ތިން ރައީސުންގެ އިއްތިހާދުން "މަގުޗާޓެއް" އެކުލަވާލަނީ؛ ހައްޔަރުކުރި ނޫސްވެރިން މިނިވަންކޮށް، 'ގެގް އޯޑަރު' ބާތިލުކުރަން ގޮވާލައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ: އެމްޑީީޕީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ: އެމްޑީީޕީ

ކުރީގެ ތިން ރައީސުން ގުޅިގެން ސަރުކާރަށް ހުށަހަޅާ ކަންކަމާއި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލާނެ ކަމަށް ވިދާޅުވި އެވެ. އިދިކޮޅު އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ، ސަރުކާރުން މިހާރުން މިހާރަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މިހާރު ހައްޔަރުކޮށްފައިވާ ނޫސްވެރިން މިނިވަންކުރުން ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރުތައް ނުވަތަ ގެގް އޯޑަރުތައް ވަގުތުން ބާތިލުކުރުމަށް ވެސް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްތައް ތަރުތީބުކުރުމަށްޓަކައި ކޮންމެ ރައީސެއްގެ ފަރާތްޕުޅުން މެންބަރުން ހިމެނޭ ހާއްސަ ޓީމެއް އެކުލަވާލައްވާނެ ކަމަށެވެ. މި ޓީމުތަކުގެ މައިގަނޑު މަސައްކަތަކަށް ވާނީ ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރަށް ހުށަހަޅަންޖެހޭ ކަންކަން ދެނެގަނެ، އެ ކަންކަން ރަސްމީކޮށް ހުށަހަޅަމުން ގެންދިއުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ނަމަ ނުވަތަ އިސްލާހުވާންޖެހޭ ކަންކަން އިސްލާހު ނުކުރާ ނަމަ، މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް ވެސް ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވާފަ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރަސީއެއްގައި ނޫސްވެރިން ހައްޔަރުކޮށްގެން ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިރެއިން މިރެޔަށް ވެސް ސަރުކާރުން ކުރަންޖެހޭ ކަމަކީ ހައްޔަރުގައި ތިބި ނޫސްވެރިން ދޫކޮށްލުން ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އެންމެހާ އަމުރުތައް ބާތިލުކޮށް، ނޫސްވެރިންނަށް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތިން ރައީސުން ގުޅިގެން ފައްޓަވާފައިވާ މި މަސައްކަތަކީ ގައުމުގެ ހަމަޖެހުމާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ހަފުތާތަކުގައި ސަރުކާރަށް ހުށަހަޅާނެ އިތުރު ކަންކަން ތަރުތީބުކުރަމުންދާ ކަމަށާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައި ދޫނުދެއްވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ކުރީގެ ރައީސުން ވަނީ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި، ސިޔާސީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކުގައި ކުރައްވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ކުރީގެ ތިން ރައީސުން މިފަދަ ގޮތަކަށް ގުޅިގެން މަސައްކަތް ކުރަން ފެށި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox