އެނބުރި އައި މެޗުން އެމްބާޕޭ އަށް ރެއާލް ސަޕޯޓަރުންގެ ނުރުހުން

May 15, 2026, 5:13 AM
ރެއާލްގެ މެޗުގެ ތެރެއިން ކިލިއަން އެމްބާޕޭ.

ރެއާލްގެ މެޗުގެ ތެރެއިން ކިލިއަން އެމްބާޕޭ.

މެޑްރިޑް (މެއި 15) - ސްޕެނިޝް ލީގުގައި ރޭ ރެއާލް އޮވިއޭޑޯ އަތުން 2-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ތަރި، ކީލިއަން އެމްބާޕޭ، އެނބުރި ކުޅުމަށް އައިއިރު، އޭނާ އަށް ރެއާލް ސަޕޯޓަރުންގެ ނުރުހުން ވަނީ އަމާޒުވެފައި. 

 އެމްބާޕޭ، އެ ކްލަބުން ބޭރުކުރަން ގޮވާލައި، ރެއާލްގެ ސަޕޯޓަރުންގެ ބަޔަކު ތައްޔާރުކުރި އޮންލައިން ޕެޓިޝަނެއްގައި 50  މިލިއަނަށް ވުރެން ގިނަ ސޮއި މިހާތަނަށް ވަނީ ހަމަވެފަ އެވެ.  ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ރެއާލުން ތަށްޓެއް ނުލިބި ސީޒަން ނިންމާލުމާ ގާތުގައި އޮތްއިރު، ދާދި ފަހުން އެމްބާޕޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން، އޭނާ މި ވަގުތު ހުރީ ކުޅުމާ ދުުރުގަ އެވެ. އެކަމަކު، އަނިޔާގެ ރިކަވަރީ މުއްދަތުގެ ތެރޭގައި، ލޯބިވެރިޔާއާ އެކު، އެމްބާޕޭ، އިޓަލީ އާއި ފްރާންސްގައި ޗުއްޓީ ހޭދަކުރި ފޮޓޯ އާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާ އާއި މެއިންސްޓްރީމް މީޑިއާތަކުގައި ދައުރުވާން ފެށުމާ އެކު، ރެއާލް ސަޕޯޓަރުންގެ ކެތްތެރިކަން ކޮޅުންލީ އެވެ. 

ފުރަތަަމަ ހާފުގައި ގޮންޒާލޯ ގާސިއާގެ ގޯލުން ރެއާލުން ލީޑުނެގި މި މެޗުގައި، އެމްބާޕޭ ކުޅެން އަރައި، 80 ވަނަ މިނިޓްގައި ރެއާލްގެ ޖޫޑް ބެލިންހަމް ޖެހި ގޯލަށް ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެމްބާޕޭ، ކުޅެެން އެރީ 69 ވަނަ މިނިޓްގަ އެވެ. 

ސަޕޯޓަރުންގެ ނުރުހުމުގެ ޝުއޫރުތަކުގެ ވާހަަކަ އެހުމުން އެމްބާޕޭ ބުނެފައިވަނީ، ބަޔަކު ރުޅި ގަދަވެފައި ހުއްޓަައި ކުއްލިއަކަށް އެ މީހުންގެ ރުހުން ހޯދުން ވާނީ އުނދަގޫ ކަމަކަށް ކަމަށެވެ. 

"އެއީ، ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކަށް، އަމުދުން އަހަރެން ކަހަލަ މަޝްހޫރު ކުޅުންތެރިއަކަށް ދިމާވާނެ ކަހަލަ ކަންކަން. ފުޓްބޯޅަ ކުޅުންތެރިންނަށް ހުރިހާ ކަމެއް އެނގުމަކީ ވެސް ވާނެ ކަމެއް ނޫން. ޖެހޭނީ ކެތްތެރިކަމާ އެކު ކުރިމަަތިލައި މަސައްކަތް ކޮށް ހާލަތު ބަދަލުކުރަން،" މި ސީޒަނުގައި 41 މެޗުން 41 ލަނޑު ޖަހާފައިވާ އެމްބާޕޭ ބުންޏެވެ. 

ރޭގެ މޮޅާ އެކު، ލީގުގެ ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 36 މެޗުން 80 ޕޮއިންޓް ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox