ކުޑަކުދިންގެ ދުވަހާ ގުޅިގެން އައިކެއާއިން 30 ޕަސަންޓުގެ ޑިސްކައުންޓާއެކު ހާއްސަ ޕެކޭޖުތަކެއް

ފޮޓޯ: އައިކެއާ

ފޮޓޯ: އައިކެއާ

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުޑަކުދިންގެ ލޮލުގެ ސިއްހަތު ދެނެގަތުމަށާއި، ލޮލުގެ މައްސަލަތަކަށް އަވަސް ފަރުވާ ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން އައިކެއާ ހޮސްޕިޓަލުން ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.

އައިކެއާއިން ބުނީ ކެމްޕެއިނުގެ ދަށުން "ބްރައިޓް އައިސް – ބޭސިކް" އަދި "ބްރައިޓް އައިސް – އެޑްވާންސް" ގެ ނަމުގައި ދެ ޕެކޭޖެއް ތައާރަފުކޮށްފައިވާއިރު، އެ ޕެކޭޖުތަކުން އިންޝުއަރެންސަށް ކެނޑެމަށްފަހު 30 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ

ބްރައިޓް އައިސް - ބޭސިކް ޕެކޭޖުގެ ދަށުން ލޮލުގެ ފެނުން ޓެސްޓުކުރުމާއި، ލޮލުގެ ނަންބަރު ބެލުން އަދި ލޮލުގެ ހާއްސަ ޑޮކްޓަރަށް ދެއްކެ އެވެ. ބްރައިޓް އައިސް - އެޑްވާންސް ޕެކޭޖުގެ ދަށުން ލޮލުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމާއި، ލޮލުގެ ފެނުން ޓެސްޓުކުރުމާއި، ލޮލުގެ ނަންބަރު ބެލުމާއި، ކޯނިއަލް ޓޮޕޮގްރަފީ އަދި ފަންޑަސް ފޮޓޯގްރަފީ ބެލުން ހިމެނެ އެވެ. 

މި ކެމްޕޭނާ ގުޅޭގޮތުން އައިކެއާ އިން ބުނީ، މި ފުރުސަތަކީ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ލޮލުގެ ފެނުން ގަވާއިދުން ޗެކްކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅުވާލި ފުރުސަތެކެވެ. ހާއްސަކޮށް މިހާރަކަށް އައިސް ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމާއި ކިޔެވުމުގެ ކަންކަމުގައި ލޮލަށް ކުރާ ބާރު ބޮޑުވުމުގެ ސަބަބުން ކުދިންގެ ލޮލުގެ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

ގިނަ ކުދިންނަށް ލޮލުގެ ފެނުމުގެ މައްސަލަތައް ހުރި ނަމަވެސް އެކަން ސާފުކޮށް ބުނެދޭން ނޭނގިދާނެ ކަމަށެވެ. މީގެ ސަބަބުން ކުއްޖާގެ އުނގެނުމަށާއި، ކަންކަމަށް ސަމާލުކަން ދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. އެހެންކަމުން މި ޕެކޭޖުތަކުގެ އެހީގައި ބެލެނިވެރިން ކުދިންގެ ލޮލުގެ ސިއްހަތަށް އިސްކަންދީ، ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވުމަށް މަގުފަހިވާނެ އެވެ.

މި ޕެކޭޖުތައް ހާއްސަކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުދިންނަށެވެ. އަދި މި ޕެކޭޖުތަކުގެ ދަށުން ދައްކަންޖެހޭނީ ކުޑަކުދިންގެ ލޮލުގެ ހާއްސަ ޑޮކްޓަރުންނަށެވެ. މެއި 10، އިން ފެށިގެން ވަކި މުއްދަތަކަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރިން އެޕޮއިންޓްމަންޓް ހެއްދުމަށް އައިކެއަރއިން އިލްތިމާސްކުރެ އެވެ.

އައިކެއާއިން އެޕޮއިންޓްމަންޓް ހެދުމަށް އެތަނުގެ ވެބްސައިޓުގެ އިތުރުން ވައިބާ އާއި ވަޓްސްއަޕް މެދުވެރިކޮށް 7201026 ނަންބަރާ މުއާމަލާތް ކުރުމަށް އެތަނުން ވަނީ އެދިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox