ކާވާ ވިމެންސް ޗެމްޕިއަންޝިޕް: ރާއްޖެ، ނޭޕާލް، ކިރްގިސްތާން އާއި އިންޑިއާ އެއް ގްރޫޕަކަށް

May 7, 2026, 10:16 AM
މިދިޔަ އަހަރު ބޭއްވި ކާވާ ވިމެންސް ކަޕްގައި ރާއްޖޭން ކުޅުނު މެޗެއްގެ ތެރެއިން.---

މިދިޔަ އަހަރު ބޭއްވި ކާވާ ވިމެންސް ކަޕްގައި ރާއްޖޭން ކުޅުނު މެޗެއްގެ ތެރެއިން.---

މި މަހު ބާއްވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ނޭޕާލާއި ކިރްގިސްތާން އަދި އިންޑިއާއާ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ. 

ނޭޕާލުގެ ކަތުމަންޑޫގައި މި މަހު 22-29 އަށް ކުރިއަށްދާ ކާވާ ވިމެންސް ޗެމްޕިއަންޝިޕްގެ އަނެއް ގްރޫޕްގައި ވާދަކުރާނީ އިރާން، ކަޒަކްސްތާން، ސްރީ ލަންކާ އަދި ބަންގްލަދޭޝް  އެވެ. 

ރާއްޖޭން މުބާރާތުގައި ކުޅޭ އެންމެ ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ކިރްގިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަނަ މެޗުގައި 23 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި، 24 ވަނަ ދުވަހު ކުޅެން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާ ދެކޮޅަށެވެ. 

ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމަށް ފަހު، ދެން އޮންނާނީ ރޭންކިން ބުރެކެވެ. ކްލަސިފިކޭޝަން ރައުންޑްގެ ނަމުގައި ކުޅޭ މި ބުރުގައި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން 5-8 ވަނަ އަށް ދާ ގައުމުތައް ރޭންކް ކުރެވިގެންދާނެ އެވެ. އެ ބުރުގެ މެޗުތައް އޮންނާނީ، މި މަހުގެ 26 އާއި 27 ވަނަ ދުވަހު އެވެ. އަދި، މުބާރާތުގެ 28 އާއި 29 ވަނަ ދުވަހު އޮންނާނީ ސެމީ ފައިނަލް މެޗުތަކާއި ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗެވެ. 

ގައުމީ އަންހެން ވޮލީބޯޅަ ޓީމުން މިދިޔަ އަހަރު ޑިސެމްބަރު މަހު ވަނީ މާލޭގައި ބޭއްވި ކާވާ ވިމެންސް ކަޕްގައި ކުޅެފަ އެވެ. ހަތަރު ގައުމު ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ ބަލިކޮށް ހޯދީ ކިރްގިސްތާން އެވެ. ލީގު ބުރުގައި ރާއްޖޭން ކިރްގިސްތާން ބަލިކުރި ނަމަވެސް ފައިނަލުގައި ބަލިވީ އެވެ. ރާއްޖޭން މުހައްމަދު ނަދީމް (ނަދީމްބެ)ގެ ކޯޗުކަމުގައި ކުޅުނު މި މުބާރާތުގައި ދެން ވާދަކުރި ދެ ގައުމަކީ، އަފްގާނިސްތާން އާއި ބަންގްލަދޭޝް އެވެ. 

މި ފަހަރުގެ ކާވާ ވިމެންސް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭން ވާދަކުރަނީ ނަދީމްބެގެ ކޯޗުކަމުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox