ކާވާ މުބާރާތުގައި ގައުމީ އަންހެން ޓީމުގެ އަމާޒު ރާއްޖޭގެ ރޭންކިން ރަނގަޅު ކުުރުމަށް

May 19, 2026, 5:46 AM
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ކާވާ މުބާރާތުގެ ތެރެއިން ޖޫޒާން ޓިމުގެ ކެޕްޓަން ހައްވައާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ / އިސްމާއިލް ތޯރިގު (އިއްސެ)

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ކާވާ މުބާރާތުގެ ތެރެއިން ޖޫޒާން ޓިމުގެ ކެޕްޓަން ހައްވައާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ / އިސްމާއިލް ތޯރިގު (އިއްސެ)

އަންނަ ހުކުރު ދުވަހު ނޭޕާލުގައި ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަރުގަދަ ގައުމުތަަކާ ކުޅެން ޖެހޭއިރު، އަމާޒުހުރީ ރާއްޖޭގެ ރޭންކިން ރަނގަޅު ކުރެވޭވަރުގެ ނަތީޖާ އަކަށް މަސައްކަތް ކުރުން ކަމަށް ޓީމުގެ ތަރި، ފާތިމަތު ޖޫޒާން ޒަރީރު ބުނެފި އެވެ. 

މި މަހު 22-29 އަށް ކުރިއަށްދާ ކާވާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތީ ނޭޕާލާއި ކިރްގިސްތާން އަދި އިންޑިއާ އެވެ. ރާއްޖޭން މުބާރާތުގައި ކުޅޭ އެންމެ ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ކިރްގިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަނަ މެޗުގައި 23 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި، 24 ވަނަ ދުވަހު ކުޅެން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާ ދެކޮޅަށެވެ.

މި މުބާރާތުގެ އަނެއް ގްރޫޕްގައި ވާދަކުރާނީ އިރާން، ކަޒަކްސްތާން، ސްރީ ލަންކާ އަދި ބަންގްލަދޭޝް  އެވެ.  

ސޯޝަލް މީޑިއާގައި، ގައުމީ އަންހެން ޓީމުގެ ސެޓަރު، ޖޫޒާން ކުރި ޕޯސްޓެއް ބުނެފައިވަނީ، ކާވާ މުބާރާތުގައި ރާއްޖެ ކުޅެން ޖެހެނީ ރޭންކިންގެ ގޮތުން ބަލާއިރު އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކަމަށެވެ. އެ ގޮތުން، އިރާން، އިންޑިއާ، ކަޒަކްސްތާން އަދި ނޭޕާލް ފަދަ ކާވާގެ އެންމެ މަތީ ލެވަލް ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭ މި މުބާރާތުން އަމާޒުކުރަނީ ހަގީގަތުގައި އޮތް ހާލަތަށް ވިސްނައި، ރަން މެޑަލަށް ނޫން ކަމަށް ޖޫޒާން ފާހަގަކުރި އެވެ. 

"ރާއްޖެ މި އޮތީ މި ފާހަގަކުރި ގައުމުތަކާ އަޅާކިޔާއިރު ރޭންކިންގައި މާ ފަހަތުގައި. އަހަރެމެން މި މުބާރާތުގައި މި ވާދަކުރަނީ ރަނގަޅު ނަތީޖާތަކެއް ނެރުމުގެ އުންމީދާ އެކު ރާއްޖޭގެ ރޭންކިން ރަނގަޅު ކުރުމުގެ އަމާޒާ އެކު،" ޖޫޒާން ބުންޏެވެ. 

"ކޮންމެ މެޗެއްގައި ވެސް އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކަން މަސައްކަތް ކުރާނަން. ސްކޯ ކުރިއަށް ވުރެން ރަނގަޅު ކުރުމާ އެކު، އޭޝިއާގެ ގަަދަ ބާރުތަކާ ދެކޮޅަށް ރަނގަޅު ފައިޓެއް ދިނުން އަޒުމަކީ. ގައުމަށް ރަން މެޑަލް ގެނެސްދޭނެ ކަމުގެ މާ ބޮޑެތި އުންމީދުތަކެއް ދިނުމަށް ވުރެން އަހަރެމެން މަސަްކަތް ކުރާނީ، ގައުމު ފަހުރުވެރިވާވަރުގެ މަސައްކަތްތަކެއް ހިތްވަރާ އެކު މި ޓީމުތަކާ ދެކޮޅަށް ދައްކައި ކުރިއަށްދިއުމަށް" 

ޖޫޒާން ވަނީ ގައުމީ އަންހެން ޓީމަށް ސަޕޯޓަރުން ދެމުން އަންނަ ހިތްވަރަށް ޝުކުރު އަދާކޮށްފަ އެވެ. 

ކާވާ މުބާރާތުގައި މި ފަަަހަރު ވެސް ގައުމީ އަންހެން ޓީމުގެ ކޯޗަކީ، މުހައްމަަދު ނަދީމް (ނަދީމްބެ) އެވެ. ނަދީމްބެގެ އިރުޝާދުގެ ދަށުން، ގައުމީ އަންހެން ވޮލީބޯޅަ ޓީމުން މިދިޔަ އަހަރު ޑިސެމްބަރު މަހު ވަނީ މާލޭގައި ބޭއްވި ކާވާ ވިމެންސް ކަޕްގައި ކުޅެފަ އެވެ. ހަތަރު ގައުމު ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ ބަލިކޮށް ހޯދީ ކިރްގިސްތާން އެވެ. ލީގު ބުރުގައި ރާއްޖޭން ކިރްގިސްތާން ބަލިކުރި ނަމަވެސް ފައިނަލުގައި ބަލިވީ އެވެ. 

ކާވާ މުބާރާތަށްދާ ރާއްޖޭގެ ޓީމުގެ ކެޕްޓަނަކީ، ތަޖުރިބާކާރު ކުޅުންތެރިޔާ، ހައްވާ ރާޝިދާ (ހައްވަ) އެވެ. ދެން ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ، ހައްވާ ނާޒިމާ، އަލްޔާ އަހުމަދު، އަމިނަތު އަރީޝާ (އަރީ)، އައިމިނަތު މާނާ ނާޒިމް، ހައްވާ ސަހާ، އައިމިނަތު ޝަހާ ޝާމިން، ފާތިމަތު ޖޫޒާން ޒަރީރް، ލީމް އަހުމަދު ލަތީފް، މައިހާ އަލީ، މިންނަތު އަހުމަދު، މާސާ ފާރޫގު އަދި މާޔާ ހުސައިން ސޮލާހް އެވެ.

މި ފަަހަރުގެ ކާވާ ވިމެންސް ޗެމްޕިއަންޝިޕްގައި ފުރަތަމަ އޮންނާނީ، ގްރޫޕް ސްޓޭޖެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމަށް ފަހު، ދެން އޮންނާނީ ރޭންކިން ބުރެކެވެ. ކްލަސިފިކޭޝަން ރައުންޑްގެ ނަމުގައި ކުޅޭ މި ބުރުގައި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން 5-8 ވަނަ އަށް ދާ ގައުމުތައް ރޭންކް ކުރެވިގެންދާނެ އެވެ. އެ ބުރުގެ މެޗުތައް އޮންނާނީ، މި މަހުގެ 26 އާއި 27 ވަނަ ދުވަހު އެވެ. އަދި، މުބާރާތުގެ 28 އާއި 29 ވަނަ ދުވަހު އޮންނާނީ ސެމީ ފައިނަލް މެޗުތަކާއި ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox