ކުޅުންތެރިންގެ މެދުގައި ފައިނަލަށް ދިއުމުގެ ރޫހު އެބައޮތް: އުރްބާނީ

Jun 2, 2026, 9:31 AM
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ، ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ، ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ ގޮތުން ކުޅޭ ޑައިމަންޑް ޖޫބިލީ އިންޓަނޭޝަނަލް މުބާރާތުގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން އަފްގާނިސްތާން އަތުން ބަލިވި ނަމަވެސް، މެޗަށް ފަހު، ރާއްޖޭގެ ގައުމީ ޓީމުގެ މެދުގައި ވާހަކަ ދެކެވުނުއިރު، މުބާރާތުގެ ފައިނަލަށް ދިއުމުގެ ރޫހު ޓީމުތެރޭގައި އޮތްކަން އެނގުނު ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި އެވެ. 

ހަތަރު ގައުމުގެ މެދުގައި ކުޅޭ ޑައިމަންޑް ޖޫބިލީ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝްގެ ޒުވާން ޓީމު ވަނީ ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު ނަމަވެސް، 0-0 އިން ޕާކިސްތާނާ އެއްވަރުވެފަ އެވެ. ރޭ ރާއްޖޭން ކުޅުނު މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް، އަފްގާނިސްތާނުން ޖެހި ގޯލާ އެކު އެ ޓީމު މޮޅުވި އެވެ. ދިހަ ދުވަހަށް ދިގު ދެމިގެންދާ ޑައިމަންޑް ޖުބިލީ މުބާރާތުގެ ފޯމެޓް އޮތްގޮތުން ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް ފައިނަލަށް ދާނެ އެވެ. 

ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރްބާނީ ބުނީ، ފުރަތަމަ މެޗުތަކަށް ބަލާއިރު، ޕާކިސްތާނާ ދެކޮޅަށް ބަންގްލަދޭޝްގެ ޒުވާން ޓީމުން ސާބިތުކޮށްދިނީ އެ ގައުމުގެ ފުޓްބޯޅަ ކުރިއަރަމުންދާ މިންވަރު ކަމަށެވެ. ދެން، ޕާކިސްތާނުން އެ މެޗުގައި އެ ޓީމުގެ ފިޒިކަލީ ވަރުގަދަ ކަމާއި ބައިނަލްއަގުވާމީ ލެވަލްގައި ޔޫރަޕް ހިމެނޭހެން އެކި ގައުމުތަކުގައި ކުޅޭ ކުޅުންތެރިންނާ އެކު ކުރިއަށްދާނެ ގޮތް ކަމަށާއި ހަމަ އެ ގޮތަށް އަފްގާނިސްތާނުން އެއީ ކޮން ލެވަލެއްގައި ކުޅޭނެ ޓީމެއްކަން ދައްކުވައިދިން ކަމަށެވެ. 

ރާއްޖޭން ކުރިއަށްދާނީ މަސައްކަތް ފެށިފައިވާ ގޮތަށް ކަމަށާއި މިއީ ގިނަ މެޗުތަކެއް ކުޅެެގެން ބޭނުންވާ ހިސާބަށް ދެވޭނެ ކަމެއް ކަމަށް އުރްބާނީ ފާހަގަކުރި އެެވެ. އަދި، އަފްގާނިސްތާނާ ދެކޮޅަށް ކުޅުނީ ރާއްޖެ އަށް މޮޅުވެވޭނެ މެޗެއްކަން ވެސް އެނގޭ ކަމަށާއި ލިބުނު ގެއްލުމަކީ ހެދުނު ހަަމައެކަނި ގޯހާ އެކު ކޮޅަށް ގޯލެއް ވަދެ، ނަތީޖާ އިން ބަލިވުން ކަަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

"އެއް ކަމަކީ މެޗުގައި ކުޅެފައި އެ ހުންނަން ޖެހޭ ވަރުބަލިކަން. ދެން، އިމޯޝަނަލީ ބޫސްޓެއް އައުން، އެންމެ މުހިންމު މެސެޖަކީ، އަހަރެެމެން މެޗަށް ފަހު ދަނޑުގެ މެދަށް ދިޔައިރު، ކުޅުންތެރިން ވާހަކަ ދައްކަމުން ދިޔައީ ފައިނަލަށް ދެވޭނެ ގޮތާ މެދު، އެހެންވީމަ، އެކަން އެބަ ބޭނުންވޭ އެންމެން ވެސް،" އުރްބާނީ ބުންޏެވެ. 

އުރްބާނީ ބާކީ މެޗުތަކުގައި ކުޅޭއިރު އެންމެން ބުނާނީ ކުޅެވޭނެ އެންމެ މޮޅަށް ކުޅުމަށް ކަމަށާއި އެކަމަކު، އޭނާ ވިސްނުން ބައްޓަން ކުރަން ބޭނުންވަނީ ކުރަން ޖެހޭ ކަންކަން ކުރަން ފޯކަސް ކުރުމަށް ކަމަށެވެ. އެ ގޮތުން، ރޭގެ މެޗުގައި ވެސް ކުޅެން ބޭނުންވާ ސްޓައިލާއި އައިޑެންޓިޓީގެ ތެރެއިން ކަންކަން ހާސިލްކުރެވުނު ކަމަށާއި އެ ގޮތުން، ޑިފެންޑަރަކަށް ކުޅުނު ހަސަން އީނާޒް ފަދަ ކުޅުންތެރިންނަށް މެޗުތަކުގައި ފުރުސަތު ދީގެން ކުރިއަށްދެވިދާނެކަން ފެނިގެންދިޔަކަން އުރްބާނީ ފާހަަގަކުރި އެވެ. 

"މި ބަލިވި ގޮތް ވަރަށް ހިތްދަތި، ދެން، އެހެން ގޮތަކަށް މި މެޗުން ހާސިލްވި ކަންކަމުގެ ވިސްނުން ބައްޓަންކުރާނަމަ، އަހަރެން ވަރަށް ހިތްހަމަޖެހޭ ކުޅުންތެރިން އެ ކުރި މަސައްކަތް ފެނިފައި. އަހަރެން ބުނިން، ޔަގީންކަމާ އެކު ސީދާ ނަތީޖާއެއް ނެރުމަކީ ވާނެ ކަމެއް ނޫނޭ. އެކަމަކު ޔަގީންކަމާ އެކު ކޮންފިޑެންސް އޮވެގެން ރަނގަޅު ކުޅުމެއް ދައްކައިގެން ކުރިއަށްދެވޭނެއޭ،" އުރްބާނީ ބުންޏެވެ. 

މިދިޔަ މާޗް މަހު އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން މޮޅުވި މެޗުގައި ނެރުނު ޓީމުގެ ފަސް މަގާމަކަށް ބަދަލުތަކެއް ގެނެސްގެން ރޭގެ މެޗުގައި ކުޅެން ޖެހުނުއިރު، އެކުގައި ކުޅެން އާ ޑިފެންޑަަރުންތަކެއް ލައިގެން ވެސް ކުރެވުނު މަސައްކަަތަކީ، މުސްތަގުބަލަށް ބަލާކަމަށްވާނަމަ ފައިދާކުރާނެ ކަމެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox