ނަބާ ދެކޭގޮތުގައި އާ ސްކޯރިން ސިސްޓަމުން ބޮޑު ބަދަލުތަކެއް އަންނާނެ

May 14, 2026, 7:08 AM
ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަން ނަބާ: އޭނާ ވަނީ އާ ސްކޯރިން ސިސްޓަމުގެ ސަބަބުން ބަދަލު އަންނާނެ ކަމަށް ބުނެފައި.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަން ނަބާ: އޭނާ ވަނީ އާ ސްކޯރިން ސިސްޓަމުގެ ސަބަބުން ބަދަލު އަންނާނެ ކަމަށް ބުނެފައި.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ބެޑްމިންޓަންގެ ސެޓުތައް ކުޅޭ ސްކޯރިން ސިސްޓަމް، 15 ޕޮއިންޓަށް ބަދަލުކުރަން، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މެމްބަރުން ފާސްކުރި ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ރަސްމީކޮށް ކުޅުނު ފުރަތަަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ޗެމްޕިއަންޝިޕުން ވެސް މީގެއިން އަންނާނެ ބަދަލުތައް އެނގިގެން ގޮސްފި ކަމަށް ސިންގަލްސްގެ އަންހެން ޗެމްޕިއަންކަން ހޯދި، ފާތިމަތު ނަބާހާ (ނަބާ) ބުނެފި އެވެ. 

ނަބާ ވަނީ މި ފަަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، އަންހެން ޑަަބަލްސްގެ ތަށި ވެސް ހޯދައިފަ އެވެ. އެކަމަކު، މިކްސް ޑަބަލްސް ފައިނަލުގައި ވަނީ ބަލިވެފަ އެވެ.  

"ނަބާ ޓާގެޓްކުރީ ތިން ގޯލްޑަށް، އެކަމަކު ކަން ދިމާކުރި ގޮތުން ތިން ގޯލްޑެއް ނުލިބުނު. އެކަމަކު ވެސް ވަރަށް ހިތްހަމަޖެހޭ ތިން އަހަރު ފަހުން ބޭއްވި ލޯކަލް މުބާރާތުގައި މި ރިޒަލްޓް ވެސް ލިބުނީތީ،" މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ނަބާ ބުންޏެވެ. 

ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ސިންގަލްސް ތަށި ޒަޔާނާއި ނަބާ އަށް، މިކްސް ޑަބަލްސް ޗެމްޕިއަންކަން ނިބާލާއި ނަބީ އަށް

މިއަދު ނިމުނު ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން، ރިވައިވަލް ސްޕޯޓްސް ކްލަަބްގެ ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ) ހޯދިއިރު، މިކްސް ޑަބަލްސް ޗެމްޕިއަންކަން، އައިމިނަތު ނަބީހާ އާއި ނިބާލް އަހުމަދު ވަނީ ހޯދައިފައި.

ބެޑްމިންޓަންގެ ސްކޯރިން ސިސްޓަމް، ސެޓެއް 15 ޕޮއިންޓަށް ބަދަލުކުރަން، ބީޑަބްލިއުއެފްގެ މެމްބަރުން ފާސްކުރި ގަވާއިދާ އެއްގޮތަށް  ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ރަސްމީކޮށް، މި ގަވާއިދަށް އަމަލުކުރަން ފަށަނީ އަންނަ އަހަރު ޖެނުއަރީ ހަތަރަކުން ފެށިގެންނެވެ. އެކަމަކު، ރާއްޖޭން އޭގެ ހަތް މަސް ކުރިން މި ވަނީ އެ ގަވާއިދާ އެއްގޮތަށް މުބާރާތްތަކުގައި މަސައްކަތް ކުރަން ފަށައިފަ އެވެ. 

"ނަބާ ބުނާނީ އަސްލު ރަނގަޅޭ، އަހަރެމެން އާންމުކޮށް ކުޅޭ މީހުންނާ އެއްކޮށް މި ސްކޯރިން ސިސްޓަމްގައި ކުޅެލީމަ، އިނގޭ މީހުންނާ އެކު ކުޅުނީމަ ވެސް އެނގޭ ވަރަށް ބޮޑު ތަފާތެއް އެބަ އާދޭކަން 15 ޕޮއިންޓަށް ކުުޅުނީމަ، އެހެންޏާމުން ގޭމް އަނބުރާ ގޮތާއި ސްޓްރެޓިޖީސްއާ އެއްޗެހި ބަދަލުވެ، މީހާ ލާންޖެހޭ އެފަޓާ އެއްޗެހި ވެސް ބަދަލުވެފައި މި އޮތީ، އަސްލު ތެދަށް ބުނަންޏާ ވަރަށް ބޮޑު ޑިފަރަންސެއް އާދޭ،" ނަބާ ބުންޏެވެ. 

"ދެން، ނަބާ އާއި ނަބީ އަށް (ސިންގަލްސްގެ) ފައިނަލާ ހަމައަށް އައިއިރު ވެސް އެހާ ބޮޑު ކޮމްޕެޓިޝަނަކާ އެއްކޮށެއް ނޫން އައީ، އެހެންވެ، އޭތި އެކްސްޕީރިއަންސް ކޮށްލަން އެހާ ބޮޑަށް ނުއެއް ލިބުނު އެކަމަކު، ފައިނަލުގައި މިކްސް ޑަބަލްސް އާއި ސިންގަލްސްއާ ކުޅުނުއިރު، އެ އިންނަ ތަފާތު ހަމަ ފީލްވޭ،" 

ގައުމީ ބެޑްމިންޓަން ޓީމާއި ރިވައިވަލް ސްޕޯޓްސް އަށް ކުޅެމުން އަންނަ ނަބާ އަކީ ބައިނަލްއަގުވާމީީ ލެވަލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެެކެވެ. ރިވައިވަލް އިން މިހާރު ތައްޔާރުވަނީ، އަންނަ މަހު އޮތް ޔޫރަޕް ޓުއާ އަށެވެ. 

"ދެން، ނަބާ މެން ޕްލޭނަކަށް އިނީ ޖޫންގައި އޮތް ޔޫރަޕް ޓުއާ، އަދި  އަލަށް މި ދަނީ ޔޫރަޕްގެ އެ ހިސާބުގަނޑުގައި، ޔޫރަޕްގެ ކުޅުންތެރިންނާ އެކު ކުޅެލަން ފުރުސަތު މި ލިބެނީ އަލަށް. ދެން، ބެޑްމިންޓަނަކީ އެކި ހިސާބުތަކުގެ މީހުން އެކި ވަރަށް، ތަފާތު ގޮތްގޮތަށް ކުޅޭ ބައެއް އެހެންވީމަ ޔޫރަޕްގެ ބަޔަކާ އެކު ކުޅެލާފައި އެ މީހުން ކުޅޭ ގޮތާއި އެ މީހުންނާ އެކު ކުޅެގެން އެ އެކްސްޕީރިއަންސް ލިބޭތީ ހިތްހަމަޖެހޭ އަސްލު،" ނަބާ ބުންޏެވެ. 

މިދިޔަ ފެބްރުއަރީ މަހު ރިވައިވަލް އިން ވަނީ އަޒަރުބައިޖާންގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޗެލެންޖު މުބާރާތުގައި ކުޅެފަ އެވެ.  މިދިޔަ އަހަރުގެ މެއި މަހު ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުން، އެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، މިދިޔަ އަހަރުގެ ޖޫން މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުން ރިވައިވަލް ސްޕޯޓްސް ކުޅުންތެރިން ބާކީކުރި އެވެ. އެ ގޮތަށް ބީޑަބްލިއުއެފް އިން ނިންމިއިރު، ރިވައިވަލްގެ ކުޅުންތެރިން ވަނީ ޗެކް ރިޕަބްލިކާއި އިޓަލީ މުބާރާތްތަކުން އެންޓްްރީ ވެސް ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox