އެމްއެމްޕީއާރުސީ އާއި ވެންޓިލޭޓަރުގެ މައްސަލަ ބަލަން މުއިއްޒު ގޮވާލައިފި

ޕީއެންސީގެ ޖަލްސާއެއްގައި މުއިއްޒު އާއި ސަރުކާރުގެ ވެރިން

ޕީއެންސީގެ ޖަލްސާއެއްގައި މުއިއްޒު އާއި ސަރުކާރުގެ ވެރިން

ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، ރައީސް މުހައްމަދު މުއިއްޒު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައި، ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކަށް ގޮވާލައްވާފައެވެ.

ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ކަމަށާއި، އެ މަސައްކަތް ކުރާތީ ބައެއް ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ނުކުމެ އުޅެނީ ކަންބޮޑުވާތީ ކަމަށެވެ.

މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވައްކަން ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލަ ނިމިދިޔަ ސަރުކާރަށް އެކަށީގެންވާ ގޮތެއްގައި ބެލިފައެއް ނުވެއެވެ. އަދި އެ ވައްކަމުގައި އެންމެ އިސްކޮށް ތިބި މީހުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ތެރޭގައި ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބި ފައިސާތައް ގެއްލުނު މައްސަލައަކީ ރައްޔިތުން ހަނދާން ނެތޭނެ ކަމެއް ނޫން ކަމަށާއި، އެ މައްސަލައިގައި ބައިވެރިވި ފަރާތްތަކަށް ހައްގު އަދަބު ދޭންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދުކުރަން ކަމާބެހޭ މިނިވަން މުއައްސަސާތަކުން އެ މައްސަލަ ބަލައި އެކަމުގައި ހަގީގަތުގައި ބެދޭ ފަރާތްތަކަށް އަދަބު ދޭނެ ކަމަށް. ހަމަ އެފަދައިން އެމްއެމްޕީއާރުސީގެ ވައްކަމާއި މިހެން ގޮސް އޭރުގައި ހިންގާފައި ހުރިހާ ވައްކަމެއް ހިންގި ހުރިހާ ފަރާތްތަކަށް މިނިވަން ހުރިހާ މުއައްސަސާތަކުން ވަރުގަދަ މަސައްކަތްކެއް ކޮށް އަޅުގަނޑުމެން އެންމެންނަށް އޭގެ ހައްގު ހޯދައިދޭން އަޅުގަނޑު ގޮވާލަން،" މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް މުހިންމު މީހެއް ނުހުންނާނެ. އޭގެން އެއްވެސް ފަރާތަކީ އަޅުގަނޑުމެންނަކަށް އެފަރާތަކަށް ވުރެ ގައުމު ދޫކޮށްލާފައި އިސްކުރާނެ ފަރާތެއް ނޫން."

އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނެ ކަމަށް މުއިއްޒު 2024 ގައި ވެސް ވިދާޅުވި އެވެ. އެ ވާހަކަ އަށް ރައްދު ދެއްވައި، އެ މައްސަލަ މި ސަރުކާރުން ބަލަން ނުކެރޭނެ ކަމަށް  ޔާމީން ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގައި ގެއްލުނު 1.4 ބިލިއަން ރުފިޔާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިދިޔަ އަހަރުގެ އޮގަސްޓު މަހު ވިދާޅުވެފައިވެ އެވެ.

 އެމްއެމްޕީއާރްސީގެ ހިޔާނާތުން ގެއްލުނު ހުރިހާ ފައިސާއެއް ހޯދައި، އެ ވައްކަމުގައި ކޮންމެ މީހަކު ބައިވެރިވެފައި އޮތަސް އެމީހަކަށް އަދަބު ދެއްވާނެ މުއިއްޒު ވިދާޅުވިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މައްސަލައިގައި މާ ބޮޑު ކުރިއެރުމެއް ނެތެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ގިނަ ބަޔަކު ސަރުކާރުގެ އިސް ސަފުގައި

ރައީސް އާދިއްތަ ދުވަހުގެ ރޭ ދެއްކެވި ވާހަކައާއި އަމަލު ދިމާކުރައްވަން ބޭނުންފުޅުވާނަމަ ފަށަން މިޖެހެނީ އަމިއްލަ ނައިބު ރައީސް އާއި މަޖިލީހުގެ ރައީސް އާއި ހިސާބުންނެވެ. ކެބިނެޓުގެ އެތައް މިނިސްޓަރަކާއި މަޖިލީހުގެ ގިނަ މެންބަރުންތަކަކާއި ހިސާބުންނެވެ.

އެ ލިސްޓުގައި ހިމެނޭ ގިނަ އަދަދެއްގެ ބަޔަކު ތިބީ މި ސަރުކާރުގެ އިސް މަގާމުތަކުގައަ އެވެ. 

މަޖިލީހުން އާންމުކުރި އެމްއެމްޕީއާރުސީގެ ލިސްޓުގައި ހުރި މި ސަރުކާރުގެ ވެރިންގެ ނަންތަކާއި ލީކުވި ލިސްޓުގައި ހުރި ފައިސާގެ އަދަދުތައް މަތީގައި އެވާ ހަބަރުގެ އެތެރޭގައި ހުންނާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox