ހާރިޖީ ގުޅުންތަކުގެ ވާހަކަ ދައްކާއިރު ސަމާލުވާން ޖެހޭ ކަމަށް ސަރުކާރުން ބުނެފިި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން އާންމުކޮށް ވާހަކަ ދެއްކުމުގައި ގައުމީ މަސްލަހަތަަށް އިސްކަންދީ ނުހަނު ބޮޑަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ. 

ސަރުކާރުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ބައެއް ހާރިޖީ ގުޅުންތަކާ ބެެހޭ ވާހަކަތަކެއް ދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ. 

ނަޝީދަކީ ބައިނަލްއަގުވާމީ މަޝްރަހުގައި މަގުބޫލު ލީޑަރެއް ކަމަށްވާއިރު ސަރަހައްދީ ގައުމުތަކާއެކު ވެސް ގާތް ގުޅުންތަކެއް އެމަނިކުފާނު ބާއްްވަ އެވެ. އިންޑިއާއިން އެނބުރި ވަޑައިގެން އެއާޕޯޓުގައި ހުންނަވައި ނަޝީދު ވަނީ ރާއްޖެއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ސަސްޕެންޑުކޮށްފައިވާ މޮރިޝަސް އިން ދިވެހި ސަރުކާރާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ. 

Advertisement

މިއަދު ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ސަބަބުން ބޮޑެތި ނަތީޖާތަކެއް ނުކުތުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން، އެފަދަ ބަޔާންތަކަކީ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ މަޝްވަރާތަކަށާއި، ގައުމީ އެއްބައިވަންތަކަމާއި، ދިވެހިރާއްޖޭގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ބަދަހިކުރުމަށް މަގުފަހިވާ ވާހަކަތަކަށް ވާން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ބައިނަލްއަގުވާމީ ހަމަޖެހުމާ ގުޅުންހުރި ކަންކަމުގައި، އެއްގަލަކަށް އަރާ ޤައުމުތަކާއި ޖަމްޢިއްޔާތަކާއެކު، ހަމަހަމަ އަދި ބިނާކުރަނިވި ގޮތެއްގައި އެއްބާރުލުން ދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މިފަދަ ބަޔާނެއް ސަރުކާރުން ނެރެފައިވާއިރު 2023 ގެ އިންތިހާބު ކާމިޔާބު ކުރަން މުއިއްޒުގެ ސަރުކާރުގައި މިވަގުތު ތިއްބެވި ބޭފުޅުން ކުރެއްވި ކެމްޕޭނަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިޕްލޮމެޓިކް ގުޅުންތަކަށް އެެންމެ ބޮޑަށް އަސަރުކުރި އެއް ކެމްޕޭނެވެ.

ސަރުކާރަށް އައުމަށްފަހު ވެސް ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި ބަޔަކު އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަ ކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް، މިހާރު އަނެއްކާ ވެސް ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވަނީ ރަނގަޅުވެފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox