ރަން މެޑަލް ހޯދަން ރާއްޖެ އަށް މި ވަރުގެ ފުރުސަތެއް ދެން ނުލިބޭނެ

Dec 25, 2025, 6:04 AM
ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ނަދީމްްބެ.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ނަދީމްްބެ.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ

ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް ބައިނަލްއަގުވާމީ ފުރަތަމަ ރަން މެޑަލް ހޯދަން މި ފަހަރުގެ ވިމެންސް ކާވާ ކަޕްގައި ލިބިފައި މި އޮތް ވަރުގެ ފުރުސަތެއް ދެން ނުލިބޭނެ ކަމަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) ބުނެފި އެވެ.

މިއީ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ރާއްޖޭން ތިން މުބާރާތެއްގެ ފައިނަލުގައި ވާދަކޮށް، ރިހި މެޑަލް އިން ފުއްދާލަން ޖެހުނުއިރު، މި ފަހަރުގެ މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ދިއުމަކީ ތާރީހީ ރަން މެޑަލެއް ހޯދުމަށް ކުރާ ދަތުރުގައި ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެކެވެ.

ޖުމްލަ އެކު، ހަތަރު ގައުމާ އެކު، މާލޭގައި ކުރިއަށްދާ ކާވާ ވިމެންސް ކަޕްގެ ފައިނަލުގައި މިރޭ ރާއްޖޭން ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ކާވާ ވިމެންސް ޗެލެންޖް ކަޕް ފަައިނަލުގައި 3-2 ސެޓުން ރާއްޖެ ވަނީ ކިރްގިސްތާން އަތުން ބަލިވެފަ އެވެ. އެކަމަކު، މި ފަަހަރުގެ ކާވާ ކަޕްގައި ރާއްޖޭން ވަނީ ލީގު ބުރުގައި 3-1 ސެޓުން ކިރްގިސްތާން އަތުން މޮޅުވެފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނަދީމްބެ ބުނީ، ސެމީ ފައިނަލުގައި ރޭ ސީދާ ތިން ސެޓުން ބަންގްލަދޭޝް އަތުން މޮޅުވި މެޗަށް ފަހު، މުޅި ޓީމުގެ ވިސްނުން މިހާރު އޮތީ މިރޭގެ ފައިނަލަށް ކަމަށެވެ.

"އަޅުގަނޑުމެން މި ބުނެދިނީ، އެ ކުދިންނަށް، 2025 ވަނަ އަހަރުގެ 25، ޑިސެމްބަރުގެ ކާވާ އަންހެން މުބާރާތުގެ ފައިނަލް މެޗެއް ދެން ނާންނާނެއޭ، މި ފުރުސަތެއް ދެން ނުލިބޭނޭ އަޅުގަނޑުމެންނަކަށެއް. މިއަދު ނުކުރި ކަމެއް ދެން ފަހުން ކުރަން ނޯންނާނެއޭ، އެހެންވީމަ އޯލް އައުޓަކަށޭ ދާން ޖެހޭނީ، ހުރި ހުރިހާ އެއްޗެއް، ހުރިހާ ދުވަހަކު ކުރި މަސައްކަތުން މިއަދު ޖެހޭނެއޭ ނެރެން، ހުރިހާ ކުދިން ތިބީ އެ އަޒުމުގައި، އިންޝާﷲ،" ނަދީމްބެ ބުންޏެވެ.

ކޯޗިން ޓީމުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ފުރިހަަމަ އަށް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކިރްގިސްތާން ޓީމާ ގުޅޭ ބޭނުންތެރި ހުރިހާ މައުލޫމާތެއް ކުޅުންތެރިންނަށް ފޯރުކޮށްދެމުން އަންނަ ކަމަށް ނަދީމްބެ ވަނީ ބުނެފަ އެވެ.

"ދެން، މެންޓަލީ، މި ދުވަހެއް ދެން ނާންނޭނެއޭ، މި ފައިނަލް މެޗެއް ދެން ނާންނާނެއޭ، އަޅުގަނޑުމެންނަކަށް ރާއްޖެ އަކަށް ދެން ނުލިބޭނެއޭ،" ފައިނަލް މެޗުގެ މުހިންމުކަން ހިއްސާކުރަމުން ނަދީމްބެ ބުންޏެވެ.

މިދިޔަ އޮކްޓޫބަރު މަހު، ގައުމީ އަންހެން ވޮލީ ޓީމާ ހަވާލުވެ، މި ފަހަރުގެ މުބާރާތުގެ ކުރިން ތައިލެންޑުގައި ކޭމްޕްކޮށް ނަދީމްބެ އަންނަނީ އެސިސްޓަންޓް ކޯޗު، ފަތުހުﷲ ވަހީދު (ފައްލޯ)އާ އެކު، ޖުމްލަ މުޅި މެނޭޖްމަންޓް ހިމެނޭހެން މި މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި މަސައްކަތް ކުރަމުންނެެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ބައިނަލްއަގުވާމީ ގިނަ ވޮލީބޯޅަ މުބާރާތްތަކެއް ބާއްވަމުން އަންނައިރު، މިއީ، އަންހެން ވޮލީ ޓީމުން ރާއްޖޭގައި ކުޅޭނެ ތިން ވަނަ ފައިނަލެވެ. އެހެން ފަހަރުތަކާ އަޅާކިޔާއިރު، މި ފަހަރު ޓީމުގެ ރޫހު ވަރަށް ރަނގަޅެވެ. ނަދީމްބެ ބުނީ، ޖުމްލަކޮށް މުޅި ޓީމުގެ މޮޓިވޭޝަން ވަރަށް ރަނގަޅު ކަމަށެވެ.

"އިންޝާﷲ މި ދަތުރަށް ފެށިއިރުއްސުރެން ސްޓެޕް ބައި ސްޓެޕް އަޅުގަނޑުމެން ވަރަށް ބައިވަރު ކަންތައްތަކަށް އެޑްރެސް ކުރަމުން މި އައީ، ކުޅުންތެރިންގެ ސްޕޯޓްސް ޑިސިޕްލިން އާއި މަސައްކަތުުގެ ރޭޓް، ދެން، ރޫހު، މޯޓިވޭޝަން ވަރަށް ބޮޑު ބަދަލެއް އައިކަން ފާހަގަކުރެވޭ، އޭގެ ސަބަބުން ކުޅުމަށް ވަރަށް އެދެވޭ އަސަރު ކުރޭ،" ނަދީމްބެ ބުންޏެވެ.

ރާއްޖޭގެ އަންހެން ވޮލީ ޓީމުގައި މީގެ ކުރިން، ރަނގަޅުކުރަން ޖެހިފައި އޮތް އެންމެ ބޮޑު ކަމަކީ، ޑިފެންސް އެވެ. ނަދީމްބެ ބުނީ، މި ފަހަރުގެ މުބާރާތުގައި އެ ބަޔަށް ވިސްނައިގެން، ތަކުރާރުކޮށް ޑިފެންސް ކުރަން ޖެހުނަސް ކުޅުންތެރިން އެއް ރޫހެއްގައި ތިބެ އެ ކުރާ މަސައްކަތް ވަރަށް މުހިންމު ކަމަށެވެ. މުޅި ސްކޮޑަށް ބަލާއިރު ވެސް ހުރިހާ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓު ފެންނަނީ ވަރަށް ރަނގަޅަށް ކަމަށް ނަދީމްބެ ފާހަގަކުރި އެވެ.

ވިމެންސް ކާވާ ކަޕްގައި ރާއްޖޭން ކުޅުނު ހަތަރު މެޗުގައި ގެއްލުނީ އެންމެ ސެޓެކެވެ. ނަދީމްބެ ބުނީ، ހުރިހާ މެޗަކަށް ބަލާއިރު ދަށްކޮށް ކުޅެވުނު މެޗެއް ނެތް ކަމަށާއި އެއީ ވެސް ކުރިއަށްދިއުމުގައި ހިތްވަރެއް ކަމަށެވެ.

"އެކަމަކު، ކޮންމެ ވެސް ވަރަކަށް ވޭރީވެލާފައި އެބަހުރި، އެކަމަކު ވެސް އޯވައޯލްކޮށް ހުރިހާ މެޗެއްގައި ވެސް ހުރިހާ ކުދިންގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ޕޮޒިޓިވް ވަރަށް އުންމީދީ ކުުޅުމެއް އިރާދަކުރެއްވިއްޔާ. ރޭގައި މި ޓްރައިކުރީ ހުރިހާ ކުދިންނަށް ފުރުސަތު ދޭން، އޭގައި ވެސް، އެރި ހުރިހާ ކުޅުންތެރިންގެ ފަރާތުން ވަރަށް އުންމީދީ ކުޅުމެއް ފެނިގެންދިޔައީ އިންޝާﷲ،" ނަދީމްބެ ބުންޏެވެ.

ގައުމީ ޓީމުތަކުން ހޯދަމުން އަންނަ ކާމިޔާބީގައި އެންމެ އިސް ދައުރެއް އަބަދުވެސް އަދާކުރާ އެއް ބަޔަކީ ސަޕޯޓަރުންނެވެ. ރާއްޖޭގެ ކޮންމެ ކުޅިވަރެއްގައި ވެސް ސަޕޯޓަރުން ދޭ ހިތްވަރު ކުޅުންތެރިން އަބަދުވެސް ފާހަގަކުރެ އެވެ. ވިމެންސް ކާވާ ކަޕްގައި މިހާތަނަށް ރާއްޖޭން ކުޅުނު ހުރިހާ މެޗެއްގައި ވެސް އެ ތަރުހީބު ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ދިޔައީ ފެންނަމުންނެވެ.

"މާޝާﷲ، މި ހަމަ އާދަޔާހިލާފު ބައެއް ސަޕޯޓަރުންނަކީ، އަޅުގަނޑުމެންގެ ހަތް ވަނަ ކުޅުންތެރިޔާ، ކޯޓުގައި ނެތަސް ވެސް، ކުޅުންތެރިންގެ އެ ހިތްވަރާއި ރޫހު އާވެގެން އެ ދަނީ، ސަޕޯޓަރުން އެ ދޭ ސަޕޯޓުން، އުންމީދުކުރަނީ ވެސް ހަމަ ޔަގީންކުރަނީ، ރަތް ކުލައިގައި ހުރިހާ ސަޕޯޓަރުން ތިބެގެން، އަޅުގަނޑުމެންގެ ކުދިންނަށް ހިތްވަރު ދެއްވައި، މި ފަހުރުވެރި، ޝަރަފްވެރި، ތަށި، މެޑަލް، އިންޝާﷲ ރާއްޖޭގައި ބެހެއްޓޭނެ ގޮތަކަށް މަސައްކަތް ކުރަން، ހުރިހާ އެންމެން ރާއްޖޭގެ ރައްޔިތުން ހިނގާށޭ، ކުޅުންތެރިން ތިބީ އެ ރޫހުގައި، އެ އަޒުމުގައި، ﷲ އިރާދަކުރެއްވިއްޔާ މި ފަހަރު އެކަން ވާނެ،" ސަޕޯޓަރުންނަށް ދޭ މެސެޖެއްގެ ގޮތުގައި ނަދީމްބެ ބުންޏެވެ.

ކިރްގިސްތާނާއި ރާއްޖޭން ވިމެންސް ކާވާ ކަޕްގައި ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:40 ގަ އެވެ. މިއަދު ހަވީރު މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ބަންގްލަދޭޝް އާއި އަފްގާނިސްތާނުން ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox