ރާއްޖޭގެ ނަބާ އޭޝިއާގެ ގަދަ 32 ކުޅުންތެރިންގެ ބުރަށް

ރިވައިވަލް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި ނަބާ.

ރިވައިވަލް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި ނަބާ.

ޗައިނާގެ ނިންބޯގައި މިއަދު ފެށި ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ފުރިހަމަ މޮޅެއް ހޯދައި، ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި، ފާތިމަތު ނަބާހާ (ނަބާ)، އޭޝިއާގެ އަންހެން ސިންގަލްސް ގަދަ 32 ކުޅުންތެރިންގެ ބުރުން ޖާގަ ހޯދައިފި އެވެ.  

މިއީ، ރާއްޖޭގެ ކުޅުންތެރިއަކު އޭޝިއާގެ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ބުރުގެ ގަދަ 32 ކުޅުންތެރިންގެ ބުރުގައި  ދެ މެޗުން މޮޅުވެގެން، އެ ވަރުގެ ރެކޯޑެއްގައި ކުރިއަށްގޮސް ވާދަކުރާ ފުރަތަމަ ފަހަރެވެ. 

ނަބާގެ ފުރަތަމަ މެޗުގައި އޭނާ ނުކުތީ ބަންގްލަދޭޝްގެ އެއް ވަނަ އަންހެން ކުޅުންތެރިޔާ، އުރްމީ އަކްތަރުއާ ދެކޮޅަށެވެ. އެ ގޮތުން، އުރްމީއާ ދެކޮޅަށް ކުޅުނު މެޗުން ނަބާ މޮޅުވީ، 21-07، 21-17 އިން ސެޓުތައް ގެންގޮސްގެންނެވެ. ދެ ވަނަ މެޗުގައި، ނަބާ ނުކުތީ ކިރްގިސްތާންގެ މަތީ ރޭންކްގެ ކުުޅުންތެރިޔާ، ޒަސްމީން އައިސަރޯވާއާ ދެކޮޅަށެވެ. ޒަސްމީން ކައިރިން ވެސް ސެޓެއް ނުގެއްލި ނަބާ މެޗުން މޮޅުވިއިރު، އޭނާ ސެޓުތައް ގެންދިޔައީ، 21-05، 21-06 އިންނެވެ. 

Advertisement

މުބާރާތުގެ ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުގައި، މާދަމާ، ނަބާ ކުޅޭނީ ޖަޕާންގެ އަކާނޭ ޔަމަގޫޗީއާ ދެކޮޅަށެވެ. މި ވަގުތު ދުނިޔޭގެ ރޭންކިން ހަތަރު ވަނައިގައި އޮތް ޔަމަގޫޗީ ވަނީ ތިން ފަހަރު ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ކާމިޔާބުކޮށްފަ އެވެ. އެއީ، 2021، 2022 އަދި މިދިޔަ އަހަރު އެވެ. އަދި، އޭނާ ވަނީ 2019 ވަނަ އަހަރު އޭޝިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އިތުރުން، 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ އަންހެން ސިންގަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. 

އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ ވާދަކުރާއިރު، ދެން ވާދަކުރާނީ މިކްސް ޑަަބަލްސްގައި ނަބާ އާއި ޒަޔާންގެ ޕެއާ އެވެ. 

ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި، ފިރިހެން ސިންގަލްސްގެ ގްރޫޕް ސީގައި ޒަޔާން ނުކުންނާނީ ސްރީ ލަންކާގެ ވިރޭން އާއި މަކާއުގެ ޕީ ޕުއީއާ ދެކޮޅަށެވެ.  އަންހެން ޑަބަލްސްގައި، ނަބާ އާއި ނަބީގެ ޕެއާ ހިމެނެނީ، އިންޑޮނޭޝިއާގެ ޓޭ އާއި ޓިއޯގެ ޕެއާ އަދި ސްރީ ލަންކާގެ ހަސިނީ އާއި ހަސާރާގެ ޕެއާއާ އެވެ. މިކްސް ޑަބަލްސްގައި ނަބާ އާއި ޒަޔާންގެ ޕެއާ ވާދަކުރާނީ، ހޮންގް ކޮންގްގެ ޗޭން އާއި އެންޖީގެ ޕެއާ އާއި ބަންގްލަދޭޝްގެ ޖުމަރް އާއި އުރްމީގެ ޕެއާއާ އެއް ގްރޫޕެއްގަ އެވެ. 

މި މުބާރާތުގައި ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު ވެސް ޓީމާ އެކު ހަރަކާތްތެރިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox