޅުގައި ބަދަލަކަށެވެ. 

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި މިރޭ އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗާ އެކު ގައުމީ ޓީމަށް 100 މެޗު ވަނީ ހަމަވެފައި: މެޗަށް ފަހު ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ދަގަނޑޭ ފޮޓޯ އަކަށް ހުއްޓިގެން.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި މިރޭ އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗާ އެކު ގައުމީ ޓީމަށް 100 މެޗު ވަނީ ހަމަވެފައި: މެޗަށް ފަހު ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ދަގަނޑޭ ފޮޓޯ އަކަށް ހުއްޓިގެން.

މިދިޔަ މާޗް މަހު 31 ވަނަ ދުވަހު ޓިމޯ ލެސްޓޭ އަތުން 2-1 އިން ރާއްޖެ މޮޅުވި މެޗަކީ، ތިން އަހަރަށް ފަހު، ދަގަނޑޭ ގައުމީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ. އަނިޔާގެ މައްސަލަ ތަކުގެ ސަބަބުން މިދިޔަ ތިން އަހަރު ތެރޭ ދަގަނޑޭ ވަނީ ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހިފަ އެވެ. އޭނާގެ އޮތީ ކުޅުމަށް އެނބުރި އައުމަށް މައިގަނޑު އެއް އަމާޒެވެ. އެއީ، ގައުމީ ޓީމަށް 100 މެޗު ހަމަކުރުމެވެ. އެކަން މިރޭ ހާސިލްކުރިއިރު، ގައުމީ ކޯޗަކަށް ހުރީ ދަގަނޑޭގެ ކެރިއަރުގެ ޕީކުގައި އޭނާއާ އެކު މަސައްކަތްކުރި ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީ އެވެ. 

އުރްބާނީ، މީގެ ކުރިން، 2009 އިން 2010 އަށް އަދި 2011 އިން 2013 އަށް ގައުމީ ކޯޗުކަން ކޮށްދިންއިރު، ދަގަނޑޭ ވަނީ ގައުމީ ޖޯޒީގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިރޭ އަފްގާނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުރްބާނީ ވަނީ، ފީފާ ސެންޗަރީ ކްލަބްގައި ހިމެނުމުން ދަގަނޑޭ އަށް މަރުހަބާ ކިޔައިފަ އެވެ. 

އުރްބާނީ ބުނީ މީގެ ފަސް ވަރަކަށް މަސް ކުރިން އޭނާ ރާއްޖޭގެ ގައުމީ ކޯޗުކަމާއި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވާން ރާއްޖެ އައުމާ އެކު، ދަގަނޑޭގެ މެސެޖެއް ލިބުނު ކަމަށެވެ. އަދި، އޭނާއާ ބައްދަލުކުރަން ދަގަނޑޭ އެދުނު ކަމަށް ވެސް އުރްބާނީ ވަނީ ބުނެފަ އެވެ. 

"އަހަންނަށް ނޭނގޭ ސަބަބެއް މި ބައްދަލުކުރަން އެދުނު. އެކަމަކު، އަހަރެން ބުނިން ކޮންމެ ވަގުތަކު ވެސް ރޭގަނޑާއި ދުވާލު ވިޔަސް، ކޮންމެ ވަގުތެއްގައި ވެސް ބައްދަލުކުރެވޭނެއޭ. އެއީ، އަހަރެން އޭނަ އަށް ކުރާ އިހުތިރާމެއްގެ ސަބަބުން.،" ދަގަނޑޭގެ 100 ވަނަ މެޗާ ހަމައަށް އަންނަން މި ފަހުން ކުރި މަސައްކަތަށް އިޝާރާތްކޮށް އުރްބާނީ ބުންޏެވެ. 

އަފްގާނިސްތާން އަތުން މިރޭ ބަލިވުމުގެ މި ބަދުނަސީބު ނަތީޖާގެ ކަންކަމަށް ފަހު، ދަގަނޑޭގެ މި އުފަލުގައި ބައިވެރިވުމަކީ ހިތްހަމަޖެހުމެއް ކަމަށް އުރްބާނީ ވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox