ޔޫރޮޕާ ލީގުގެ ސެމީގައި ވިލާ އާއި ފޮރެސްޓުގެ ކުރިމަތިލުމެއް

Apr 17, 2026, 9:32 AM
ބޮލޯނިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެސްޓަން ވިލާ ކުޅުންތެރިން އުފާފާޅުކުރަނީ.

ބޮލޯނިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެސްޓަން ވިލާ ކުޅުންތެރިން އުފާފާޅުކުރަނީ.

ލަންޑަން (އޭޕްރީލް 17) - ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުގައި އިނގިރޭސި ދެ ކްލަބް ކަމަށްވާ ނޮޓިންހަމް ފޮރެސްޓާއި އެސްޓަން ވިލާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

ވިލާ އިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން 4-0 އިން މޮޅުވިއިރު، އެގްރިގޭޓުން ކުރިހޯދީ 7-1 އިންނެވެ. އަދި، ޕޯޓޯގެ މައްޗަށް ފޮރެސްޓުން އަމިއްލަ ދަނޑުގައި 1-0 އިން ކުރިހޯދިއިރު، އެގްރިގޭޓުން މޮޅުވީ 2-1 އިންނެވެ. 

ވިލާ ޕާކުގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނިޓްގައި އޮލީ ވަޓްކިންސް ވަނީ ގޯލެއް ޖަހައި ލީޑު ނަގައިދީފަ އެވެ. މިއީ ހުރިހާ މުބާރާތަކަށް ބަލާއިރު، މިހާތަނަށް ވަޓްކިންސް ވިލާ އަށް ޖަހައިދިން 100 ވަނަ ގޯލެވެ. އޭގެ ނުވަ މިިނިޓް ފަހުން، ވިލާގެ ޕެނަލްޓީ އަކުން މޯގަން ރޮޖާސް ފޮނުވާލި ބޯޅަ ބޮލޯނިއާ ކީޕަރު، ފެޑެރީކޯ ރަވާލިއާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ޕެނަލްޓީ ނާކާމިޔާބުވިތާ މިނިޓެއް ފަހުން، އެމީ ބުއެންޑިއާ ވަނީ ވިލާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިލާގެ ތިން ވަނަ ލަނޑު ޖެހީ 39 ވަނަ މިނިޓްގައި ޖޯން މެކްގިން ދިން ބޯޅައަކުން ރޮޖާސް އެވެ. އަދި، މެޗުގައި ވިލާ އިން ޖެހި ފަހު ގޯލު 89 ވަނަ މިނިޓްގައި ކާމިޔާބުކުރީ އެޒްރީ ކޮންސާ އެވެ. 

މިދިޔަ ހަފްތާގައި ޕޯޓޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެއްވަރުވެފައި އޮތުމުން ރޭ ފޮރެސްޓް ދަނޑުގައި ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް ސެމީ ފައިނަލުގެ ޖާގަ އޮތީ ހުޅުވިފަ އެވެ. ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑު ބައި ކުޅުނު ޕޯޓޯ އަތުން މޮޅުވެ، ފޮރެސްޓުން ވަނީ 1984 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަަރަށް ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. 

ޕޯޓޯގެ ޔެން ބެޑްނަރެކަށް މެޗުގެ އަށް ވަަނަ މިނިޓްގައި ރަތް ކާޑެއް ދެއްކީ، ފޮރެސްޓްގެ ކްރިސް ވުޑް އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ. 

މޯގަން ގިބްސް-ވައިޓް، ރޭގެ މެޗުގައި ފޮރެސްޓްގެ ހަމައެކަނި ލަނޑު ޖަހައި އެ ޓީމު މޮޅުކޮށްދިންއިރު، މިއީ، މި ފަހަރު ފޮރެސްޓުން އަމިއްލަ ދަނޑުގައި ޕޯޓޯ ބަލިކުރި ދެ ވަނަ ފަހަރެވެ. މިދިޔަ އޮކްޓޫބަރު މަހު މި ދެ ޓީމުން ފޮރެސްޓް ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 2-0 އިންނެވެ. އިނގިރޭސި ކްލަބެއް އަތުން ރަށުންބޭރުގައި ޕޯޓޯ އަށް އެންމެ ފަހުން ކުޅުނު 25 މެޗުގައި ވެސް މޮޅެއް ލިބިފައިނުވެ އެވެ. 

ޔޫރޮޕާ ލީގުގެ އަނެއް ސެމީ ފައިނަލުގަައި ޖަރުމަނުގެ ފްރައިބާގުން ބައްދަލުކުރާނީ ޕޯޗުގަލްގެ ބްރާގާއާ އެވެ. ބްރާގާ އިން ވަނީ ކުއާޓާ ފައިނަަލުގައި ބެޓިސް ބަލިކޮށްފަ އެވެ. އަދި، ފްރައިބާގުން ވަނީ ސެލްޓަ ވީގޯގެ މައްޗަށް ކުރިހޯދައިފަ އެވެ. 

ޔުއެފާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލްގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، ސެމީ ފައިނަަލަށް ޓީމުތައް ވަނީ ދަތުރުކޮށްފަ އެވެ. އެ ގޮތުން، އޭޒެޑް އަލްކްމާރު ކަޓުވާލައި ސެމީ އަށް ދިޔަ ޝަހުތަރު ޑޮނެސްކުން ކުޅޭނީ ފިއޮރެންޓީނާ ބަލިކުރި ކްރިސްޓަލް ޕެލަސްއާ އެވެ. އޭއީކޭ އެތަންސް ބަލިކުރި ރަޔޯ ވަޔެކާނޯ އިން ސެމީގައި ނުކުންނާނީ މައިންޒް ކަޓުވާލި ސްޓްރާސްބޯއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox