ކޭޓީ ޕެރީ
2 ލިޔުން
ލުއިއަދަދުގައުމަށް ވުރެ ލޯބި އިސްކުރުމުން ޓްރޫޑޯއަށް ފާޑުކިޔުން
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށި ދުވަހު އަމިއްލަ ގައުމުގެ މެޗަށް ވަޑައިގަތުމުގެ ބަދަލުގައި، ލޯބިވެރިޔާ ކޭޓީ ޕެރީގެ ހުށަހެޅުން ބެއްލެވުމަށް އެމެރިކާއަށް ވަޑައިގަތުމުން ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ގައުމަށްވުރެ ލޯބި އިސްކުރެއްވި ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު، މި ދެ ބޭފުޅުން މެޗު ބަލަން ތިއްބެވި ލޯބިވެތި މަންޒަރުތަކެއް ވަނީ އާންމުވެފައެވެ.
ލުއިއަދަދުކޭޓީ ޕެރީ ފަދަ ތަރިންނާއެކު ވޯލްޑް ކަޕް ފެށުން ތިން ގައުމެއްގައި
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކޭޓީ ޕެރީ ފަދަ މަޝްހޫރު ފަންނާނުންނާއެކު ފެށުމުގެ ތިން ރަސްމިއްޔާތު ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖޫން 11 އިން 12 އަށް ކުރިއަށްދާ މި ހަރަކާތްތަކަކީ މިއުޒިކާއި ސަގާފަތް މެދުވެރިކޮށް މުބާރާތުގެ އެއްބައިވަންތަކަން ދައްކުވައިދިނުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުތަކެކެވެ.
