އެސޯސިއޭޝަން ޗެމްޕިއަންޝިޕް ރިވައިވަލް ސްޕޯޓްސް އަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބު

އެސޯސިއޭޝަން ކަޕްގައި ވާދަކުރި ރިވައިވަލް ސްޕޯޓްސްގެ ސްކޮޑުގެ ގިނަ ކުޅުންތެރިންނާއި އޮފިޝަލުން.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

އެސޯސިއޭޝަން ކަޕްގައި ވާދަކުރި ރިވައިވަލް ސްޕޯޓްސްގެ ސްކޮޑުގެ ގިނަ ކުޅުންތެރިންނާއި އޮފިޝަލުން.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ތިން އަހަރެއްހާ ދުވަހުގެ ބޮޑު މެދުކެނޑުމަކަށް ފަހު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް  (ބީއޭއެމް) އިން ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފުރަތަމަ. މުބާރާތް، ބީއޭއެމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް، ހުރިހާ ގޮތަކުން ވެސް ރިވައިވަލް ސްޕޯޓްސް އަށް ކާމިޔާބު ކަމަށް އެ ޓީމުގެ ކޯޗު، ނަޝްފާން މުހައްމަދު ބުނެފި އެވެ.

ރާއްޖާގައި އެންމެ ޕްރޮފެޝަނަލްކޮށް ހިންގާ ބެޑްމިންޓަން ކްލަބް، ރިވައިވަލް އިން ވަނީ އެސޯސިއޭޝަން ކަޕްގެ އުމުރުފުރާ ޑިވިޝަނުގައި، ޖުމްލަ އެކު، 20 މެޑަލް ހޯދައިފަ އެވެ. އޭގައި ހިމެނެނީ، ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީން ހޯދި ފަސް ރަން މެޑަލް، ތިން ރިހި މެޑަލް އަދި ހަ ލޯ މެޑަލްގެ އިތުރުން، ރިވައިވަލް ސްޕޯޓްސް އޭދަފުށިން  ހޯދި އެއް ރަން މެޑަލް، ތިން ރިހި މެޑަލް އަދި ދެ ލޯ މެޑަލް އެވެ. 

އޯޕަން ކެޓަގަރީގެ އިވެންޓްތަކުން، ރިވައިވަލް ސްޕޯޓްސް އިން 11 މެޑަލް ހޯދި އެވެ. އެއީ، ހަތަރު ރަން މެޑަލް، ހަތަރު ރިހި މެޑަލް އަދި ތިން ލޯ މެޑަލް އެވެ. 

"ޖުމްލަކޮށް ބަލާއިރު ވަރަށް ކާމިޔާބު މުބާރާތެއް މިއީ. ޓާގެޓް ކަނޑައެޅި ހުރިހާ އިވެންޓަކުން، އިރާދަކުރެއްވީތީ، މި ނަތީޖާ ލިބިގެން މިދިޔައީ، ގޯލްޑް މެޑަލް ލިބިގެން މިދިޔައީ. އަޅުގަނޑުމެން ހަމަ، ހުއްޓުމެއް ނެތި ޕްރެކްޓިސް ކުރަމުން މިއައީ، އެހާ ދުވަހެއް ކޮށްފައި ބެޑްމިންޓަން އެސޯސިއޭޝަނުން މުބާރާތެއް ކުޅެލުމުގެ ޗާންސް ލިބޭނެ ކަމަށް ބަލަބަލައި ތިއްބައި ލިބުނު ޗާންސްގެ ފުރިހަަމަ ބޭނުން މިފަހަރު އިރާދަކުރެއްވިއްޔާ ހިފިއްޖެ،" އެސޯސިއޭޝަންގެ ކަޕްގެ ނިންމުމުގެ ރަސްމިއްޔާތަަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނަޝްފާން ބުންޏެވެ. 

ރިވައިވަލް ސްޕޯޓްސް އެކެޑަމީ އާއި ރިވައިވަލް ސްޕޯޓްސް އޭދަފުށިން ހޯދި ކާމިޔާބީގެ ހާއްސަކަން ނަޝްފާން ފާހަގަކުރި އެވެ. 

"ވަރަށް ރަނގަޅު ކަންނޭނގެ ނަތީޖާ، ފެނިގެން ހިނގައްޖެ ކަންނޭނގެ އިވެންޓްތަކުގެ ފައިނަލް ކުޅެ، ހަމަ ޗެމްޕިއަންކަން ވެސް ލިބިގެން މިދިޔައީ، ކުރިމަގު މިއޮތީ ވަރަށް އުޖާލާކޮށް މި ފެންނަނީ،" ނަޝްފާން ބުންޏެވެ. 

ރިވައިވަލް ސްޕޯޓްސް އަކީ އަަހަރުން އަހަރަށް ޕްލޭން ހަދައިގެން ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކޮށް، ގައުމަށް ރަން ވަނަ ހޯދައިދޭ ގިނަ އެތުލީޓުން ތިބި ކްލަބެކެވެ. އެ ގޮތުން، ނަޝްފާން ދެކޭ ގޮތުގައި ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކަށް އެސޯސިއޭޝަން ކަޕުން ލިބުނު ކާމިޔާބީގެ ކޮންފިޑެންސް ބޭނުންކުރެވޭނެ އެވެ. 

"އިރާދަކުރެއްވިއްޔާ، މި އަންނަ މަހު (ޖޫން މަހު) މި ދަނީ ޔޫރަޕްގެ ތިން މުބާރާތް ކުޅެން. އެ އަށް ލިބުނު ބޫސްޓެއް ކަންނޭނގެ، މި. މުބާރާތް މީގެ ތެރެއަށް އައުން ވެސް. އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް މުބާރާތް ވެސް ބައިވަރު އެބަހުރި. ލޯކަލް މުބާރާތް ވެސް އެބަހުރި. ދެން، އެންމެ އަވަހަށް ލޯކަލް މުބާރާތަަކަށް ގައުމީ، މާލޭގައި އޮންނާނީ ބޮޑު މުބާރާތަކަށް އެ އަށް ޕްލޭންތައް ރެޑީގައި މި ތިބީ ހަމަ،" ނަޝްފާން ބުންޏެވެ. 

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ކެޓަގަރީގެ ފަސް އިވެންޓްގެ ފައިނަލުގައި ވެސް ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ވާދަކުރި އެވެ. ރަން މެޑަލް ނުލިބި ދިޔައީ އެންމެ އިވެންޓަކުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox