ޗެލްސީ ބަލިކޮށް ސިޓީން އެފްއޭ ކަޕް ކާމިޔާބުކޮށްފި

May 16, 2026, 9:38 PM
އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ އާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން: ސިޓީ ކުޅުންތެރިން ތަށި އުފުލާލަނީ.

އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ އާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން: ސިޓީ ކުޅުންތެރިން ތަށި އުފުލާލަނީ.

ލަންޑަން (މެއި 16) - އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީ 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

މިދިޔަ ދެ އަހަރު މުބާރާތުގެ ފައިނަލުގައި ބަލިވި، ސިޓީން މި ފަަަހަރު މި ވަނީ އެ ކްލަބްގެ ތާރީހުގައި އަށް ވަނަ ފަހަރަށް އެފްއޭ ކަޕްގެ ތަށި އުފުލާލައިފަ އެވެ. މިއީ، ސިޓީގެ ކޯޗުކަމާ 2016 ވަަނަ އަހަރު ހަވާލުވި، ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި އެ ޓީމުން ހޯދި 20 ވަނަ ތަށްޓެވެ. 

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީ އަށް ޖަހައިދިނީ ދެ ވަނަ ހާފުގައި އަންޓުއާން ސެމެންޔޯ އެވެ. ޖެނުއަރީ ޓްރާންސްފާގައި ބޯންމައުުތު ދޫކޮށް ސިޓީ އަށް ބަދަލުވި ގާނާގެ ސެމެންޔޯ މި ހިތްގައިމު ލަނޑު ޖެހީ  މެޗުގެ 72 ވަނަ މިނިޓްގައި އާލިން ބްރައުޓް ހާލަންޑް ދިން ބޯޅައަކުންނެވެ. 

ސިޓީން ލީޑުނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޗެލްސީ އަށް އެއްވަރުކޮށްދޭން އެންޒޯ ފެނާންޑޭޒް އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެެވެ.

މެޗުގައި ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން، މަތިއުސް ނޫނޭޒް އާއި ރަޔާން ޗާކީ ފޮނުވާލި ބޯޅަތައް ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ވަނީ މަަތަކޮށްފަ އެވެ.  

ފައިނަލް މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ޖެހި ސެމެންޔޯ: އޭނާ ވަނީ ސިޓީއާ ގުޅުނު ފަހުން މުހިންމު ލަނޑުތަކެއް ޖަހައިފަައި.
ފައިނަލް މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ޖެހި ސެމެންޔޯ: އޭނާ ވަނީ ސިޓީއާ ގުޅުނު ފަހުން މުހިންމު ލަނޑުތަކެއް ޖަހައިފަައި.

ސިޓީން ވަނީ މި ފަހަރުގެ އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެއީ، ފައިނަލުގައި އާސެނަލް ބަލިކޮށްފަ އެވެ. މީގެ އިތުރުން، ސިޓީން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގަށް ވެސް ވާދަކުރަމުންނެވެ. ލީގު ތާވަލުގައި ސިޓީ އޮތީ އާސެނަލް ފަހަތުން ދެ ވަނައިގަ އެވެ. 

މިރޭގެ ފައިނަލާ އެކު، ޗެލްސީން މި ވަނީ އިނގިރޭސި ކަޕް މުބާރާތްތަކުގެ ފައިނަލިުގައި ޖެހިޖެހިގެން ހަަތް ފައިނަލުން ބަލިވެފަ އެވެ. އެއީ، ހަތަރު އެފްއޭ ކަޕް ފައިނަލާއި ތިން ލީގު ކަޕް ފައިނަލެވެ. ޗެލްސީން އެންމެ ފަހުން އެފްއޭ ކަޕެއް ހޯދީ އެންޓޯނިއޯ ކޮންޓޭ، އެ ޓީމަށް ކޯޗުކޮށްދިންއިރު އެވެ. އެއީ، 2018 ވަނަ އަހަރުގެ ފައިނަލުގަ އެވެ.

އެފްއޭ ކަޕް ފައިނަލުން މި ފަހަރު ބަލިވުމުން، އަންނަ ސީޒަނުގެ ޔޫރަޕް މުބާރާތަކުން ޗެލްސީ އަށް ޖާގައެއް ނުލިބުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. އެ ޓީމު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ނުވަ ވަނައިގަ އެވެ. އެއީ، ބާކީ ދެ މެޗު އޮތްއިރު، 36 މެޗުން 49 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox