ކޭޓީ ޕެރީ ފަދަ ތަރިންނާއެކު ވޯލްޑް ކަޕް ފެށުން ތިން ގައުމެއްގައި
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކޭޓީ ޕެރީ ފަދަ މަޝްހޫރު ފަންނާނުންނާއެކު ފެށުމުގެ ތިން ރަސްމިއްޔާތު ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖޫން 11 އިން 12 އަށް ކުރިއަށްދާ މި ހަރަކާތްތަކަކީ މިއުޒިކާއި ސަގާފަތް މެދުވެރިކޮށް މުބާރާތުގެ އެއްބައިވަންތަކަން ދައްކުވައިދިނުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުތަކެކެވެ.