ކުޅުންތެރިއަކު މަދުކޮށް ކުޅެ ބަންގްލަދޭޝް އިން ޕާކިސްތާނާ އެއްވަރުކޮށްފި

Jun 1, 2026, 6:01 PM
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ޕާކިސްތާނާއި ބަންގްލަދޭޝް އިން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ޕާކިސްތާނާއި ބަންގްލަދޭޝް އިން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ރާއްޖޭގައި ފެށި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އިން ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނުއިރު، 0-0 އިން ލަނޑެއް ނުޖެހި، ޕާކިސްތާނާ އެއްވަރުވެއްޖެ އެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝް އިން މެޗުގެ ފަހު 30 ވަރަކަށް މިިނިޓް ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ، އެ ގޮތުން، މެޗުގެ 62 ވަނަ މިނިޓްގައި، ބަންގްލަދޭޝްގެ ކެޕްޓަން، މޮންޖުރޫރް ރަހުމާނަށް ސީދާ ރަތެއް ދެއްކީ ބޯޅަ ނެތިސް ޕާކިސްތާންގެ ކީޕަރު، ޔޫސުފް އިޖާޒް ބަޓް އަށް ހަމަލާ ދިނުމުންނެވެ. 

ގަދަ ހޫނުގައި ފެށި މިއަދުގެ މެޗުގައި ބަންގްލަދޭޝް އިން ވަނީ ޖުމްލަކޮށް ބަލާއިރު ޕާކިސްތާންގެ ތަޖުރިބާކާރު ކުޅުންތެރިން ކައިރިީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވެސް ތަނަވަސްކޮށްފައިވެ އެވެ.

Advertisement

މުބާރާތުގައި އެވްރެޖް 23 އަހަރުގެ ސްކޮޑެއް ގޮވައިގެން ބައްދަލުކުރާ ބަންގްލަދޭޝް އިން ފުރަތަމަ ހާފުގައި ލީޑުނަގަން ތަނަވަސްކުރި އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެ ޓީމުގެ އިފްތިއާރު ހުސެއިން އަށެވެ. އޭނާ އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ޕާކިސްތާން ކީޕަރު ޔޫސުފް ބަޓް ވަނީ މަތަކޮށްފަ އެވެ. އަދި، ބަންގްލަދޭޝްގެ ނަޒްމުލް ހުދާ ފައިސަލް އޭރިއާބޭރުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ. 

ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ ޑިފެންސް ތެރެއިން ބޯޅަ ހިފައިގެން ގޮސް، ޕާކިސްތާންގެ ފޯވާޑް އޯޓީޒް ހާން ގޯލެއް ޖެހޭތޯ ކުރި މަަސައްކަތް ކާމިޔާބެއްނުވި އެވެ. ދެ ވަނަ ހާފުގައި ޕާކިސްތާނުން ގިނަ ކުޅުންތެރިން އެޓޭކަށް ފޮނުވައިގެން ގިނަ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތްކުރި އެވެ.

އެ ގޮތުން، މެޗުގެ 56 ވަނަ މިނިޓްގައި ޕާކިސްތާންގެ އަލަމްގީރް އަލީ ހާން ގާޒީ އޭރިއާބޭރުން  ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި، އޭރިއާތެރެއިން އެ ޓީމުގެ އަލީ ހައިދަރު ޝާހު ފޮނުވާލި ޝޮޓް، ބަންގްލަދޭޝްގެ ކީޕަރު، މެހެދީ ހަސަން ސަރާބޯން ވަނީ މަތަކޮށްފަ އެވެ. ހައިދަރު އާއި އަލަމްގީރަކީ ބަދަލަކަށް މެޗުގައި ކުޅެން އެރި ދެ ކުޅުންތެރިންނެވެ. 

ބަންގްލަދޭޝްގެ މިރާޖުލް އިސްލާމް ކުޅެން އަރައި، އޭރިއާތެރެއިން ފައުލެއް ކުރި ކަމަށް ޕެނަލްޓީއެއް ހޯދަން ކުރި އެޕީލް ކާމިޔާބެއްނުވި އެވެ. އަދި، މި ހާފުގައި ބަންގްލަދޭޝް އިން ވަނީ ގިނަ ބޯޅަތަކެއްގައި ޕެނަލްޓީ ހޯދަން އެޕީލްކޮށްފަ އެވެ. އެކަމަކު، މެޗުގެ ރެފްރީ، ރާއްޖޭގެ މުހައްމަދު ޖާވިޒް ނިންމީ ޕެނަލްޓީއެއް ދޭ ވަރުގެ ފައުލެއް ނުހިނގާ ކަމަށެވެ. 

ހަތަރު ގައުމު ވާދަކުރާ ޑައިމަންޑް ޖުބިލީ މުބާރާތުގެ ދެ ވަނަ މެޗުގައި، މިރޭ 9 ޖަހާއިރު، ރާއްޖޭން ކުޅޭނީ އަފްގާނިސްތާނާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox