އެޗްޕީއޭއިން ބުނަނީ ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް މިވަގުތު ކުޑަ ކަމަށް

މީގެ ބައި ދަހަރު ކުރިން ފެތުރުނު ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު މީހަކު އެ ބައްޔަށް ޓެސްޓު ކުރަނީ ---- ފޮޓޯ: އަދަދު

މީގެ ބައި ދަހަރު ކުރިން ފެތުރުނު ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު މީހަކު އެ ބައްޔަށް ޓެސްޓު ކުރަނީ ---- ފޮޓޯ: އަދަދު

އިންޑިއާގެ ވެސްޓް ބެންގާލްގައި ފެތުރެމުންދާ ނިޕާ ވައިރަހުގެ ނުރައްކާ މިވަގުތު ރާއްޖެއަށް ކުޑަ ކަމަށާއި ހާލަތު މޮނީޓާ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގައި ނިޕާ ވައިރަހަށް ޕޮޒިޓިވް ވި މީހުންނާއި ކޮންޓެކްޓުވި 180 އަށްވުރެ ގިނަ މީހުން ކަރަންޓީނުކޮށް، އެ މީހުންގެ ހާލަތު އެ ގައުމުގެ އިދާރާތަކުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ފުރަތަމަ ފެނުނު ކޭސްތައް ފިޔަވައި އިތުރު ކޭހެއް ނުފެންނައިރު އިންޑިއާ ނޫން އެހެން ގައުމަކުން ވެސް މި ބަލި މިހާތަނަށް ފެނިފައި ނުވާކަން އެޗްޕީއޭ އިން ފާހަގަކޮށްފައިވެ އެވެ.

Advertisement

ރާއްޖެއަށް ނުރައްކާ ކުޑަ ކަމަށާއި މި ބަލީގެ އެއްވެސް ކޭސް އެއް ރާއްޖެއިން ރިޕޯޓުކޮށްފައިނުވާ ކަމަށް އަދި ބަލި ޖެހިފައިވާ މީހަކާއި ކޮންޓެކްޓުވި މީހަކު ރާއްޖެ ނާންނަ ކަމަށް ވެސް އެ އެޖެންސީއިން ބުންޏެވެ. ނަމަވެސް، ބަލި ފެތުރިފައިވާ ވެސްޓް ބެންގާލް އަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން، މި ބައްޔާއި އެހެނިހެން ބަލިތަކާއި ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް ސިއްހީ ހިދުމަތްދޭ ތަންތަނާއި އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މި ބަލި ފެތުރިފައިވާ އަވަށްޓެރި އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަަހަރު ވެސް ލައްކަ އަކަށްވުރެ ގިނަ ޓޫރިސްޓުން އައި އިރު މި އަހަރު ވެސް ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އެ ގައުމުންނެވެ.

ނިޕާ ވައިރަހަކީ ކޮބާ؟

ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ 1998 ވަނަ އަހަރު އެވެ. އެ ފަހަރު ވައިރަސް ފެތުރުނީ މެލޭޝިއާގައި އޫރު ގެންގުޅޭ ބައެއްގެ ތެރޭގަ އެވެ. ވައިރަހަށް ނަން ދިނީ އެންމެ ފުރަތަމަ ފެނުނު އަވަށަށް ނިސްބަތްކޮށްގެންނެވެ.

މި ވައިރަސް އާއްމުކޮށް ފެންނަނީ ވަރަށް މަދުންނެވެ. އެކަމަކު މިއީ ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު ބޮޑު ވައިރަހަކަށް ވާތީ އިތުރު ދިރާސާ ކުރުން މުހިއްމު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލިސްޓުކޮށްފައިވެ އެވެ.

އާއްމުކޮށް މި ވައިރަސް އިންސާނުންނަށް ފޯރަނީ ޖަނަވާރުންގެ ގައިން ނުވަތަ ތަގައްޔަރުވެފައިވާ ކާނާއިންނެވެ. އެކަމަކު އެއް އިންސާނެއްގެ ގައިން އެހެން އިންސާނެއްގެ ގަޔަށް ފޯރުމުގެ ފުރުސަތު ވެސް އޮވެ އެވެ.

އާއްމުކޮށް މި ވައިރަސް ފެންނަނީ ވާލުގެ ގައިންނެވެ. ދޭތެރެ ދޭތެރެއިން މި ބަލި ފެތުރެނީ ވާލުގެ ސަބަބުން ކަމަށް ބެލެވިފައިވެ އެވެ.

އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ހޮޑުލެވުން، ނޭވާލާ ނިޒާމުގެ އިންފެކްޝަން ހިމެނެ އެވެ. ހާލު ގޯސްވެ ފިޓުޖެހި، ސިކުނޑި ދުޅަވެ، ކޯމާއަށް ދިޔުން ވެސް އެކަށީގެންވެ އެވެ.

ނިޕާ ވައިރަހަށް ވެކްސިނެއް ހޯދިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox