ލީވާން އާއި ޝަހުޒާންގެ ޖަލު ހުކުމާއި ޖޫރިމަނާގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

އަދަދު

އަދަދު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުން ޖަލަށް ހުކުމް ކުރި އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރުގެ ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި އެވެ.

ވަކިވަކިން ހުށަހަޅާފައިވާ ދެ މައްސަލަ އެ ކޯޓުގެ ރަޖިސްޓްރީން މިހާރު ފެނެ އެވެ. ޖަލު ހުކުމުގެ މުއްދަތު ހަމަވުމުން ލީވާން މިނިވަންވެފައިވާއިރު މިއަދަކީ ޝަހުޒާން ޖަލުގައި ހޭދަކުރާ 12 ވަނަ ދުވަހެވެ.

ގާނޫނީ އެހީތެރިކަން ހޯދަން އެކަށީގެންވާ ވަގުތު ނުދީ، އަވަސް އަރުވާލައިގެން ބޭއްވި ޝަރީއަތެއްގައި އެ މީހުންނަށް ހުކުމް ކުރީ އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ނިންމައިގެންނެވެ. 

ލީވާނަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން 10 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެ ކަމަށް ކަނޑައަޅައި، ހުކުމުގެ ބާކީ ބައި ޖޫރިމަނާއެއް ބަދަލުކުރި އެވެ. އެގޮތުން ޖުމްލަ 26،800 ރުފިޔާ 20 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އެންގި އެވެ. 

ޝަހުޒާނަށް ވެސް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން 15 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެކަމަށް ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަށް ބަދަލުކުރި އެވެ. އަދި ޖޫރިމަނާއަށްވާ 25،800 ރުފިޔާ 20 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އެންގި އެވެ.

ލީވާން ކުށްވެރިވީ އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަ ދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ދިވެހި ރައްޔިތުންގެ މައްޗަށް ނެރުނު އަމުރު ރިޕޯޓުކުރުމުންނެވެ. އަދި ޝަހުޒާން ކުށްވެރިވީ ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރުމުންނެވެ. 

ދެ ނޫސްވެރިން އެންމެ ފުރަތަމަ ތިބީ މާފުށީ ޖަލުގެ ޔުނިޓް 12 ގެ ގޮޅިއެއްގައި އެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު ކުއްލި ގޮތަކަށް ލީވާން އެކަހެރިކޮށް ޔުނިޓް 10 ގެ ގޮޅިއަކަށް ބަދަލުކުރި އެވެ. އެ ފިޔަވަޅު އެޅި ސަބަބެއް ކަރެކްޝަންސްއިން ހާމައެއްނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox