ކުޅިވަރު އެކަޑަމީ ހިންގަން ޓީޗަރުން ބޭނުމެއް ނުކުރޭ: ނަސީރު

ރާއްޖޭގެ މަޝްހޫރު އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއިލް: ނަސީރު ވަނީ ކުޅިވަރު އެކަޑަމީތަކާ ބެހޭގޮތުން އޭނާގެ ފޭސްބުކް ލައިވްގައި މުހިންމު ވާހަކަތަކެއް ހިއްްސާކޮށްފައި.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގެ މަޝްހޫރު އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއިލް: ނަސީރު ވަނީ ކުޅިވަރު އެކަޑަމީތަކާ ބެހޭގޮތުން އޭނާގެ ފޭސްބުކް ލައިވްގައި މުހިންމު ވާހަކަތަކެއް ހިއްްސާކޮށްފައި.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގެ ކުޅިވަރު އެކަޑަމީތައް ހިންގުމަށްޓަކައި ސްކޫލް ޓީޗަރުން ބޭނުންކުރާ ކަމަށް ބުނެ، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުމުގައި ބޭނުންކުރި ބެނާއާ މެދު މަޝްހޫރު އެތުލެޓިކްސް ކޯޗު، ނަސީރު އިސްމާއިލް ހިތްހަމަނުޖެހުން ފާޅުކޮށްފި އެެވެ.

މިދިޔަ މަހު 19 ވަނަ ދުވަހު، ޓޭމްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކުޅިވަރު އެސޯސިއޭޝަންތަކާއި މިނިސްޓްރީތަކުން ރާވާ ހިންގާ ކުޅިވަރު ހަރަކާތްތަކަކީ މުދައްރިސުންގެ ވަގުތާއި އެހީތެރިކަން ނުނަހު ބޮޑަށް ބޭނުންކުރާ ކަމަކަށްވާތީ، އިންޓަ ސްކޫލް ހަރަކާތްތަކާ ގުޅޭ ކަންކަމުގައި މަޝްވަރާކުރުމުގައި، "ޓޭމް" ގެ ބައިވެރިވުން އޮންނަ ޖެހޭ ކަމަށެވެ. 

ޓޭމްގެ ފާޑުކިޔުން ކުޅިވަރު އެސޯސިއޭޝަންތަކަށް، އަސްލު މައްސަލަ ދެނެގަންނަންޖެހޭ

ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ބާއްވާ އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތައް ކުރިއަށްގެންދާ ގޮތާ މެދު ނުރުހުންފާޅުކޮށް، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ވަނީ ފާޑުކިޔައިފައި. އެކަމަކު، ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ މި ކަމުގެ އަސްލު ސަބަބު ބަލައި އެ ހާމަކުރުމަށް ގޮވާލައިފައި.

އޭގެ ފަހުން، މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ހުކުރު ދުވަހު، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ބޭއްވި އިވެންޓުގެ ތެރެއިން، ޓީޗާސް އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ ބެނާއެއްގައި ލިޔެފައިވަނީ، "ކުޅިވަރު އެކަޑަމީތައް ހިންގާ ބައެއްގެ ގޮތުގައި ޓީޗަރުން ބޭނުންނުކުރޭ!" މިހެނެވެ. 

ފޭސްބުކް ލައިވް މެދުވެރިކޮށް، ރާއްޖޭގެ ކުޅިވަރުގެ އެކި ކަންކަމާ ބެހޭގޮތުން ނަސީރު އަންނަނީ އެކި ފަހަރު މަތިން ވާހަކަ ދައްކަމުންނެވެ.

އެ ގޮތުން، ނަސީރު ވަނީ ރޭގެ ފޭސްބުކް ލައިވްގައި، އެކަޑަމީތައް ހިންގުމުގައި ސްކޫލްތަކާ އޮންނަ ގުޅުމާއި ޓޭމް އިން ހިޔާލު ފާޅުކުރިއިރު ހަގީގަތާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށާއި ޖުމްލަކޮށް ރާއްޖޭގެ ކުޅިވަރުގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. 

ރޭގެ ލައިވްގައި، ނަސީރު ބުނީ، ރާއްޖޭގެ ކުޅިވަރު ދާއިރާ ހަލާކުކޮށްލަން މި އުޅެނީ ކޮން ބައެއް ކަމެއް ނޭނގޭ ކަމަށެވެ. 

"ކޮން އިރަކުތޯ ޓީޗަރުންތަކެއް އަޅުގަނޑުމެން އެކަޑަމީތައް ހިންގަނީ. ދިވެހިރާއްޖޭގެ އެއްވެސް އެކަޑަމީއެއް ހިންގަން ޓީޗާރަކު ނޫޅޭއޭ މި ބުނީ. އަޅުގަނޑު ވެސް އެޑިއުކޭޝަން ދާއިރާގައި ހަތް އަހަރު ވަންދެން އުޅުނިން، ދުވަހަކު ވެސް ޓީޗަރުންތަކެއް ގޮސް އެކަޑަމީއެއް ހިންގާ ތަނެއް ދުވަހަކު ވެސް ނުދެކެން،" ނަސީރު ބުންޏެވެ. 

"އެހެންވީމަ، މި ކަހަލަ ބަދުނާމުކޮށް މި ކަހަލަ ވާހަކަ އެއް ބޯޑެއްގައި ޖަހައި މަގުމަތީގައި ހިނގާއިރު ކިތައް މީހުންނަށް ފެންނާނެ ކިތައް ބަޔަކު ފޮޓޯ ނަގާނެތޯ، ކިތައް ނަފްރަތު އުފެދޭ ކަމެއްތޯ އެ ބޭފުޅުން އެ ކުރެއްވި އަސްލު. ޓީޗާސް އެސޯސިއޭޝަން އަޅުގަނޑު ކުށްވެރިކުރަން، އެކަހަލަ ބޯޑެއް އެ ގޮތަށް މަގުމަތީ މީހަކު ލައްވައި އެ ގޮތަށް ހިންގުވީތީ ވެސް،" 

ނަސީރު ތަކުރާރުކޮށް ފާހަގަކުރި ކަމަކީ، ރާއްޖޭގައި އެއްވެސް ޓީޗަރަކު، އެއްވެސް ގޮތެއްގައި އެ ބުނާ މޭރުމުން އެކަޑަމީތައް ހިންގަން އެ ގޮތަށް ނުތިބޭނެ ކަމަށެވެ.

"މުޅިން ދޮގު ވާހަަކަ. ސްކޫލްތަކުން އަޅުގަނޑު މިސާލަކަށް ސްކޫލަކަށް ކޯޗުކޮށްދޭން ދަންޏާ، އަޅުގަނޑު ސްކޫލްގެ ފާރުން ބޭރަށް ކުދިން ގެންދަންޏާ، އެތާ ޓީޗަރަކު ހުންނަން ޖެހޭ، އެއީ ދުނިޔޭގެ ހުރިހާ ތާކުގައި ވެސް އެކަން އޮންނަ ގޮތް. ސްކޫލު ކުދިންތަކެއް ދަންޏާ ޓީޗަރަކު ހުންނަން ޖެހޭ. އޭގެ މާނަ އަކީ އޭނަ އެތާގައި ގޮސް، (އެކަޑަމީއެއް) ހިންގަން ހުންނަނީކީއެއް ނޫނޭ މި ބުނަަނީކީ،"

ނަސީރު ފާހަގަކުރި ގޮތުގައި މިއީ ޓޭމްގެ ފަރާތުން ހަގީގަތުގައި ފެނިގެންދިޔަ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި، މި ކަހަލަ ކަމެއްގައި، ޓީޗާސް އެސޯސިއޭޝަނުން މި ކަހަލަ ކަމެއް ކުރީތީ ހައިރާންވާ ކަމަށް ވެސް ނަސީރު ވަނީ ބުނެފަ އެވެ.

"އަޅުގަނޑަށް ހަނދާނަށް ދުވަހަކު ވެސް ނާދޭ، ޓީޗަރުންތަކެއް އެކަޑަމީ ހިންގާތަނެއް.  ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށާއި ކުޅިވަރުގެ އެކަޑަމީތަކަށް އެ މީހުން ޖެހޭނެ ސީދާ މާފަށް އެދެން. އަޅުގަނޑު ގޮވާލަން މާފަށް އެދެން، (ޓޭމް އިން ދެއްކީ) އެއީ ސީދާ ގޯސް ވާހަަކަ،" 

ރާއްޖޭގެ ފިރިހެނުންގެ ދުވުމުގެ 800 މީޓަރުގެ ރެކޯޑް އަދިވެސް އޮތް، އޮލިމްޕިކްސްގައި ވެސް ރާއްޖެ ތަމްސީލްކޮށްފައިވާ ނަސީރު ބުނީ، ރާއްޖޭގައި ކުޅިވަރު މި ވަގުތު ފެންނަން މި އޮތީ "އެއްކޮށް ޒީރޯ" ގަައޭ ބުނެވިދާނެ ކަމަށެވެ.

"ރާއްޖޭގެ (ކުޅިވަރުން) އަށްޑިހައިގެ އަހަރުތަކުގައި އޮލިމްޕިކްސް އަށް ދާން ފެށީ، އެކަމަކު މިހާރު މި އޮތީ ދިވެހިރާއްޖެ ދުވަހަކު ނުދާ ހިސާބަކަށް ގޮސްފައޭ ކުޅިވަރުތައް، އެހާވެސް އަޅުގަނޑުމެންގެ ފެންވަރު ދަށްވެއްޖެ، އެންމެ ބޮޑު ސަބަބަކީ، އަޅުގަނޑުމެންގެ ސްކޫލްތެރެއިން މިކަން ނުކުރެވޭތީ. ހަގީގަތުގައި ކުޅިވަރަކީ ސްކޫލްގެ ތެރެއިން، އަޅުގަނޑުމެންގެ ސްކޫލް، ހައި ސްކޫލް، ކޮލެޖް، ޔުނިވާސިޓީ ތެރެއިންނޭ ދުނިޔޭގެ ހުރިހާ ކުޅިވަރުތަކެއް މި ކުރިއަށްދަނީ. އަޅުގަނޑުމެންގެ ގައުމުގައި އެކަމެއް ނެތޭ، އެހެންވެއޭ މިހާ ހިސާބަށް މި ދަނީ،" ނަސީރު ސްޕޯޓްސް އެކަޑަމީގެ ނަމުގައި، އެކަޑަމީއެއްގެ ހިންގަމުން، ދުވުންތެރިން އުފައްދަމުން އަންނަ ނަސީރު ބުންޏެވެ. 

ނަސީރު ވިދާޅުވީ، މި ސަރުކާރު އައިއިރު ފުރަަތަމަ ފެނިގެންދިޔަ ކަންތައްތަކާ އެކު ވަރަށް ބޮޑެތި އުންމީދުތަކެއް ކުޅިވަރާ މެދު ކުރެވުނު ކަމަށާއި އެކަމަކު، މިހާރު ފެންނަ ކަންކަމުގެ ސަބަބުން މާޔޫސް ވެސް ވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސްް (14 ހަފްތާ) ތެރޭގައި ކުރެވޭ ހާއްސަ މަސައްކަތެއްގެ ގޮތުގައި، ފަށައިގެން ކުޅިވަރުގެ ދުރުރާސްތާ ޕްލޭން ލޯންޗްކުރެވުނީ، މީގެ ދެ އަހަރު ކުރިންނެވެ. 

ސަރުކާރާއި އޮލިމްޕިކް ކޮމިޓީ އަދި ސްޕޯޓްސް ކައުންސިލުން އިސްވެ، އެމެރިކާގެ، އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ)ގެ އެހީތެރިކަމާ އެކު، މި ހެދި ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭނުގައިވާ ގޮތުން، އެތުލީޓުންނަށް ރަނގަޅު ފެންވަރުގެ ތަމްރީން ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ނިޒާމެއް ކަނޑައަޅާ ގޮތަށް ހިމަނާފައިވެ އެެވެ. އަދި، ވީހާ ވެސް އަވަހަށް އެކި ކުޅިވަރުގެ ހުނަރުވެރި ކުދިން ހޯދައި، ރަނގަޅު ތަމްރީންތައް ދީ އެ ކުދިން ކުރިއެރުވުން ހިމަނާފައިވެ އެވެ.

މި ޕްލޭނުގެ ދުރު ވިސްނުމަކީ، ބައިނަލްއަގުވާމީ ބޮޑެތި ގޭމްސްތަކުން ރާއްޖެ އަށް މެޑަލް ހޯދޭނެ ވަރަށް ދުރާލާ އެތުލީޓުން ޑިވެލޮޕްކުރުމެވެ. އެ ގޮތުން، ޕްލޭނުގައި ކާމިޔާބު ހޯދުމުގެ ޓާގެޓެއްގެ ގޮތުން ހިމަނާފައިވަނީ، 2030 އާއި 2034 ގެ އޭޝިއަން ގޭމްސްގައި މެޑަލެއް ހޯދުމާއި 2036 އާއި 2040 ގެ އޮލިމްޕިކްސް އިން ރާއްޖެ އަށް މެޑަލެއް ގެނެވޭތޯ އެ އަޒުމުގައި މަސައްކަތް ކުރުމެވެ.

ނަސީރު ބުނީ، މި ޕްލޭނު ހެދިއިރު، ރާއްޖޭގެ ކުޅިވަރުގެ ކުރީގެ އެތައް ތަޖުރިބާކާރުންނެއް ބޭނުންކޮށް އެ މީހުންގެ ހިޔާލާއި މަޝްވަރާގެ މަތިން، ބައިނަލްއަގުވާމީ ރަނގަޅު ފެންވަރުގެ ބައެއް ލައްވައި މަސައްކަތް ކުރުމަށް ފަހު، އޭގެ ފަހުން، މީގެ "ޑްރާފްޓެއް" ގެ ހިސާބު ވެސް ފެނިފައިނުވާ ކަމަށެވެ. އަދި، މި ސަރުކާރުން ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތްކުރާއިރު، ކަަމަކަށް ކަމެއް ކުރާ އުސޫލުން ކުރުމުގެ ބަދަލުގައި، ބައިނަލްއަގުވާމީ ލެވަލްގައި އޭގެ ބޭނުންހިފޭ ގޮތަށް ކަންކަން ކުރުން ވެސް މުހިންމު ކަމަށް ނަސީރު ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން، ކުޅިވަރުގެ ހިދުމަތްތެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައި، އެކަންކަން ދިޔަ ހިސާބެއް ވެސް ނޭނގުމާއި، ކުޅިވަރުގެ ހިދުމަތްތެރިންނަށް ސަރުކާރު މެދުވެރިކޮށް ފުރިހަަމަވާންޖެހޭ ކަންކަން ނުވެ އޮތްކަން ވެސް ނަސީރު ވަނީ ފާހަގަކޮށްފަ އެެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox