ކޭޓީ ޕެރީ ފަދަ ތަރިންނާއެކު ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތު ތިން ގައުމެއްގައި

May 10, 2026, 12:32 PM
ކޭޓީ ޕެރީ. -- ފޮޓޯ: ގެޓީ އިމޭޖަސް

ކޭޓީ ޕެރީ. -- ފޮޓޯ: ގެޓީ އިމޭޖަސް

މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ފެށުމުގެ ތިން ރަސްމިއްޔާތުގައި ކޭޓީ ޕެރީ، މައިކަލް ބޫބްލޭ އަދި އެލަނިސް މޮރިސެޓް ފަދަ މަޝްހޫރު ފަންނާނުން ހުށަހަޅައިދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފަހަރުގެ މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުޅޭ ފުރަތަމަ މެޗުތަކުގެ ކުރިން ކޮންމެ ގައުމެއްގައި ވެސް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މުބާރާތުގެ ފުރަތަމަ ރަސްމިއްޔާތު އޮންނާނީ ޖޫން މަހުގެ 11 ވާ ބުރާސްފަތި ދުވަހު މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާގަ އެވެ. މުބާރާތުގެ ޖުމްލަ 104 މެޗުގެ ތެރެއިން މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރާ ފުރަތަމަ މެޗުގެ ކުރިން ބާއްވާ މި ރަސްމިއްޔާތުގައި ކޮލަމްބިއާގެ ތަރި ޖޭ ބަލްވިން އާއި ދެކުނު އެފްރިކާގެ ލަވަކިޔުންތެރިޔާ ޓައިލާ ހުށަހެޅުންތައް ދޭނެ އެވެ.

Advertisement

އޭގެ އަނެއް ދުވަހު، ކެނެޑާގެ ޓޮރޮންޓޯގެ ބީއެމްއޯ ފީލްޑްގައި ބާއްވާ ފެށުމުގެ ރަސްމިއްޔާތުގައި ކެނެޑާގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ މައިކަލް ބޫބްލޭ އާއި އެލަނިސް މޮރިސެޓް ފެނިގެންދާނެ އެވެ. މި ރަސްމިއްޔާތަށް ފަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކެނެޑާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އެވެ.

އެމެރިކާގައި ބާއްވާ ރަސްމިއްޔާތު އޮންނާނީ ޖޫން 12 ވަނަ ދުވަހު ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގަ އެވެ. އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރާ މެޗުގެ ކުރިން ބާއްވާ މި ހަރަކާތުގައި ޕޮޕް ތަރި ކޭޓީ ޕެރީ އާއި ރެޕް އާޓިސްޓް ފިއުޗާ ހުށަހަޅައިދޭނެ އެވެ.

"ފީފާ ވޯލްޑް ކަޕަކީ މުޅި ދުނިޔެ ބައިވެރިވާ ވަގުތެއް، އަދި އެކަން ފެށިގެންދާނީ މުބާރާތް ހުޅުވުމަށް ބާއްވާ މި ހަރަކާތްތަކުން،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި އެވެ.

އިންފަންޓީނޯ އިތުރަށް ވިދާޅުވީ، މެކްސިކޯ ސިޓީން ފަށައިގެން ޓޮރޮންޓޯ އާއި ލޮސް އެންޖެލިސްގައި ކުރިއަށްދާ މި ރަސްމިއްޔާތުތަކުން މިއުޒިކާއި ސަގާފަތް އަދި ފުޓްބޯޅަ އެއްކޮށްލާނެ ކަމަށެވެ. އަދި މިއީ ކޮންމެ ގައުމެއްގެ ވަކިވަކި ސިފަތަކާއި، މި މުބާރާތުން ރަމްޒުކޮށްދޭ އެއްބައިވަންތަކަން ދައްކުވައިދޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މުޅި ދުނިޔެ ފާހަގަކުރާ މި ބޮޑު އީދު ފެށުމަށް ލިބޭ ވަރަށް ވަރުގަދަ ފުރުސަތެއް،" އިންފަންޓީނޯ ވިދާޅުވި އެވެ.

މި ހަފުތާގެ ކުރީކޮޅު، ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ވަނީ ނައިޖީރިއާގެ ބާނާ ބޯއީއާ އެކު ކިޔާފައިވާ މި މުބާރާތުގެ ރަސްމީ ލަވައިގެ ކުޑަ މިންވަރެއް އާންމުންނަށް ދައްކާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox