ބާސެލޯނާ އަށް ފުރިހަމަ ރެކޯޑެއް، ރެއާލަށް މޮޅެއް

May 18, 2026, 5:34 AM
ރޭގެ މެޗުގައި ބެޓިސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރަފީނިއާ އުފާފާޅުކުރަނީ.

ރޭގެ މެޗުގައި ބެޓިސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރަފީނިއާ އުފާފާޅުކުރަނީ.

ބާސެލޯނާ (މެއި 18) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އަތުން 3-1 އިން މޮޅުވެ، ބާސެލޯނާ އިން ފުރިހަަމަ ރެކޯޑެއް ހާސިލްކުރިއިރު، ރެއާލް މެޑްރިޑުން 1-0 އިން ސެވިއްޔާ އަތުން މޮޅެއް ހޯދައިފި އެވެ. 

ބާސެލޯނާ އަކީ ސްޕެނިޝް ލީގުގެ ތާރީހުގައި، 38 މެޗު ކުޅޭ ލީގު ސީޒަނެއްގައި އަމިއްލަ ދަނޑުގައި ކުޅުނު 19 މެޗުން ވެސް މޮޅުވި ފުރަަތަމަ ޓީމެވެ. މީގެ އިތުރުން، އަމިއްލަ ދަނޑުގައި ފުރިހަމަަ ރެކޯޑަކާ އެކު. ލީގު ޗެމްޕިއަންކަން ހޯދި 11 ވަނަ ޓީމެވެ. ރެއާލް މެޑްރިޑުން 1985/1986 ސީޒަނުގައި އަމިއްލަ ދަނޑުގައި 17 މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދި އެވެ. ބާސެލޯނާ އިން އަމިއްލަ ދަނޑުގައި 15 މެޗުން މޮޅުވެ، ފުރިހަަމަ ރެކޯޑަކާ އެކު ލީގު ހޯދީ 1959/1960 ވަނަ ސީޒަނުގަ އެވެ. 

ލީގު ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ފުރިހަމަ ރެކޯޑަކާ އެކު ލީގު ނިންމާލާއިރު، އެ ޓީމުން ވަނީ 37 މެޗުން 94 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 37 މެޗުން ލިބިފައިވަނީ 83 ޕޮއިންޓެވެ. 

ލީގުގެ ތިން ވަނައިގައި އޮތް ވިޔަރެއާލުން. ރޭ ރަޔޯ ވަޔެކާނޯ އަތުން 2-0 އިން ބަލިވިއިރު، ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވަނީ 1-0 އިން ޖިރޯނާގެ މައްޗަށް ކުރިހޯދައިފަ އެވެ. ލީގުގެ ފަހު މެޗާ ކުރިމަތިލާއިރު، ވިޔަރެއާލާއި އެތުލެޓިކޯ އަށް ވެސް 37 މެޗުން ލިބިފައި އޮތީ 69 ޕޮއިންޓެވެ. ވިޔަރެއާލަށް ކުރި ލިބެނީ ފައިދާ ގޯލު އެއްވަރުވެފައިވާތީވެ، ޖެހި ގޯލުންނެވެ. 

ބާސެލޯނާ އަށް ރޭގެ މެޗުގެ 28 ވަަނަ މިނިޓްގައި ރަފީނިއާ ޖަހައިދިން ގޯލުން ލީޑުނެގިއިރު، ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހީ ވެސް ރަފީނިއާ އެވެ. އެކަމަކު، އޭގެ ނުވަ މިނިޓް ފަހުން، 69 ވަނަ މިނިޓްގައި އިސްކޯ ވަނީ ޕެނަލްޓީ އަކުން ބެޓިސްގެ ލަނޑު ޖަހައި، ފަރަގުކުޑަކޮށްފަ އެވެ. މިއީ، އިސްކޯ އަށް ބާސެލޯނާގެ ގަވީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. 

މެޗުގެ ތިންް ޕޮއިންޓް ބާސެލޯނާ އިން ޔަގީންކުރީ 74 ވަނަ މިނިޓްގައި ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޮއާއޯ ކަންސޭލޯ ޖެހި ގޯލުންނެވެ. 

ސެވިއްޔާ ދަނޑުގައި ރޭ ރެއާލުން މޮޅުވި މެޗުަގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 15 ވަނަ މިނިޓްގަ އެވެ. މިއީ، ކީލިއަން އެމްބާޕޭ ބައިވެރިވެގެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލެކެވެ. މިއީ، މި ފަހަރުގެ ސީޒަނުގައިި ވިނީޝިއުސް ޖެހި 22 ވަނަ ލަނޑެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox