ވިލާ ކޮލެޖުން ހިލޭ އިންޖިނިއަރިން ދާއިރާއިން ކިޔެވުމުގެ ފުރުސަތު

ވިލާ ކޮލެޖުން ހިލޭ އިންޖިނިއަރިން ދާއިރާއިން ކިޔެވުމުގެ ފުރުސަތު

ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން، އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ޝައުގުވެރިކަން ހުރި، ނަމަވެސް މާލީ ދަތިތަކާހުރެ އެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންނަށް ހާއްސަކޮށްގެން "އިންޖިނިއަރިން ސްޕޮންސާޝިޕް ސްކީމް" ގެ ނަމުގައި ހިލޭ ކިޔެވުމުގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އެޓްމޮސްފިއާ ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކު، ތައުލީމީ ގޮތުން ގާބިލު އަދި ހުނަރުވެރި ދަރިވަރުން ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ މި ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގަ އެވެ.

ވިލާ ކޮލެޖުން ބުނީ ޖުމްލަ ތިން ފަރާތަކަށް ސްކީމްގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އެއީ ފައުންޑޭޝަން އިން އިންޖިނިއަރިން އިން ދެ ޖާގަ އަދި ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން އިން އެއް ޖާގަ ކަމަށް އެ ކޮލެޖުން އެވެ.

އެ ކޮލެޖުން ބުނީ ސްކީމްގެ ދަށުން ދަރިވަރުންގެ އެޕްލިކޭޝަން އަދި ރެޖިސްޓްރޭޝަން ފީ، ޓިއުޝަން ފީގެ އިތުރުން ކޯހާ ގުޅޭ އިތުރު ފީތައް ހަމަޖެހިގެންދާނެ ކަމަށެވެ.

އިންޖިނިއަރިން ސްޕޮންސާޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ފެބްރުއަރީ 1، ގެ ނިޔަލަށެވެ.

ސްކީމަށް ކުރިމަތިލެވޭ ދަރިވަރުންގެ ޝަރުތުތައް:

  • ދިވެހި ރައްޔިތަކަށްވުން.
  • ވިލާ ކޮލެޖުން ކަނޑައަޅާފައިވާ، ކުރިމަތިލާ ކޯހަށް ވަނުމުގެ ޝަރުތު (އެންޓްރީ ރިކުއަޔާމެންޓް) ފުރިހަމަވުން.
  • މަތީ ތަޢުލީމުދޭ އެހެން އެއްވެސް މަރުކަޒެއްގައި މިވަގުތު ކިޔަވަމުންދާ ދަރިވަރަކަށް ނުވުން.
  • ގޭބިސީގެ އާމްދަނީއާއި ޚަރަދުތައް ހާމަކޮށްދިނުމާއެކު، މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާކަން ސާބިތުކޮށްދިނުން.
  • އިންޖިނިއަރިން ދާއިރާއިން ކުރިއަށްދިއުމުގެ ޝައުގުވެރިކަމާއި ސާބިތުކަން ހުރުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ފުރިހަމަކޮށްފައިވާ ސްކޮލާޝިޕް އެޕްލިކޭޝަން ފޯމު.
  • ވިލާ ކޮލެޖުގެ ކޯހަކުން ޖާގަ ކަށަވަރުވިކަމުގެ ލިޔުން (ކޮންފާމްޑް އޮފާ ލެޓާ).
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • މާލީ ޙާލަތު އަންގައިދިނުމަށްޓަކައި ގޭބިސީގެ އާމްދަނީއާއި ހަރަދުގެ ބަޔާން.
  • ޕާސަނަލް ސްޓޭޓްމަންޓެއް.

ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.

ދަރިވަރުން ހޮވުމުގައި ބަލާ މިންގަނޑުގެ ދަށުން ތައުލީމީ ނަތީޖާއަށް 40 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މާލީ ހާލަތަށް 40 ޕޮއިންޓް އަދި ޕާސަނަލް ސްޓޭޓްމަންޓަށް 20 ޕޮއިންޓެވެ.

އިންޖިނިއަރިން ސްޕޮންސާޝިޕް ސްކީމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް marketing@villacollege.edu.mv އަށް މެއިލް ކުރުމަށް ވިލާ ކޮލެޖުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox