މިދިޔަ ދެ ހަފްތާ ތެރޭގައި ކުޅުދުއްފުށިން 62 މީހުން ޑެންގީއަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށި ސިޓީ: މިދިޔަ ދެ ހަފްތާ ތެރޭގައި އެ ސިޓީން 62 މީހުން ޑެންގީއަށް ޕޮޒިޓިވްވި -- ފޮޓޯ: ޒުވާން މަސްވެރިޔާ

ކުޅުދުއްފުށި ސިޓީ: މިދިޔަ ދެ ހަފްތާ ތެރޭގައި އެ ސިޓީން 62 މީހުން ޑެންގީއަށް ޕޮޒިޓިވްވި -- ފޮޓޯ: ޒުވާން މަސްވެރިޔާ

މިދިޔަ ދެ ހަފްތާ ތެރޭގައި މަދިރީގެ ޒަރީޔާއިން ފެތުރޭ ޑެންގީހުމަށް ހދ. ކުޅުދުއްފުށިން 62 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. 

އެޗްޕީއޭއިން ބުނީ މިދިޔަ ދެ ހަފްތާ ތެރޭގައި އެންމެ ގިނައިން ޑެންގީ ކޭސްތައް ރިޕޯޓްކުރީ ހދ. އަތޮޅުން ކަމަށްވާއިރު، އެއީ ޖުމްލަ 83 ކޭސް އެވެ. އޭގެއިތުރުން މިދިޔަ ދެ ހަފްތާ ތެރޭގައި ގދ. އަތޮޅުން ޑެންގީގެ 17 ކޭސްއެއް ރިޕޯޓުކުރި އެވެ. 

މިދިޔަ މަހު މުޅި ރާއްޖެއިން 635 މީހުން ޑެންގީއަށް ޕޮޒިޓިވްވިއިރު، މި ހިނގާ މެއި މަސް ފެށިގެން މެއި 3، އާ ހިސާބަށް 116 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ. މި އަހަރު ޑެންގީއަށް ޕޮޒިޓިވްވާ އަދަދު މިދިޔަ އަހަރު މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. 

Advertisement

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި 3، ގެ ނިޔަލަށް މުޅި ރާއްޖެއިން 2،459 މީހުން ޑެންގީއަށް ޕޮޒިޓިވްވި އެވެ. އެގެ ތެރެއިން 410 މީހުންނަކީ މާލެ ސަރަހައްދުން ރިޕޯޓުކުރި ކޭސްތައް ކަމަށްވާއިރު، ބާކީ 2،059 ކޭސްއަކީ އަތޮޅު ތެރެއިން ރިޕޯޓުކުރި ކޭސްތަކެވެ. 

              މަސް              2025              2026
ޖެނުއަރީ                76               679
ފެބްރުއަރީ               87               428
މާޗު               76               601
އެޕްރީލް               135               635
މެއި              173               116
ޖުމްލަ              373              2029

ރާއްޖޭގައި ހުރިހާ ހިސާބެއްގައި ވެސް މި ދުވަސްވަރު މަދިރިން ޖެހޭ ޑެންގީ ހުން ފެތުރޭތީ ސަލާމަތީ ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން މިދިޔަ މަހު އިލްތިމާސްކުރި އެވެ. 

ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ކައުންސިލްތަކާއި ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ސައިޓުތަކާއި ޖަމިއްޔާތަކާއި މީޑިއާ އަދި އަމިއްލަ ފަރުދުން މަސައްކަތް ކުރަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

އެޗްޕީއޭއިން ބުނީ ޑެންގީ ހުމުގެ އަލާމާތްތަކަށް ހޮސްޕިޓަލްތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. ރަށު ތެރެ ސާފުކޮށް ބެލެހެއްޓުމަށް ރަށު ކައުންސިލްތަކުން ޓާސްކް ފޯހެއް ހެދުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ. 

ޑެންގީ ފެތުރެނީ ކިހިނެއް؟

ޑެންގީ އަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އެއާ ހިލާފަށް މި ބަލި ފެތުރެނީ ޑެންގީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރި އިންސާނުންގެ ގައިގައި ހެފުމުންނެވެ. އިންސާނުންގެ ގައިން މަދިރި އަށް ވެސް މި ބަލި އަރަ އެވެ. އިންފެކްޓުވެފައިވާ މަދިރީގެ މުޅި އުމުރަށް ވެސް އިންސާނުންގެ މެދުގައި ބަލި ފަތުރަމުން ދާނެ އެވެ. މަދިރިއެއްގެ އުމުރުގެ ދިގު މިނަކީ 3-4 ހަފުތާ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ފަހަކަށް އައިސް ޑެންގީ ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އިންފެކްޝަންގެ އަސަރު އިންސާނަކަށް ކުރުމުން އަލާމާތްތައް ފެންނަނީ 4-5 ދުވަސް ފަހުންނެވެ. އެ އަލާމާތްތައް ހަފުތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ފެނުން އެކަށީގެންވެ އެވެ.

ޑެންގީ ޖެހޭ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކު ބަލިވެ އެވެ. އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، މޭނުބައި ކުރުން، ހުން އައުން، ބަނޑުގައި ރިއްސުން، ނޭވާލާން އުނދަގޫވުން އަދި ސީރިއަސް ހާލަތްތަކުގައި ހަށިގަނޑުގެ އެތެރެއިން ލޭ އައުން ހިމެނެ އެވެ. ޑެންގީ ޖެހުމުން ބަލިވާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox