ނޫސްވެރިކަމުގެ ކަމަރު ބަނދެގެން ނުކުތީ ވަރަށް ކެރިގެން، ފަހަތަށް ނުޖެއްސޭނެ: ޝަހުޒާން

ޝަހުޒާން ކޯޓަށް ހާޒިރުކުރުން

ޝަހުޒާން ކޯޓަށް ހާޒިރުކުރުން

ނޫސްވެރިކަމުގެ ކަމަރު ބަނދެގެން ނޫސްވެރިކަމަށް ނުކުތީ ވަރަށް ކެރިގެން ކަމަށާއި އެކަމުގައި ފަހަތަށް ނުޖެއްސޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރުމުން 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު މިއަދު މިނިވަންވި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބުނެފި އެވެ. 

ޝަހުޒާން ނުހައްގުން ޖަލަށް ލާފައިވަނީ އެ ތުހުމަތުތަކާ ގުޅޭ ސުވާލެއް ކުރުމުން، އެއީ ކޯޓުގެ އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށް ނިންމަ އެވެ. ކޯޓުން އަމުރު ނެރުނީ އާދީއްތަ ދުވަހުގެ ރެ އެވެ. ހޯމަ ދުވަހަކީ މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ދުވަހެވެ.

ޝަހުޒާންގެ ސުވާލުގައި ޑޮކިއުމެންޓްރީގެ ވާހަކަ ގެނެސްފައި ނުވި ނަމަވެސް މުއިއްޒު އަމިއްލައަށް އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް "ހުކުމް" ކުރެއްވި އެވެ. އަދި ޖެހިގެން އައި ދުވަހު އަވަސް ޝަރީއަތެއް ހިންގައި ދިފާއުވުމުގެ ފުރުސަތު ނުދީ އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. 

Advertisement

"އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނޭ، ތިޔަހެން ޖައްސަވާ ވައި ބަޑިއަކުން އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނޭ. ތިޔަ އަދި ދުއްވާލެވުނީ ތެޔޮ ހަމެއް،" މިނިވަންވުމަށް ފަހު ވާހަކަ ދައްކަމުން ޝަހުޒާން މުއިއްޒުއަށް އަމާޒުކޮށް ބުންޏެވެ.

ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ވެސް ކަރެކްޝަނުން މުއިއްޒުގެ އެންގުމަށް ދުއްތުރާ ކުރި ކަމަށް ޝަހުޒާން މިއަދު ކިޔައިދިނެވެ. އެގޮތުން އޭނާ އާއެކު ޖަލަށް 10 ދުވަހަށް ހުކުމް ކުރި އަދަދުގެ ލީވާން އަލީ ނާސިރު އެހެން ގޮޅިއަކަށް ބަދަލުކުރީ ވެސް ސީދާ މުއިއްޒުގެ އެންގުމަސް ކަމަށް ޝަހުޒާން ބުންޏެވެ.
"ދެ މީހުން އެކަހެރިކުރީ ސީދާ އެމަނިކުފާނުގެ އޯޑަރަށް. އޭގެ ފަހުން ކޮންމެ ރެއަކުހެން ޖަލުގެ އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި، މަރުތޭލާއި، ފުއްކަށި ހިފައިގެން ކޮންމެ ރެއަކު އަޅުގަނޑުގެ ގޮޅިއަށް ވަދެ ނިދަން އޮންނަ އަށްޓާއި ފާރުގެ ތަންތަން ސުންނާފަތި ކުރީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން،" ޝަހުޒާން ކިޔައިދިނެވެ. 

މޭ 11 ވަނަ ދުވަހު ދެ ނޫސްވެރިން ޖަލަށް ހުކުމްކުރީ އަވަސް އަރުވާލައިގެން ބޭއްވި ސިއްރު އަޑުއެހުމެއްގައި، ގާނޫނީ ގޮތުން ދިފާއުވުމުގެ ހައްގު ނުދީ އެވެ. ވަކީލަކު އައްޔަނު ކުރުމަށް އެ މީހުންނަށް ދިނީ އެންމެ ދެ ގަޑިއިރެވެ.

ހުކުމް އިއްވުމާ އެކު ދެ މީހުން ވެސް މާފުށީ ޖަލަށް ގެންގޮސް ބޭއްވީ އެއް ގޮޅިއެއްގަ އެވެ. ނަމަވެސް ކުއްލިއަކަށް  15 ވަނަ ދުވަހު ލީވާން އެކަހެރިކޮށް، ބޮޑެތި މަރުތަކުގައި ހިމެނޭ މީހުން ތިބޭ ޔުނިޓުގެ ގޮޅިއަކަށް ބަދަލުކުރި އެވެ.

ޖަލު ހުކުމް ތަންފީޒުކޮށް އަދަދުގެ ދެ ނޫސްވެރިން މިނިވަންވެފައިވާއިރު އަންނަ މަހުގެ ތެރޭގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް ވަނީ ތާވަލުކޮށްފަ އެވެ. 

ސަރުކާރުގެ ޕްރެސް ކޮންފަރެންސްތަކަށް ވަނުން ވެސް އަދަދުގެ ހުރިހާ ނޫސްވެރިންނަށް ވަނީ މަނާކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox