ފެން ބިލަށް އަރާފައި ހުރި ޖޫރިމަނާތައް މައާފް ކުރަނީ

Apr 22, 2026, 6:36 PM
ފެން ކުންފުނީގެ މައި އިމާރާތް: ފެން ބިލުގެ ޖޫރިމަނާ މައާފް ކުރުމުން ބިލު ދައްކާ މީހުން އިތުރުވޭ -- ފޮޓޯ: އަދަދު ފައިލް

ފެން ކުންފުނީގެ މައި އިމާރާތް: ފެން ބިލުގެ ޖޫރިމަނާ މައާފް ކުރުމުން ބިލު ދައްކާ މީހުން އިތުރުވޭ -- ފޮޓޯ: އަދަދު ފައިލް

ފެން ބިލުތަކަށް އަރާފައި ހުރި ޖޫރިމަނާތައް މައާފް ކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ. 

އެމްޑަބްލިއުއެސްސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފެން ބިލު ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މައާފްކޮށްދޭން ނިންމީ ބިލުތަކަށް ފައިސާ ދައްކަން ލުއިފަސޭހެ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ. 

"ފެން ބިލްތައްކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފުކޮށްދެއްވުމަށް އަނެއްކާވެސް ވަނީ ނިންމަވާފަ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

މައާފްކޮށްދޭން ނިންމީ ޑިސެމްބަރު 31، 2025، ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ. އަދި އެ ޖޫރިމަނާ ފައިސާ މައާފްކޮށްދެވޭނީ މި ހިނގަމުންދާ އަހަރުގެ ޑިސެމްބަރު 31، ގެ ނިޔަލަށް ހުރިހާ ބިލަކަށް ފައިސާ ދެއްކުމުން ކަމަށް ފެން ކުންފުނިން ބުނެ އެވެ. 

އޭގެ އިތުރުން، މަހުން މަހަށް ބަހާލައިގެން ބިލުތަކަށް ފައިސާ ދައްކަން ބޭނުން ނަމަ އެ އިންތިޒާމް ހަމަޖެއްސޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ. 

"މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަވައި ޚަލާސްކުރެއްވުމުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

މީގެ ކުރިން 2023 އަދި 2019 ވަނަ އަހަރު ވެސް އެމްޑަބްލިއުއެސްސީ އިން ވަނީ ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ މައާފްކޮށްދީފަ އެވެެ. ޖޫރިމަނާ މައާފް ކުރުމުން ފެން ބިލު ދައްކާ މީހުންގެ އަދަދު ގިނަވެ، ކުންފުނީގެ ރެވެނިއު އިތުރުވާނެ އެވެ. 

އެމްޑަބްލިއުއެސްސީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާ ނެރޭ މަދު ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ ކުންފުންޏެކެވެ. އެ ކުންފުނީގައި ސަރުކާރުގެ ހިއްސާއަކީ 80 ޕަސެންޓެވެ. އަނެއް 20 ޕަސެންޓު ހިއްސާ އޮންނަނީ ހިޓާޗީ ކުންފުނީގަ އެވެ. 

އެމްޑަބްލިއުއެސްސީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށް ބަލާއިރު، އެ އަހަރު ފައިދާގެ ގޮތުގައި 217.5 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އެ ކުންފުންޏަށް މިހާތަނަށް އެންމެ ފައިދާ ބޮޑު އަހަރެވެ. އޭގެ މައިގަނޑު ސަބަބަކީ ޔުޓިލިޓީ ސާވިސް އާއި މެނުފެކްޗަރިން އިތުރުވުމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox