ރާއްޖެ ބަލިކޮށް ޑައިމަންޑް ޖުބިލީ މުބާރާތުގެ ފުރަތަމަ މޮޅު އަފްގާނިސްތާނަށް

Jun 1, 2026, 10:58 PM
އަފްގާނިސްތާންގެ ފޯވާޑް ފާޒީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އަފްގާނިސްތާންގެ ފޯވާޑް ފާޒީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފުރަތަމަ މޮޅު އަފްގާނިސްތާނުން ހޯދައިފ އެވެ..

އަފްގާނިސްތާނުން ވަނީ ފުރަތަމަ މެޗުގައި 1-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. މިއީ، ރާއްޖެ އަތުން އަފްގާނިސްތާނަށް ޖެހިޖެހިގެން ލިބުނު ތިން ވަނަ މޮޅެވެ. 

ހަތަރު ގައުމުގެ މެދުގައި ކުޅޭ ޑައިމަންޑް ޖުބިލީ މުބާރާތުގައި މިއަދު ހަވީރު ބަންގްލަދޭޝް އާއި ޕާކިސްތާން ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެެވެ. 

މިރޭގެ މެޗަކީ، 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ތިން ވަނަ ހޮވި މެޗުން އަފްގާނިސްތާން އަތުން މޮޅުވި ފަހުން މި ދެ ޓީމު ރާއްޖޭގައި ކުޅުނު ފުރަތަމަ މެޗެވެ. ޗެލެންޖު ކަޕްގެ އެ މެޗަށް ފަހު، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖާއި 2017 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗަކުން އަފްގާނިސްތާނުން ރާއްޖެ ބަލިކުރި އެެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުގެ ކެޕްޓަން، ބޭންޑް އަޅައިގެން ކުޅުނީ ހަމްޒާ މުހައްމަަދު (ހަމްޕު) އެވެ. ރާއްޖޭގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) އަށް އަނިޔާގެ ސަބަބުން ޑައިމަންޑް ޖުބިލީ މުބާރާތުގައި ނުކުޅެވެ އެވެ. ރާއްޖޭން މި މެޗުގައި، ބޭނުންކުރީ މުޅިން އަލަށް ސެންޓްރަލް ޑިފެންސްގައި ޕެއާއެއް ގޮތަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އަމްދާން އަލީ (އެންޑީ) އާއި ހަސަން އީނާޒް (ބަކާ) ލައިގެންނެވެ. 

ފުރަތަމަ މިނިޓުން ފެށިގެން އަވަސް ކުޅުމެއް ކުޅެގެން، އެޓޭކަށް ބޯޅަ ހިފައިގެން ދާން ރާވާފައި އޮތް އަފްގާނިސްތާނުން ދިޔައީ ރާއްޖޭގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. އެ ގޮތުން، އަފްގާނިސްތާނުން އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައި، މެލޭޝިއާގެ ސެލަންގޯ އަށް ކުޅޭ އޮމިދު މުސާވީ އާއި އިނގިރޭސި ޔޫތު ގައުމީ ޓީމުތަކަށާއި ވަޓްފޯޑް އާއި ބްރެންޓްފޯޑަށް ކުރިން ކުޅުނު އަމީން ނަބީޒާދާ އެވެ. އެ ދެ ކުޅުންތެރިންނަށް ލިބޭ ބޯޅަތަކުގައި ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް ގޯލާ ސީދާކޮށް، ރާއްޖޭގެ ގޯލު ބަަލަހައްޓަމުންދިޔަ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. 

ރާއްޖޭގެ ކެޕްޓަން، ހަމްޕު، އަފްގާނިސްތާން ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދަން މަސައްކަތްކުރި ވަގުތު، އޭރިއާބޭރަށް ނުކުމެ، އަފްގާނިސްތާންގެ ކީޕަރު، ފައިސަލް އަހުމަދު ހަމީދީ ކުރި ފައުލަކަށް އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. އަދި، ކީޕަރު ހަމީދީ އަތުން ގެއްލުނު ބޯޅައެއް އޭރިއާ ރޮނގުމަތިން ކޮންޓްރޯލް ކޮށްލުމަށް ފަހު، ހަމްޕު ޖެހި ޝޮޓް ވަނީ ބްލޮކްވެފަ އެވެ. 

ފުރަތަމަ ހާފުގައި ރާއްޖޭގެ އަހުޒަމް ރަޝީދު (އަހު) އާއި އިބްރާހިމް އައިސަމް ވަނީ އޭރިއާބޭރުން ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ގޮތުން، އަހު ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، އައިސަމް ޖެހި ޝޮޓް އަމާޒުވީ ކީޕަރު ހަމީދީ އަތަށެވެ. 

އަފްގާނިސްތާން ޑިފެންޑަރުން ކައިރިން ބޯޅަ ހިފައިގެން ކުރިއަށް ދެވޭތޯ، ރާއްޖޭގެ ޒުވާން ފޯވާޑް، މުހައްމަދު އިލާން އިމްރާން ގިނަ މަސައްކަތްތަކެއް ކުރިއިރު، ފުރަތަމަ ހާފުގައި އެކަން ބޭނުންވާ ގޮތަށް ކުރެވޭގޮތެއްނުވެ އެވެ. 

ވިއްސާރައިގެ ތެރޭގައި ދެ ވަނަ ހާފުގެ ކުޅުން ފެށިއިރު، އަހުގެ ބަދަލުގައި ރާއްޖޭން ވަނީ އަލީ ފާސިރު (ސެންޓޭ) ކުޅެން އަރުވައިފަ އެވެ. 

ދެ ވަނަ ހާފުގެ ހަތް ވަނަ މިނިޓްގައި ރާއްޖޭގެ އިލާން ވަނީ އޭރިއާބޭރުން ޝޮޓެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ ދިޔައީ އަރިމަތިން ބޭރުންެނެވެ. އޭގެ ފަހުން، ރާއްޖޭގެ އަހުމަދު އައިހަމް (ފަތޯ)، އަފްގާނިސްތާން ޑިފެންޑަރެއް ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. 

މެޗުގެ 60 ވަނަ މިނިޓްގައި އަފްގާނިސްތާންގެ ނަބީޒާދާ ފޮނުވާލި ބޯޅަ ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެެވެ. 

ބަދަލަކަށް ކުޅެން ނުކުތް ރާއްޖޭގެ ނާއިޒު ހަސަން (ދާދު) އާއި ނައްސާހު އިބްރާހިމް ނާސިރުއާ އެކު، އެޓޭކަށް ދާ ބޯޅަ ރާއްޖޭން އަވަހަށް ކުޅެން ފެށި އެވެ. އަދި، މެޗުގެ 67 ވަނަ މިނިޓްގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ބާރު ބޯޅަ ކީޕަރު ހަމީދީ ވަނީ މަތަކޮށްފަ އެވެ.

ރާއްޖޭގެ ފަހަތަށް އައި ބޯޅައެއްގައި މެޗުގެ 80 ވަނަ މިނިޓްގައި އަފްގާނިސްތާނުން ވަނީ މެޗުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ރޯމަން ފާޒީ އެވެ. އޭރިއާތެރެއަށް ނެގި ހުރަހެއް ޑިފެންސްކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ޑިފެންޑަރުން އަތުން ދޫވި ބޯޅަ ލިބުމާ އެކު، ނޯވޭގެ ހަތަރު ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ފާޒީ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. 

އަފްގާނިސްތާނުން ލަނޑު ޖެހުމާ އެކު، ރާއްޖޭން ފަހު ބަދަލަކަށް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އެރުވި އެވެ. 

މުބާރާތުގައި ދެން އެންމެ އަވަހަށް މެޗުތައް އޮތީ ބުރާސްފަތި ދުވަހު އެވެ. އެ ގޮތުން އެ ދުވަހު ހަވީރު 4 ޖަހާއިރު ރާއްޖެ އާއި ޕާކިސްތާންއާ ވާދަކުރާއިރު، އެ ރޭ އަފްގާނިސްތާނުން ކުޅޭނީ ބަންގްލަދޭޝްއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox